ކޮންމެ މީހަކީ ވެސް އެމީހެއްގެ ޒާތުގައި ތަފާތު މީހެކެވެ. އެކި މީހުންގެ ކިބައިގައި ހުންނާނީ އެކި ސިފަތަކެވެ. އެއްވެސް މީހަކީ ހުރިހާ ކަމެއް ފުރިހަމަ މީހެއް ނޫނެވެ. ބައެއް އުނިކަންތައްތައް މީހެއްގެ ކިބައިގައި ހުރި ނަމަވެސް އެކުގައި ދިރިއުޅެވިދާނެއެވެ. ނަމަވެސް އަނެއްބައި ސިފަތަކަކީ އުފަލުގައި އުޅުމަށްޓަކައި މީހެއްގެ ކިބައިގައި އެއްވެސް ގޮތަކަށް ހުރެގެން ނުވާނެ ސިފަތަކެވެ.

އަހަރެން މިލިޔުމުގައި މިކިޔައިދެނީ އަންހެނަކު އޭނާގެ ހަޔާތުގެ ބައިވެރިޔަކު ހޯދާއިރު ކޮންމެހެން ވެސް ބަލަން ޖެހޭ ފިރިހެން މީހާގެ ސިފަތަކަށެވެ. މިއިން އެއްވެސް ސިފައެއް ހުރިނަމަ ކައިވެންޏަކާއި ހަމައަށް ދިއުމުގެ ކުރިން އެފިރިހެނަކާއި ދުރަށް ދާށެވެ.

ބައްޕަ

ބައެއް ފިރިހެނުންނަކީ ބައްޕައެއްގެ މަގާމު ބޭނުންވާ މީހުންނެވެ. ފުރާވަރު އަންހެން ކުއްޖަކާއި މެދު އޭނާގެ ބައްޕަ ކަންތައް ކުރާ ގޮތައް ކަންތައް ކުރަން ބޭނުންވާ މީހުންނެވެ. އަނބިމީހާ އަށް އއްވެސް ފުރުސަތެއް އަދި އެއްވެސް މިނިވަންކަމެއް ވެސް ހޯދައިދޭކަށް ބޭނުމެއް ނުވާނެއެވެ. އަނބިމީހާ ރަހުމަތްތެރިންނާއި އެކު ބޭރަށް ނިކުތުން ވެސް މަނާ ވާނެއެވެ. މިފަދަ ސިފައެއް ހުރި ފިރިއަކު ނުހޯދާށެވެ.

އަނިޔާވެރިއެއް

ބައެއް ފިރިހެނުންގެ އުފަލަކީ އަނބިމީހާ އަށް އަނިޔާ ކުރުމެވެ. ހަޔާތުގެ ބައިވެރިޔާ އަށް އަނިޔާ ކުރަން ޖެހޭ އެއްވެސް ސަބަބެއް އަދި އެއްވެސް ހާލަތެއް ނާންނާނެއެވެ. އެހެންކަމުން އަނިޔާ ކުރާ ފިރިހެނަކު ހަޔާތައް ނުގެންނާށެވެ. ފަހުން ރަނގަޅު ވާނެ ކަމަށް ކައިވެނި ކުރުމަކީ އިތުރު އަނިޔާތަކާއި ކުރިމަތިވާނެ ކަމެކެވެ. އެހަޔާތުން އުފަލެއް ނުލިބޭނެއެވެ.

ކޮންމެ އަންހެނަކު ރީތިވުން

ކޮންމެ އަންހެނަކު ފެންނަ އިރަށް އެއަންހެނަކު ރީތިވި އެއަންހެނަކާއި ރަހުމަތްތެރިވެ، އެއަންހެނަކު ދެކެ ލޯބިވާ ފިރިހެނަކު ވެސް ހަޔާތައް ގެނެސްގެން ނުވާނެއެވެ. އެއީ އަބަދު ކަރުނަ އަޅަން ތިބާ ގޭގައި އިންނަން ޖެހިދާނެ ކަމެކެވެ.

އިޙްތިރާމް ނުކުރުން

ދެމީހެއްގެ ގުޅުމެއްގެ އެންމެ މުހިންމު އެއްޗަކީ އެކަކު އަނެކަކަށް ކުރާ އިޙްތިރާމެވެ. އެހެންކަމުން ތިބާއަށާއި ތިބާގެ އާއިލާ އަށް އިޙްތިރާމް ނުކުރާ ފިރިހެނަކާއި އެކު ހަޔާތުގެ ދަތުރު ނުފަށާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔަގީން މިކަހަލަ ކަމެއް ތަޖްރިބާ ކުރެވުނި.

  2. ކަނަކިޓިޓި

    ކިތަންމެ ވަރަކަށް ތިހެން އެއްޗިހި ލިޔުނަސް އެމަންޖެ އަތެއް ނުވާނެ ކަލެޔަކަށް!

  3. ކައުންސެލް

    ހާދަވަރަކަށް އެބަބޭނުންވެޔޭދޯ؟؟؟؟؟

  4. ބޮނޑިއެށް ބޮވުނީދޯ