އިންޑިއާގެ ނޮއިޑާގައި ހުންނަ ބޯޑިންގ ސްކޫލެއްގައި ގްރޭޑް 10ގައި ކިޔަވަމުންދިޔަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު، ސްކޫލްގެ ކްލާހެެއްގެ ތެރޭގައި ދަންޖެހުމުން، އެ ކުއްޖާގެ ހަށިގަނޑު ސިއްރުން އަންދާލީ އެކަން އާއިލާއަށް ސިއްރުކުރަންކަން ހާމަވެއްްޖެއެވެ.
ހަރިޔަނާއަށް ނިސްބަތްވާ އެ އާއިލާއިން ބުނެފައިވާގޮތުން، އެ މީހުންގެ ދަރިފުޅު އެ ސްކޫލަށް ބަދަލުވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި ދަރިފުޅު ފެނުނީ، ކްލާސް ރޫމް ތެރޭގައި ދަންޖައްސާފައި ހުއްޓާ ޖުލައި ތިން ވަނަ ދުވަހު ކަމަށް އެ އާއިލާއިން ބުނެފައި ވެއެވެ. އަދި އެކަން ކޮށްފައި ވަނީ އެ ސްކޫލްގެ އަންހެން ދަރިވަރުން ކަމަށްވެސް އެ އާއިލާއިން ބުނެފައި ވެއެވެ.
ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާގެ އާއިލާގެ މީހުންނަށް އެ ކުއްޖާގެ ދަބަހުން ނޯޓްސްތަކެއް ވަނީ ފެނިފައެވެ. އެގޮތުން އެ ނޯޓްސްތަކުގައި އޭނާގެ ހާލަތު ބަޔާންކޮށްފައިވާ ކަމަށް ވެއެވެ. ރަހުމަތްތެރިއަކު ނުހުންނަ ކަމާއި، އަމިއްލަ ނަފްސު ދެކެ ރުޅި އަންނަ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އެ ކުއްޖާގެ މަރަށްފަހު ފެނުނު އެ ނޯޓްސްތަކުގެ ތެރެއިން އިތުރު ނޯޓެއްގައި، "އަހަރެންގެ ދިރިއުޅުމުގައި ދިމާވި ނުރަނގަޅު ދުވަހެއް" ކަމަށް ލިޔެފައި ވާ ނޯޓެއްވެސް ފެނިފައި ވެއެވެ. އެ ނޯޓުގައި ހިތެއް ކުރަހާފައިވާއިރު، އެއިން ކަރުނަ ތިއްކެއް ފެންނަ ގޮތަށް ކުރަހާފައި ވެއެވެ.
އެއި އެ ސްކޫލް ތެރޭގައި އޭނާއާ މެދު ކަންތައް ވަމުންދާ ގޮތުގެ ވާހަކަތަކެވެ. އަދި އޭނާ ކޮންމެވެސް މީހަކާއި، ބައްދަލު ކުރަން ބޭނުންވާކަމަށްވެސް އެއް ނޯޓުގައި ވެއެވެ.
އެ ކުއްޖާގެ މައިންބަފައިންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ ސްކޫލުން އެ މީހުން ލައްވާ ވަނީ އެއްޗެއްގައި ސޮއި ކުރުވާފައެވެ. އެއީ އެ ކުއްޖާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ހާމަކުރުމަށެވެ. އަދި އެ ސްކޫލްގައި ކިޔަވާ އެ ކުއްޖާ ކޮއްކޮ ބުނެފައިވާގޮތުން، އޭނާ އެކަމާއި ގުޅޭގޮތުން ވާހަކަދައްކާފަނެތީ އޭނާ ހުރީ ކޮޓަރީގައި ބަންދުކޮށްފައެެވެ.
އެ އާއިލާގެ ތިން ކުއްޖަކު އެ ސްކޫލްގައި ކިޔަވަމުން ދެއެވެ. އޭގެ ތެރެއިން ފިރިހެން ކުއްޖާ ކިޔަވަމުން ދަނީ އެ ސްކޫލްގެ އެހެން ބްރާންޗެއްގައެވެ.
އެ ކުއްޖާގެ މައިންބަފައިން ބުނާގޮތުގައި، ކޮވިޑް-19 އާ ހެދި އެގައުމުގައި ފުރަބަންދު ކުރުމުގެ ކުރިން އެ ކުދިން ވަނީ ގެނެއަށް ގެނެސްފައެވެ. އެހެން ނަމަވެސް ސްކޫލުން އެ ކުދިންގެ ޓެސްޓުތައް ހަދަން ޖެހޭ ކަމަށް ބުނުމުން، އެ ކުދިން އަނބުރާ ސްކޫލަށް ގެންދިޔައީ އެވެ.
