ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވީ އަމިއްލައަށް ކަމުގެ އިތުރު ހެއްކެއް ލިބިއްޖެއެވެ.

ޓައިމްސް ނައުއިން ފުލުހުންނާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި ސުޝާންތު ވަނީ މަރުވުމުގެ ކުރިން އޭނާގެ ހުރިހާ މުވައްޒަފުންނަށް ޖެހިގެން އައި މަހުގެ މުސާރަ ދީފައެވެ. އެހެންކަމުން އޭނާ އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅުނު ކަން އެކަމުން ސާބިތުވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ނަމަވެސް ސުޝާންތުގެ މަރާ ގުޅުން ހުރި އިތުރު އެއްވެސް ކަމެއް ފެނޭތޯ ފުލުހުން އަދިވެސް ދަނީ ހޯދަމުންނެވެ.

އާއްމުކޮށް ސުޝާންތުގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހެއްގެ ވެސް އެއް ވަނަ ދުވަހެވެ. ސުޝާންތް ދަންޖެހިފައި ހުއްޓައި ފެނުނީ އޭނާގެ މުމްބާއި އެޕާޓްމެންޓުން ޖޫން މަހުގެ 14 ވަނަ ދުވަހެވެ.

އެގޮތުން ހުކުރު ދުވަހު ފުލުހުން ވަނީ މި މައްސަލައާ ގުޅުން ހުރި އިތުރު ފުޓޭޖް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސުޝާންތު މަރުވުމުން މުޅި ބޮލީވުޑަށާއި އޭނާގެ ފޭނުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ އަމިއްލަ އަށް މަރުވީ ބޮލީވުޑްގައި ހުރި ތަފާތު ކުރުންތަކަށް ކެތް ނުކުރެވިގެން ކަމަށް ބުނެ އެކްތާ ކަޕޫރާއި ކަރަން ޖޯހަރު ފަދަ މަޝްހޫރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ދެކޮޅަށް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

ސުޝާންތުގެ މަރާ އޭނާގެ ލޯބިވެރިޔާ ރިޔާ ޗަކްރޮބަދީ އާ ގުޅުމެއް ވާކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެއެވެ. އެގޮތުން ސުޝާންތު މަރުވީ ރިޔާ އާއި މަޝްހޫރު ފިލްމް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މަހޭޝް ބަޓް އާއި އޮތް ގާތް ގުޅުމުގެ ސަބަބުން، ހިނގި ކަންތައްތަކެއްގެ ތެރޭގައި ކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. ސުޝާންތު މަރުވީ އަމިއްލަ އަށް ނޫން ކަމަށާއި އޭނާ މަރާލުމަށް ފަހު އެއީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއްކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަނީ ކަމަށް ދެކޭ މީހުންވެސް އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޯހަލާކު

    ޓައިމްސް ނައުއިން ފުލުހުންނާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި ސުޝާންތު ވަނީ މަރުވުމުގެ ކުރިން އޭނާގެ ހުރިހާ މުވައްޒަފުންނަށް ޖެހިގެން އައި މަހުގެ މުސާރަ ދީފައެވެ. އެހެންކަމުން އޭނާ އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅުނު ކަން އެކަމުން ސާބިތުވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. ބަލަގަ އިތުރުމަހެއްގެ މުސާރަ މިދުވަސް ކޮޅު އެދިނީ ކޮވިޑާ ގުޅިގެން ކަމައް ހަމަ އެއްގޮތަކައްވެސް ނުވިސްނުނުތޯ.

    77
    2
  2. ނިކަމެތި

    ތިޔަމީހުން ގެންނަންވީ މިސަރުކާރު ވެރިކަމުން ދުރުކުރަން ހެކިލިބޭނެ ގިނަވާވަރައް.

