މިފަހަރު ޓްވީޓާގެ ސަމާލުކަމަށް އައިސްގެން މި އުޅެނީ މަހެކެވެ. ތަފާތު މަހެކެވެ. އެ މަހުގެ އިންސާނުންނާއި ވައްތަރު ބައެއް ފީޗާތައް އެބަ ހުރި ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
އެ މަހަކީ މެލޭޝިއާގައި ބާނާަފައިވާ މަހެކެވެ. އެ މަހުގެ ފޮޓޯވެސް ނަގާފައިވަނީ މެލޭޝިއާގައެވެ. އެ ފޮޓޯ ހިއްސާކުރުމުން ވަރަށް ރަނގަޅަށް އެ ފޮޓޯއަށް ބަލާފައި އެ މަހުގެ އިންސާނުންގެ ހުންނަ ކަހަލަ ތުންފަތަކާއި، ދަތްތަކެއް ހުންނަކަން މި ވަނީ ހާމަވެފައެވެ.
މި މަހުގެ ކުރީކޮޅު ހިއްސާާކުރި އެ ފޮޓޯއަށް އެތައް ހާސް ލައިކްއެއް ވަނީ ލިބިގެން ގޮސްފައެވެ. އެ މަހުގެ ދެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު ކޮމެންޓް ކުރި މީހުން ބުނަނީ އެ މަސް ފެނިފައި ބިރުން ފިއްކައިގެން ދާ ވަރުވި ކަމަށެވެ.
އެ ފޮޓޯއަށް 14000 އަށްވުރެ ގިނަ ލައިކްސް ލިބިފައ ވެއެވެ. އަދި 8000 ކޮމެންޓްސް އާއި ރީޓްވީތް ލިބިފައި ވެއެވެ. މީގެ ތެރެއިންވެސް ގިނަބައެއްގެ ލޮލުގައި އަޅައިގަތީ އެ މަހުގެ ދަތްތަކެވެ.
bibir dia lagi seksi dari aku 😭 pic.twitter.com/zzq8IPWzvD
— 🏴 (@raffnasir_) July 2, 2020
ބައެއް މީހުން އެ ޕޯސްޓަށް ކޮމެންޓް ކުރަމުން ވަނީ، އެފަދަ މަސްތައް މެލޭޝިއާ ސަރަހައްދުން ވަރަށް ފެންނަ ކަމަށް ބުނެފައެވެ.އަދި އެއީ ޓްރިގާ ނަމަކަށް ކިޔާ މަހެއް ކަމަށްވެސް ބުނެފައި ވެއެވެ.
ސިޔާސީ ޕާރޓީއެއްގައި އުޅޭ ޓިނު ބޭބެ އާ ވައްތަރޭ
ބުއްޅަބެޔާވެސް ވައްތަރު ގޮތެއް އެބަހުއްޓެއްނު.
ރާއްޖޭގަވެސް ހުރޭ ތިވައްތަރު މަސް..އައްޑޫ ސިޓީ މަރަދޫ މީހުންނަށް އަނގޭނެ
ރޯނުއެދުރު ބެދިގެން މަޖިލިސް ރަޢީސްކަމުގައި އިންނަ ދެބަންދިހާރަ އާ ވަރަށް ވައްތަރު
ލޮލް..
ހުރިހާ ކަމެއް ސިޔާސީ ކަންތަކާ ނޫނީ ދިޔާސީ މީހުންނާ ގުޅުވާކަށް ނުޖެހެ! މީ މާތް ﷲ ގެ ކުޅަދުންވަންތަކަން!!
ތިޔައީ ފޮޓޯ ނެގިފައި އިންގޮތުން ރީތިވެފައިން އަނގައެއް. ތިޔަށް މަމެން ކިޔަނީ "ރޮނޑު" ރޮނޑަކީ ވަރަށް އާއިލާ ބޮޑުބައެއް. މަށަށް ދެންފަހަރަކުން ރޮނޑެއް ބޭނުނީމާ އަނގަ ފޮޓޮ އެއް ނަގާފަ ތިޔަބުނާ ތަނަކަށް ލާނަށް . ވައްތަރު ކިޔަން ތިބޭތި ހުރިހާ ބޭފުޅުންވެސް
ތިޔައީ ފޮޓޯ ނެގިފައި އިންގޮތުން ރީތިވެފައިން އަނގައެއް. ތިޔަށް މަމެން ކިޔަނީ "ރޮނޑު" ރޮނޑަކީ ވަރަށް އާއިލާ ބޮޑުބައެއް. މަށަށް ދެންފަހަރަކުން ރޮނޑެއް ބޭނުނީމާ އަނގަ ފޮޓޮ އެއް ނަގާފަ ތިޔަބުނާ ތަނަކަށް ލާނަށް . ވައްތަރު ކިޔަން ތިބޭތި ހުރިހާ ބޭފުޅުންވެސް
ތިއީ ރޮނޑެއްނުން..
ތިއީ ރާއްޖެއިން ޢާންމުކޮށް ފެންނަ ރޮނޑެއް.
ތީ ރާއްޖޭގައި ވަރަށް ގިނަ އެއްޗެއް ތިޔައްކިޔާނީ ރޮނޑު
ޢެބުނާހެން ޓްރިގާ ފިޝް ކިޔަނީ ރޮނޑަށް...
ބައްލަވާ އެއީ ހަމަ ރޮނޑެއް
ތިޔައީ ރަންކާފަރޮނޑެއް.
ހިހީ... އާ ކުކުޅަށް ގާ ބިހެއް އެޅިފަ ތިއޮތީ... ފޮޓޯ ނެގި ގޮތުން ތިހެން ތިހިރީ... ސާބަސް..
މި މަހާ މީހަކާ ވައްތަރު ނަމަ ކަލެއާއި ކާފަރަކާއި ވައްތަރުވާނެ.
އަލަށް މެލޭށިޔާ މީހުންނަށް ރޮނޑެއް ފެނިގެން މިއުޅެނީ.އެއީ މިވީ ގޮތަކީ.ތި ބައްތަރު މަސް އަހަރުމެން ރާއްޖޭގަ މާގިނަ ހުންނަނީ..