"ޖޫން 17 ވަނަ ދުވަހު އަހަރުމެން އެ ކުދިންގެ މެޑިކަލް ރިޕޯޓްތައް ހެދުމަށްފަހު އޭގެ އަނެއް ދުވަހު ސްކޫލަށް ގެންދިޔައީ".
އެހެންނަމަވެސް ޖުލައި ތިން ވަނަ ދުވަހުގެ ފަތިހު 5:30 ގައި ސްކޫލުން ގުޅާފައި އަންހެން ކުދިންގެ ސްކޫލަށް އައުމަށް އެދުނު ކަމަށް އެ އާއިލާއިން ބުނެފައެވެ.
"އަހަރުމެން ބުނިން ކިހިނެއްވީއޭ. އެކަމަކު އެ މީހުން ނުބުނި ކިހިނެއްކަންވީވެސް. އަހަރުމެން ބުނިން އަތުގައި ފައިސާ ނެތް ކަމަށް. އެ މީހުން ބުނީ، ވެހިކަލްއެއް ހަޔާކޮށްގެން އައުމަށް. އެ މީހުން ފައިސާ ދައްކާނެ ކަމަށް". މަރުވި ކުއްޖާގެ މަންމަ ބުންޏެވެ.
އެ ކުއްޖާގެ ބައްޕައަކީ ދުވަހު މުސާރައަށް މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އެހެންނަމަވެސް ފުރަބަންދާއި ގުޅިގެން އޭނާގެ މަސައްކަތްތައްވެސް އޮތީ ހުއްޓުމަކަށް އައިސްފައެވެ.
އެ ކުއްޖާގެ މަންމަ ބުނީ، ސްކޫލަށް އެ މީހުން ދިއުމުން، އެ މީހުންގެ ފޯނު އެހެން އަތުލާގަތް ކަމަށެވެ. އަދި އެ މީހުން ގެންދިޔައީ ދަރިފުޅު ދަންޖެހިފައި ހުރި ކްލާސް ރޫމަށް ކަމަށާއި، ދަރިފުޅު ދަންޖެހިފައި ހުރީ ދެ ދޯޕައްޓާ ބޭނުންކޮށްގެން ކަމަށެވެ.
"އޭނާ ހުރީ ޔުނީފޯމް ލައިގެން، އަހަރުމެން އެއީ ކިހިނެއްވީހޭވެސް. އަހަރެމެން ކައިރީގައި ބުނީ، ދަރިފުޅު އޭނާއާ ގުޅޭގޮތުން ސޫސައިޑް ނޯޓެއްވެސް ލިިޔެފައި ވާކަމަށް.އަދި އެ ނޯޓު ފުލުހުންނަނާއި ހަމައަށް ގެންގޮސްފިނަމަ އަހަރުމެން ހައްޔަރު ކުރާނެ ކަމަށް. އަހަރެން ބުނިން އެ ނޯޓު ދައްކަން އެކަމަކު އެ މީހުން އެ ނޯޓު ދައްކާފައެއް ނުވޭ. އަދި ދަރިފުޅުގެ ހަށިގަނޑުވެސް ނުދިން". އެ ކުއްޖާގެ މަންމަ ބުނެފައި ވެއެވެ.
އަދި ސްކޫލުން އެ ކުއްޖާގެ ހަށިގަނޑު ވަނީ އަންދާލާފައެވެ.
"އަހަރެންގެ ފިރިމީހާ ލައްވާ ގަދަކަމުން އެއްޗެއްގެ ސޮއި ކުރުވި، އަހަރެންގެ އިނގިލީގެ ނިޝާން ނެގި. އަހަރުމެން އަދޭސް ކުރިން ހަށިގަނޑު ގެއަށް ގެންދަން އެހެން ނަމަވެސް އެ މީހުން ވަނީ ދަރިފުޅުގެ ހަށިގަނޑު އަންދާލާފައި، އެއްވެސް މީހަކު އެކަން ފުލުހުންނަށްވެސް އަންގާފައެއް ނުވޭ".
މިހާރު އެކަންތައް ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. އަދި މިކަން ބަލާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިއީ މިރާއްޖޭގައިވެސް ކުދިންނަށް ދިމާވާ މައްލައެއް ޓީޗަރުން ކަމަކަށް ނަހަދާ އަޅާ ނުލާ މައްސައެއް