ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) އޭނާ އަކީ ފިރިހެނެއް ނޫންކަމަށް ބުނެ "އޮޅިގެން" އަނެއްކާވެސް ޓްވީޓެއް ކުރުމުން ގިނަ ބަޔަކަށް އެކަން ޖޯކަކަށްވެ، އަދި އާދައިގެ ބައެއް އިނގިރޭސި ބަސްތަކުގެ މާނަ ނޭނގޭ މީހަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސިޔާސީ މަގާމެއްގައި ހުރުމުން ސަރުކާރަށް ގިނަ ބަޔަކު ފާޑުކިޔަމުން އެބަގެންދެއެވެ.

ޖިންސީ ގޯނާ އާއި ރޭޕް ކުރުމާއި ގުޅޭ ގޮތުން ސްމިތު ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އޭނާ ހޫނުފެނަށް ވެއްޓިފައި ވަނިކޮށް މީހަކު ކުރި ޓްވީޓެއްގައި ސުވާލު ކުރީ "ސްމިތަކީ ރަހޫގެ ފިރިހެން ވައްތަރުތޯ" އެވެ. ޖަވާބުގައި ސްމިތު ބުނީ އޭނާ އަކީ ފިރިހެނެއް ނޫން ކަމަށާއި އޭނާ އަކީ ހއ.ދިއްދޫ މީހެއް ކަމަށެވެ.

ބެލެވޭ ގޮތުގައި އޭނާ ބުނަން އުޅުނީ އޭނާ އަކީ މާލޭ މީހެއް ނޫން ކަމަށެވެ.

ސްމިތުގެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސަރުކާރުގެ މަތީ މަގާމެއްގައި ހުރި މީހަކަށް "މޭލް" އާއި "މާލޭގެ" ތަފާތު ނޭންގުމުން ހައިރާންވާ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

ސްމިތަކީ މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރާއި މިނިސްޓަރުގެ ނައިބަށް ފަހު ޓްއަރިޒަމް މިނިސްޓްރީގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ޓްވިޓާގައި ސްމިތު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ސަރުކާރުން ވަނީ މީގެ ދެދުވަސް ކުރިން ބުނެފައެވެ.

https://twitter.com/bananathefoodie/status/1282538415263711234

ސްމިތުގެ މައްސަލަ ބަލަމުންދާ ކަމަށް ސަރުކާރުން ބުނުމުން ޖިންސީ ފުރައްސާރައިގެ ޓްވީޓް ދިފާއުކޮށް ސްމިތު ކުރި ޓްވީޓެއްގައި ބުނީ "ކުރުކޮށް އަވަސް އަރުވާލައިގެން ލިޔުނީމަ މާނަ ނުބައިކޮށް" ނަގާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ސްމިތު ދައްކާފައިވާ ބައެއް ވާހަކަތަކައް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ތައްޔާރުކުރި އެސްއޯޕީ ސްރީލަންކާ އިން ކޮޕީ ކުރިކަމަށް ވެސް ސްމިތު މީގެ ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މިމީހާ

    ދިއްދޫ ސްކޫލުން އަހުލާގު ގޯސްވެގެން ބޭރުކުރި މީހެ

    95
  2. މުހައްމަދު

    ??? އައި އޭމް ނޮޓްއަ މޭލް.
    ޢައި އޭމް އަ ފީމޭލް...

    69
    1
  3. މުހައްމަދު

    އައި އޭމް ފް ރޮމް އިންޑިއާ.
    އެންޑް މައިނޭމް އިޒް ނަ ރެންދު ރަމޯދީ..

    67
    1
  4. ހަސަން ފޭދޫ

    ބޮވިގެން އޮވެ ލިޔާއިރު އެހެންވެސް ވާނެ.

    82
    1
  5. ރަދީފް

    ކަނޑުކޮސް ސްމިތުއެއީ އިނގިރޭސިވެސް ނޭނގޭ މީހެއް.

    81
    1
  6. އިސްމާލް

    އެންމެ އެހާ މޮޅެއް ނުވާނެ. އެހެން ވީމާ ހަބަރު ލިޔާ މީހާ އެކަމަށް ވިސްނާލުން ރަގަޅު ކަމަށް ފެނޭ. މިސްޓޭކް ހެދޭނެ ދެން އެކަމަށް ބޮޑު ސުރުހީއެއް ހަދަން ޖެހޭ ސަބަބެއް ނުވިސްނޭ. ރެސްޕެކްޓް ޕްލީސް

    14
    85
    • ރެސްޕެކްޓު

      މޮޅު ވީ މަ ދޯ އެވަަރު މަގާމްް ގަ އިި އެހުންނަނީ

      62
      2
  7. އައިއޭ

    މީގަ ގޯހީ އިބޫ
    މިވަރު މީހުންނަށް ރާއްޖޭގެ އެންމެ މުޙިއްމު އެއް މަސައްކަތްކުރާ މިނިސްޓްރީގެ ބޮޑެތި މަޤާމު ދިނުން

    93
  8. ޑޯނާ

    އިބްރހީމް މުޙައްމަދު ޞާލިޙަށްވުރެ ސްމިތު ފެންވަރު ރަގަޅުވާނެ! އދ ގައި އިބްރާހީމް މުޙައމަދު ޞާލިޙް ދިން ތަޤުރީރު އޮތީ އޭފޯ ކަރުދާހުގައި އިގިރޭސި ޕްރޮނައުންސްކުރާގޮތަށް ދިވެހި އަކުރުން ލިޔެފައި! މިސާލަކަށް! ވީ ހޯޕް ޔޫ މިގޮތަށް! ޓީޥީއަށް 15 ދުވަހު ގެންގޮސްގެނ ފަރިތަކުރުވާފަ އެރުވީމާވެސް ބައިވަރެއް ކުށްކީ!

