ބޮލީވުޑްގެ ލެޖެންޑްރީ ބަތަލް އަމީތާބް ބަޗަން އާއި އަބީޝޭކް ބަޗަން ހިމެނޭހެން އެ އާއިލާގެ 16 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ފަހުން ނެގި ސުންކު (ސާމްޕަލް)ތަކުން އައިޝްވާރިޔާ ރާއީ އާއީ އޭނާގެ ދަރިފުޅު އާރަދްޔާވެސް ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ހިންދުސްތާން ޓައިމްސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާގޮތުން، އަމީތާބްގެ އަންހެނުން އަދި ކުރީގެ އެކްޓަރ ޖާޔާ ބަޗަން ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ. އެހެން ނަމަވެސް އޭނާގެ އިތުރު ސުންކެއް ނެގުމަށް ވަނީ ނިންމާފައެވެ.

އައިޝްވާރިއާ އާއި އޭނާގެ ދަރިފުޅު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދެވަނަ ފަހަރަށް ނެގު ސުންކުތަކުންނެވެ.

"ޖުމްލަ އެ އާއިލާގެ 16 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި. އޭގެ ތެރޭގައި އެ އާއިލާގެ މެއިޑުންނާއި ގާޑުންވެސް ހިމެނޭ. ދެން ހުރި މީހުންގެ ރިޕޯޓްތައް ލިބޭނީ މާދަން" ބިރްހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަންގެ ކޮމިޝަނަރ ސުރޭޝް ކަަކާނީ ބުންޏެވެ.

އޭނާ ބުނެފައި ވަނީ، އައިޝްވާރިއާ އާއި އާރްދަޔާގެ ގައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށެވެ. އަދި އެ ދެ މީހުން ބޭނުންވަނީ ގޭގައި ފަރުވާ ހޯދުމަށްތޯ ނުވަތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމަށްތޯ ބަލަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ބީއެމްސީ ވަނީ އަމީތާބްގެ ރެޒިޑެންސް ސެނެޓައިޒް ކޮށްފައި. އަދި އެ ގޭގެ ސަރަހައްދު ވަނީ ބަންދުކޮށްފައި، އެއްވެސް މީހަކަށް ގެއިން ވަދެ ނުނިކުމެވޭނެ. އެ ސަރަހައްދުގައި ބެރިކޭޑް ޖަހައި، މުމްބާއި ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން." މުމްބާއީގެ މޭޔަރ ކިޝޯރީ ޕެޑްނެކާރް ބުނެފައި ވެއެވެ.

ދަ ނަވާނަވަތި ސުޕަރ ސެޕެޝަލިޓީ ހޮސްޕިޓަލުން ބުނީ، ރޭ ކޮވިޑް-19 އަށް ފައްސިވި އަމީބާތުގެ ހާލު ރަނގަޅު ކަމަށާއި، އޭނާޣެ ގައިން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލްގެ އައިސޮލޭޝަން ޔުނިޓުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މީގެ އިތުރުން، އަބީޝޭކްގެ ގައިންވެސް ބަލީގެ އަލާމަތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަން އޭނާ ވަނީ ހާމަކޮށްފައެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 8,49,553 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    އަޅޭ ބަޗަން އާއިލާ ހާދަ ދެރައޭ ، ބުއްޅަބޭ ނަމަ އުފަލުން ނަށާނަން.

    17
    12
  2. ދަލާސްޓް

    ފުރައްސާރަ ކުރަނީއޭ ކިޔާގެން ވާ ހަކަ ދައްކާއިރު އެ ދެމައިންގެ މިޔައްވުރެން ނިވާ ފޮޓޯއެއް ހަމަ ނެތީތަ

    3
    1
    • ހޯސް

      ކަލެއަށް ކޮންތަނެއް ފެންނަނީ އުތަ.