ކޮވިޑް-19 ގެ ފަރުވާ ކަމަށްބުނެ، އިންޑިއާގައި ފާދިރީއަކު ކުޑަ ފިރިހެން ކުދިންތަކަކަށް ރާ ބޯންދީ ޖިންސީ ގޯނާ ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރުޕްރަދޭޝްގައެވެ.
އެކުދިން ސަލާމަތް ކޮށްފައިވާ، އެގައުމުގެ އޮފިޝަލުން ބުނީ، އެ ފާދިރީ މީހާ 10 ކުޑަ ފިރިހެން ކުދިންނަށް އެގޮތަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. އެކުދިން ފެނިފައިވަނީ އޭނާ މަސައްކަތް ކުރަމުން އަންނަ ފައްޅީގައި ކަމަށެވެ.
އެކުދިންނަށް ރާ ބޯންދީފައިވަނީ އެއީ ކޮވިޑް-19 ގެ ފަރުވާއެއް ކަމަށް ބުނެ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. އެކުދިންނަށް ރާ ބޯން ދިނުމުގެ ކުރިން ބަރަހަނާ ވީޑިއޯ ދައްކާފައިވާ ކަމަށާއި އޭގެ ފަހުން އެކަން ކުރުމަށް އިންކާރު ކުރުމުން އަނިޔާ ކޮށްފައިވާ ކަމަށްވެސް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެކުދިންނަށް އެތަނުގައި އެފަދަ އަނިޔާތަކެއް ލިބެމުންދާ ކަމުގެ މައުލޫމާތު އޮފިޝަލުންގެ ކައިރީ ބުނި މީހާ ބުނީ، އޭނާ އެ ފައްޅިން ބޭރު ކޮށްފައިވަނީ އެކުދިންނަށް އެގޮތަށް ގިންސީ ގޯނާ ކުރަން އުޅޭތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ސަބަބުން ކަމަށެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ކުދިންނަކީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޓްރިޕޫރާ އަދި މިޒޯރަމްގެ ކުދިންނެވެ. އެކުދިން އެތަނަށް ގެންގޮސްފައިވަނީ ތައުލީމު އުނގައްނައިދިނުމުގެ ގޮތުން ކަމަށް މީޑއާތަކުން ވަނީ ބުނެފައެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެކުދިންގެ މެޑިކަލް ރިޕޯޓްތަކުން ޖިންސީ ގޯނާ ކޮށްފައިވާކަން އެނގިގެންދެއެވެ.
މިހާދިސާއާއި ގުޅިގެން އޭނާ އަދި ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނުކުރާ ކަމެއް ސާފެއް ނުވެއެވެ.
ތިޔާކަމެއް ކުއްވެރި ނުވާނެ ތިޔާހެންވެޔޭ އިސްލާމްދީން ރަގަޅޭ ބުނަނަނީ އިސްލާމްދީނުގައި މިއޮންނަނީ ކުރިހާކަމެއް އެގެން އިންދިޔާގެ ފައްޅިތަކުގައި އަބަދުވެސް ފާދިރީކަލޭގެ ބުނާއެއްޗެއް ދީނީކަމަކަށްވަނީ