ލަވަކިޔުމުގެ އިތުރުން ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ވިދާލި ކުޅަދާނަ އެކްޓްރެސް ޕަރިނީތީ ޗޯޕްރާ މެގަޒިންއެއްގެ ޝޫޓިންއެއްގެ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ.

މީގެކުރިން ޕްރިނީތީ އާންމުކުރި ޓުވިޓާ ޕޯސްޓެއްގައި އޭނާ ރާއްޖެ ދާން އުޅޭ ޚަބަރު އާންމުކޮށްފައިވާއިރު، މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައިވެސް އޭނާވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައެވެ. އަދި އެފަހަރު ސަންއައިލެންޑް ރިސޯޓުގައި ޕަރިނީތީ މަޑުކޮށްފައި ވީ ނަމަވެސް، މި ފަހަރުގެ ދަތުރުގައި އޭނާ މަޑުކުރުމަށް ހަމަޖެހިފައިވަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އޮސްޓްރޭލިއާގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށްފަހު ޕަރިނީތީ ރާއްޖެ އައިރު، ފިލްމުފެއާ މެގަޒިންތައް ފަދަ މަޝްހޫރް އެތައް މެގަޒިންތަކަށް ސެލެބްރިޓީންގެ ފޮޓޯ ނަގައިދޭ މަޝްހޫރް ފޮޓޯގްރަފަރު އަބޭ ސިންގް އާއި ސްޓައިލިސްޓް ދިވްޔަކް ޑިސޫޒާ ވެސް ވަނީ އޭނާއާއިއެކު ރާއްޖެ އައިސްފައެވެ.

2011 ވަނަ އަހަރު ނިކުތް ބޮލީވުޑް ފިލްމު "ލޭޑީ ވާސަސް ރިކީ ބަލް" އިން ބޮލީވުޑަށް ތައާރަފް ވެގެން ދިޔަ ޕަރިނީތީ ވަނީ އެ ފިލްމުން "ފިލްމް ފެއާރ އެވޯޑް ފޯ ބެސްޓް ފީމޭލް ޑޭބިއު" އެވޯޑް ހާސިލްކޮށް "ބެސްޓް ސަޕޯޓިން އެކްޓްރެސް" އެވޯޑަށް ނޮމިނޭޓް ވެފައެވެ.

އުމުރުން 29 އަހަރުގެ ޕަރިނީތީ މިހާރު ފިލްމު "ނަމަސްތޭ ލަންޑަން"ގެ ޝޫޓިންގެ މަސައްކަތްވެސް ކުރަމުންދާއިރު، މިއީ އެކްޓަރު އަރުޖުން ކަޕޫރާއި އެކު ކުޅޭ ދެވަނަ ފިލްމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތިކަން މަހުލޫފަށް އަންގާލިނަމަ. އޭނާ ވަރަށް މޮޅުވާނެ ފިލްމްސްޓާރުން އަޔަނުދީ ހިފަހައްޓަން.