    30
    2
  3. ވިސްނާލުމަށް އެދެމޭ

    ޑިޕްރެޝަނުގަ މީހަކު މަރުވާން ނިން މާއިރު ދަރަނި އަދާކޮއްފަ ބިލުތައް ދައްފާތަ މަރުވާންދާނީ..އޭނަ މަރުވީ އަ މިއްލަޔަށް ނޫންކަން އިގޭނެ އެތަކެ ހެކިފެނިއްޖެ..އެކަ މަކު އެހެކިތައް ގަބޫލުކުރާނެ ބަޔަކުތިބިނަ މަތާ....ރާއްޖޭގެ މީޑިޔާތައް ކަންކުރާގޮތަށް ހަގުނައިތުރުކޮށް އިންޑިޔާގެ މީޑިޔާތައް ކަންކުރަނީ..ރޯޔަލް ރޭޕްގަ ދިވެހި ފުލުހުން ކަންކުރީ ކިހިނެތް..އެގޮތް އިންޑިޔާގަވެސްވަނީ..

    50
  4. ޝިޔާރާ

    ބަލަގަ ސުޝާންތް ބުނެފަ ވަނީ އޭނަގެ ނޯކަރުންގެ ގާތުގަ ކުޑަކޮއް ލާރިއަށް ދަތިވީމައޭ ތަންކޮޅެއް ކުރިން މި މުސާރަ ދެނީ.. އެއީ އެމީހުނައް މުސާރަ ނުދެވިގެން އުޅެނިކޮއް ލާރި ކޮޅު ހުސްވެދާނެތީއޭ އޭނަ ބުނި ކަމައްވަނީ..

    39
    1
  5. ކަމަނަ

    ބަލަގަ މަރުވާން ހުރި މީހަކު މަރުވާޅެ ކިތަންމެ ލޯބިވާ މީހަކު ވިޔަސް ?

    25
    2
  6. ޟމ

    ޤަވާޢިދުން މުވައްޒަފުންނަށް ދޭންޖެހޭ އުޖޫރަ ދިނުމަކީ އަމިއްލަ އަށް މަރުވިކަން ސާބިތު ވާނެ ކަމެއް ނޫން

    42
    1
  7. ހަމަ ތެދެއް މިބުނީ

    ސުޝާންތް އަމިއްލައްށް މަ ރުވީކީ ނޫނޭ...އެ ފަކީ ރު މަ ރާލީއޭ..ކިހާ ބޮޑުވެއްޖެ ކަމެއް ދެން މީ...ތި މަހޭޝް ބަޓް ގެ އަތެއް ވަ ރަށް ރަނގަޅަށްވެސް މިކަމުގަ އެބަ އޮތް!!!މިއީ ހަމަ ވެލް ޕްލޭންޑް މާ ރޑާ ރ އެއް!!!!

    48
  8. ލިވީ

    އާއެކޭ ހަމަ މަރާލީ އޭ.. ?. މަށަކީ އޭނަގެ ފޭން އެއްވެސް ނޫން އެކަމް މަގޭ އަދިވެސް އެކަމާ ވިސްނެނީ ހަމަ.. ހަމަ ހީވަނީ މަރާލާފައޭ ހުސް ހިތައް އަރަނީ.. އޭނަގެ ސްމައިލް ފެނުނީމަ ވަރަށް ދެރަވޭ.. ހީ ލުކްސް ވެރީ އިއްނޯސެންޓް..

    45
  9. ރިއާ

    އަމިއްލައަށް މަރުވާކަމުގެ ހެއްކެއްތަ އެއީ މުވައްޒަފުންގެ މުސާރަ ދިނުން އެއީކީ.. ؟؟؟ހަމަ ބަޔަކު އޭނާ މަރާލީ.. ޑިޕްރެޝްން އޭ ކިޔައިގެން ވެސް ހުސްދޮގު.. ޑިޕްރެޝަންއަށް ބޭސް ބޭނުންކުރާކަމުގެ އެއްވެސް ހެއްކެއް އަދި މިހާތަކަނަކަށް ފެނިފައެއް ނެތް..

    27
    1
  10. އަޑޭ

    ކިހާވަރުގަދަ ސުޝާންތެއްތަމީ

    14
    33
  11. Anonymous

    Hi

    4
    2