ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރޭކާގެ ސެކިއުރިޓީ ގާޑް ކޮވިޑް-19 އަށް ފައްސިވުމުން އޭނާގެ ގެ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

ރޭކާ ވަނީ އޭނާގެ ހުރިހާ ސްޓާފުން ކޮވިޑް-19 އަށް ޓެސްޓްކުރުވާނެކަން ހާމަކޮށްފައެވެ.

ރޭކާގެ އަވަށްޓެރިއެއް ކަމަށްވާ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޖާވިދު އަޚްތަރުގެ ހުރިހާ ސްޓާފުންވެސް ވަނީ ކޮވިޑް-19 އަށް ފައްސިވފައެވެ.

އިދާރާތަކުން ރޭކާގެ ގެއަށް ދިއުމުން އެވަގުތު އޭނާ ޓެސްޓް ހަދަން ބޭނުން ނުވާ ކަމަށާއި އޭނާ ޓެސްޓް ހަދާނީ އަމިއްލައަށް ކަމަށް ބުނެފައިވާ ކަމަށް ވެސް މީޑިއާގައި ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ ކުރިން ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރް އާއި ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ސްޓާފުން ވެސް ވަނީ ކޮވިޑް -19 އަށް ފައްސިވެފައެވެ. އެ ދެ އާއިލާގެ މީހުން ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފައެވެ. ނަމަވެސް އެ އެންމެންވެސް ކޮވިޑް-19 އަށް ނައްސިއެވެ.

މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލް އަމީތާބު ބައްޗަން އަށް ވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ.

އަމީތާބު ވަނީ އޭނާ ކޮވިޑް-19 އަށް ފައްސިވިކަން ކަށަވަރު ކޮށްދީފައެވެ. އަމީތާބު ބުނީ އާއިލާގެ އެހެން މެންބަރުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށާއި އެމީހުންގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

އަމީތާބުގެ ދަރިފުޅު އަބިޝޭކް ބައްޗަންވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެ ދެމީހުންނަށް ވެސް މިހާރު ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ގޯސް ނޫން ކަމަށް އިދާރާތަކުން ފާހަގަކުރައްވައެވެ.

އަމީތާބު އަކީ ބޮލީވުޑްގެ އޭ ލިސްްޓް އެކްޓަރުންގެ ތެރެއިން ކޮވިޑް-19 ޖެހުނު ފުރަތަމަ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު