ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ރަންވީރު ސިންގގަކީ ތަފާތު ތަރިއެކެވެ. އާއްމުންގެ ތެރޭގައި ހެލިފެލިވެ އުޅޭ މީހެކެވެ. އުފާވެރި މޫނު ދައްކައިގެން އަބަދު ހުންނަ މީހެކެވެ. އެހެންނަމަވެސް ގޭގައި އުޅޭއިރު، އޭނާއަކީ ވަރަށް ތަފާތު މީހެކެވެ. އަބަދު ނިދާފައި އޮންނަ މީހެކެވެ. އެކަން ހާމަކޮށްފައި ވަނީ އޭނާގެ އަނބިމީހާ އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އެެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ދިޕިކާ ވަނީ އޭނާގެ ފިރިމީހާގެ ނިދުމުގެ ކަންތައްތަކުގެ ވާހަކަ ދައްކާފައެވެ. މިފަހަރުވެސް އަނެއްކާ އެ ވާހަކަ މި ވަނީ ފަށައިގަނެފައެވެ. މިފަހަރު އެ ވާހަކަ އޭނާ ދައްކާފައި ވަނި، އިންސްޓަގްރާމް މެދުވެރިކޮށް، "އާސްކ ްމީ އެނީތިންގ"ގެ ނަމުގައި އަނެއްކާވެސް ފެށި ސެޝަން ގައި މީހަކު ދެއްކި ވާހަކައަކަށް ޖަވާބުދެމުންނެވެ.

ދިޕިކާގެ ގާތުގައި މީހަކު އަހާފައި ވަނީ، އޭނާގެ ފިރިމީހާގެ ގާތުގައި އެނާ ބުނަން ބޭނުންވާ އެއް ވާހަކަ ހިއްސާ ކުރުމަށެވެ. މިފަހަރު ޖަވާބު ތަފާތެވެ. އެއްވެސް ކަހަަލަ ރޮމޭންޓިން މޫޑެއްގައި އޭނާ އެވަގުތު ހުރިހެން ހީ ނުވެއެވެ. ނޫނީ ފިރިމީހާއާ ގުޅޭގޮތުން ދައްކަން ބޭނުންވާ ލޯބީގެ ވާހަކައެއް ހުރިހެންވެސް ހީނުވެއެވެ.

އިންޑިއާ މީޑިއާތަކުން ބުނަނީ ދިޕިކާ ހުރީ ރުޅިވެރި މޫޑެއްގައި ކަމަށެވެ.

"35000 ފަހަރަށް އެލާމް ސްނޫޒްކޮށްފީމެންނުން، ދެން ސައި ސައިބޯން ތެދެވޭ". ދިޕިކާ ލިޔެފަައި ވެއެވެ.

މީގެ ކުރިންވެސް ދިޕިކާ ވަނީ އޭނާ ފިރިމީހާގެ ނިދީގެ ކަންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އަދި ފުރަބަންދުގައި ގޭގައި ހުންނަން ޖެހުނަސް ވަރަށް ފަސޭހަ ކަމަށް ދިޕިކާ ބުނެފައި ވެއެވެެ. އެއީ ފިރިމިހާ 20 ގަޑިއިރު ވަންދެން ނިދާތީ ކަމަށް ދިޕިކާ ބުނެފައި ވެއެވެ. އެހެންކަމުން ދިޕިކާއަށް ބޭނުން ކަމެއް ކުރަން ފުުރުސަތު ލިބޭތީއެވެ.

https://www.instagram.com/p/B-ea9EZDp3-/?utm_source=ig_embed

އަދި ރަންވީރު ހޭލާ އޮންނަ ގަޑީގައި، އެކުގައި ފިލްމް ބެލުމާއި،ކެއުމާއި، އެކްސަސައިޒް ކުރުން ފަދަ ކަންކަން ކުރާ ކަމަށް ދިޕިކާ ބުނެފައި ވެއެވެ.

ރަންވީރު ނިދުމާއި ގުޅޭގޮތުން ދިޕިކާ އެތައް ފަހަރެއްގެ މަތީ މަޖާ ގޮތަކަށް ވާހަކަދައްކާފައި ވެއެވެ. އެއްފަހަރެއްގައި ދިޕިކާ ވަނީ ފިރިމީހާ، ހައިޕާސޯމްނިއާ ހުންނަ ކަމަށް ބުނެފައެެވެ.

ހައިޕާސޯމްނިއާ ކޮންޑިޝަންއަކީ 12-15 ގަޑިއިރަށް ނިދިޔަސ،ް ހޭލާއިރު، އަބަދު ވަރުބަލި ވެފައި ހުރުމަށް ކިޔާ ނަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ދީޕިކާހެން ތިމަންނަ އަންހެނުންވެސް ވާނެ ނަމަ އެއްނު އަބަދު ކޮއްމެވެސް ގަނޑެއް ގަނެވޭނީ.

    2
    5
  2. ފަރީދާ

    ވަގުފިރިން ގެންގުޅެވޭނެ ފިރިމީހާ އަށް ރޭކާނުލާ. އަހަރެންގެ ފިރިމީހާވެސް ތިގޮތަށް، "ހޭނެތޭނެ" ނަމަ ހާދަ ރަނގަޅެވެ.

    2
    6