    44
    5
  9. ގޭމް

    މިހާރު އިނގިރޭސިނޭނގޭ ކަމައް ހަދައިގެން އެއުޅެނީ ކުރިންކުރި ރޭޕް ޓުވީޓު މަތަކުރަން.

    40
    3
  10. ހުސޭނު

    ސްމިތަކީ މާރަގަޅު މީހެކޭ ބުނާކަށްނެތިން. އަދި ސްމިތްމެން ވިޔަސް ޖަރީމާއެއް ހިންގައިފިނަމަ ދިފާއު ކުރާކަށްވެސްނެތީމެވެ.
    އެކަމަކު އެއްބަޔަކު އަނެއްބަޔަކަށް ތިޔަހެން ފުރައްސާރަ ކުރުމަކީވެސް ރަގަޅު ކަމެއްހެނެއް ހިޔެއްނުވެއެވެ.
    މާލެ ކިޔާއިރު ފަހަތުގައި އެ އިންނަނީ އީ ގެ ފަހަތުގައި އެޕޯސްޓޮފީ ޖަހާފައެއް ނޫނެވެ.

    17
    6
    • ކުޑޫ

      އެޕޯސްޓްރޮފީ ނެތީ އެދައްކަނީ މާލޭގެ ވާހަކަ ނޫން ވީމަ. އެ ދައްކަނީ މޭލްގެ ވާހަކަ. ފިރިހެން ދަރިޔާ ފިރިހެން....

      12
      1
  11. ޖާބެ

    ގަމާރު ރައްޔިތުން ހޮވާ ގަމާރުވެރިން ކަންކުރީމަ ދެންކީއްކުރަން ތިޔަވާހަކަ ތިދައްކަނީ.

    34
    1
  12. ަޘާމިރު

    ކަލޯ އިބޫސޯލިހްވެސް ހަމަ ތިޔައްވުރެއް ހާލުބޮޑުވާނެ ، ދެން ކީއްކުރަން ސްްމިތްގެ ވާހަކަ ތިދައްކަނީ

    21
    3
  13. ހުސެން

    36000 ޑޮލަރުގެ ޑިގްރީއެއް، ކޮންގައުމަކުންތޯ 3 އަހަރު ދުވަހުގެ ގޭ ކުއްޔާ ކެއުން ބުއިންގެ ހަރަދު ވެސް ލައިގެން ދެއްތޯ ، އަންޑަރސްޓޭންޑްގެ ސްޕެލިންގ ރަނގަޅުކޮންލާ،. އެެއްގޮތަކަށް ވެސް ވެސް ދެކޮޅު ވެގެނެއް ނޫން ހަމަ ހިތުގަ ސުވާލު އުފެދުނީމާ އަހާލީ،،،

    13
    9
  14. ހިސާން

    36000 ޑޮލަރުގެ ޑިގްރީއެއް، ، 3 އަހަރަށް ބެހިކަމުގައި ވިއަސް ހާދަ އަގުބޮޑޭ،،

    14
    5
  15. ފިލާވާޅު

    މަޖުލީހުގަ، ސިޔާސީ މަޤާމްތަކުގަ އަދި ކައުންސިލް ތައް ވެރިކަމުގަ ހަމަ ތިބީ މިޤަޢުމުގެ ރައްޔިތުމްގެ މެޖޯރިޓީ އޮތްމިހުން ދެންކޮން ވާހަކައެއް ދައްކަންއޮތީ

    17
    2
  16. ޢަލިބެ

    އިންޑިއާގައި އުޅޭ ތިކަހަލަ މީހުންނަށް ކިޔަނީ "ހިޖުޅާ"މިހެން.

    17
  17. އަކްބަރުދައުލާއިސް

    މީ މީގެ 1400 އެތަ އް އަހަރެ އް ކުރިން ރަސޫލާ ސަ އްލަﷲޢަލަ އިހި ވަސަ އްލަމް ޚަބަރު ދެ އްވާފަ އިވާ މީހުން.. ނުކުތާ އަކީ އެއއ އީ ފަހު ޒަމާނުގަ އި މަޤާމުތަކަށް ކަމުގެ އެކަށީގެން ނުވާ ނާޤާބިލް މީހުން އިސްކުރާނެ ކަމާ އި މެދު ޚަބަރު ދެ އްވުން....
    އަދަކީ އެޒަމާން އެހެންނޫންތޯ

    26
    • ކައުންސެލަރު

      ހަހަހާ! ހަނދާންވެއްޖެ. ކާކުތަބުނީ އިބޫއަކީ ރަސޫލާ ދުޢާ ދެއްވާފައިވާ މީހުން ފަދާ މީހެކޭ

  18. މަކަސް

    ބަލަސްމިތު ރާއްޖެ ތެރެވީމާ މިހަކައްވީމާ ހަޖަމްނުވަނީ ކޮންމެހެން އިގެރޭސިން ލިއުން މުހިންމުތަ؟؟ ބަލަ ކީރިތިޤުރުވާން ކިޔަވަންނޭގުނުނަމަދެރަވީސް ؟؟މާލޭގެ ގިނަމީހުންނައް ކިޔަވާކަންނޭގޭނެ؟؟

    17
    7
  19. ކާފަރު

    މިކަހަލަ އޮށް ކެނޑި މީހުން ގައުމުގެ ބޮޑުންނަށް މިއަދު ތިބީ..

    18
  20. ?

    ????