އަވިން ހަންގަނޑު އެދުމުން ނުވަތަ ހަމުގެ އުޖާލާކަން އިތުރުކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. މޭވާ އާއި ތަރުކާރީއަކީ ކޮންމެ ވަގުތެއްގައިވެސް ކެއުމުގައި ހިމަނަންޖެހޭނޭ އެއްޗިއްސަށްވާއިރު ކެއުމަށް އިތުރުކޮށްލާ ބައެއް މޭވާތަކުން މިކަމަށް ހައްލެއް ލިބިގެންދާނެއެވެ.

ރާއްޖޭގައި މިހާރު ފަސޭހައިން ލިބެންހުންނަ މޭވާއެއް ކަމަށްވާ އެވަކާޑޯއަކީ މި ލިސްޓްގެ އެއްވަނައިގަ އޮންނަ މޭވާ އެވެ. ގިނަ އަދަދަކަށް އޮމޭގާ 9 ފެޓީ އެސިޑް ހިމެނޭއިރު އެއީ ހަންގަނޑަށްވެސް ވަރަށް ފައިދާތައް ލިބިދޭ މާއްދާއެކެވެ. އެގޮތުން ރަތްކަމާއި ހިރުވުންތަކުން ދުރުކޮށްދީ ހަންގަނޑު ކުރަކި ވުމުން އެހީވެއެވެ.

އެވަކާޑޯއާއި ޖެހިގެން ދެން އެންމެ ފައިދާކުރަނީ އަނބުންނެވެ. ބާޒާރުމަތީގައި އާންމުކޮށް ލިބެންހުންނަ އަނބަކީ ވިޓަމިނުންނާއި މިނަރަލްސްއިން ފުރިފައިވާ މޭވާއެކެވެ. އެގޮތުން ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނޭއިރު ބީޓާ ކަރޯޓީން ނަމަކަށް ކިޔާ މާއްދާއެއްވެސް ހިމެނެއެވެ. ބީޓާ ކަރޯޓީންގެ ސަބަބުން އުމުރުން ދުވަސްވުމުން މޫނުގައި ޖެހޭ ރޫތައް ފިލުވައިދިނުމަށް އެހީވެދޭނެއެވެ.

ހަމުގެ އުޖާލާކަމަށް އޮރެންޖަކީ ވެސް ރަނގަޅު މޭވާއެކެވެ. އޮރެންޖްގައި ގިނަ އަދަކަށް ވިޓަމިން ސީ ހިމެނެވެ. އޭގެ ސަބަބުން މޫނުގައި ހުންނަ ކުރަކިވެފައި ހުންނަ ހަންތައް ފިލުވައި ދެއެވެ. ހަންގަނޑު އަވަހަށް އުޖާލާކޮށްލަން ބޭނުންވާނަމަ ގަވައިދުން އޮރެންޖެއް ކެއުމުން ތަފާތު ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަރުބަސް

    ވިޔަފާރި އުކުޅަކަށްވެސް އޮންލައިން ނޫސްތަކުގެ ބޭނުންހިފާލެކެއް މަދެއްނޫން