އެމެރިކާގެ ދެކުނު ޑަކޯޓާ ސްޓޭޓުގައި ކުއްތާއެއްގެ ޝިކާރައަކަށްވެ އުމުރުން އެއް މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

ނޫސްތައް ބުނާގޮތުން މި ހާދިސާގައި ކުއްޖާ މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހާލު ގޯސްވުމަށްފަހު ކަމަށެވެ.

މި ކުއްޖާއަށް ހަމަލާ ދީފައިވަނީ އޭނާ ގެ އާއިލާއިން ގެންގުޅޭ ކުއްތާއެކެވެ. ކުއްޖާއަށް އެ ކުއްތާ ހަމަލާ ދިނީ ކީއްވެކަމެއް އެނގިފައިނުވާ އިރު، އޮފިޝަލުން ބުނެފައިވަނީ މިގޮތަށް ކުއްތާއެއް ކުއްޖަކަށް ހަމަލާދޭނީ މާޙައުލުގައި ހިނގާ ކަމެއްގެ ސަބަބުން ކަންބޮޑުވެ ބިރުގަތުމުން ކަމަށެވެ.

މި ހާދިސާ ހިނގައިގެން ރިޕޯޓް ކުރުމާއެކު އޮފިޝަލުން ވަނީ ވަގުތުން އެގެޔަށް ގޮސް ހަރަކާތްތެރިވެފައެވެ. އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހެލިކަޕްޓަރެއްގައެވެ. އޮފިޝަލުން ބުނެފައި ވަނީ ކުއްތާ އެކުއްޖާގެ ގައިގެ އެކި ތަންތަނުގައި ދަތްއަޅައި ވަރަށް ބޮޑަށް ޒަޚަމްކޮށްލި ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ލޭ މަނާނުވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އޮފިޝަލުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، ކުއްޖާއަށް ހަމަލާދިން ކުއްތާ މިހާރު ވަނީ ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ.

މިއީ ކުއްތާއެއް ހަމަލާ ދިނުމުގެ ސަބަބުން މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެމެރިކާގައި އާއިލާތަކުން ގެންގުޅޭ ކުއްތާތަކުގެ ޝިކާރައަކަށް ކުދިންވެ ބޮޑެތި އަނިޔާ ލިބުނު މައްސަލަތައް ފެންމަތިވެފައި ވެއެވެ. އެގޮތުން ދާދިފަހުން ކުއްތާއަކު ހަމަލާ ދިނުމުގެ ސަބަބުން އެއްމާބަނޑު ދެ ކުއްޖަކު މަރުވި ހާދިސާއެއްވެސް ހިމެނެއެވެ.

ހުޅަނގުގެ މީހުން ގޭގައި ކުއްތާ ގެންގުޅުމަކީ ވަރަށް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެފަރާތްތަކުން ކުއްތާތައް ގެންގުޅެނީ އާއިލީ މެމްބަރުންގެ ގޮތުގައި ދެކިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަންޖަބީލާ

    ދަރިންނައް ވުރެ ލޯބިން ކުއްތާގެންގުޅެނިކޮއް ދަރިޔަކުލިބުނީމަ ކުއްތާ ބާކީ ވެއްޖެކަން އެ އެއްޗައް ވިސްނިގެން ދެން އޭތިގަޑުގެ ހިތައް އެ އަންނަ ޖެލަސީ ގަ ތުއްތު ދަރިފުޅައް ހަމަލަދޭނެކަން އެއީ ކުއްތާގެންގުޅޭ އެންމެނައްވެސް އެގެންޖެހޭނެ ކަމެކެވެ. ބާކީ ނުވިޔަސް އެއެތިގަޑު ބޭނުމެއް ނުވާނެ އޭތީގެ ވެރިމީހާ “ޝެއަރ” ކުރާކައް. ހަމަ ދިވެހިން ދެއަންބައް އިނީމަ ވާ ގޮތައް! ދޮށީ އަބި މީހާ ޖެލަސްވެގެން ފިރިމީހާ “ޝެއަރ” ނުކުރަން ސިހުރު ފަންޑިތަ ހަދާ، ހަގު އަބި ނައްތާލަން މަސައްކަތް ކުރޭ. މީ ހަމަ އެކަހަލަ ކަމެއް.

    38
    2
  2. ޑަކޯޓާ

    މި ހާދިސާ އަކީ ޖޫން 11 ގައި ހިނގި ހާދިސާ އެއް.

  3. ހޭ ވަގުތު

    މި ހާދިސާ އަކީ ޖޫން 11 ގައި ހިނގި ހާދިސާ އެއް.