ކަރު ދުޅަވާކަން އިހުސާސްވެގެން ޖަޕާނަށް ނިސްބަތްވާ މި އަންހެން ދިޔައީ ޑޮކްޓަރަކަށް ދައްކާށެެވެ. މިއީ އާއްމުކޮށް މީހުންނަށް ދިމާވާ ކަމެކެވެ. އެހެންވެ އާދައިގެ ހުމަށް ދޭ ބޭހެއް އޭނާއަށްވެސް ދީ މިކަން ނިންމާލާނެ ކަމަށް އޭނާ ހުރީ އުއްމީދުކޮށްގެންނެވެ. ކަންވީ އެހެން ނޫނެވެ.

ޑޮކްޓަރަަށް އޭނާގެ ޓޮންސިލް ތެރެއިން ފެނުނީ ދިރިދިރި އޮތް ފަންޏެކެވެ.

ދަ އެމެރިކަން ސޮސައިޓީ އޮފް ޓްރޮޕިކަލް މެޑިސިން އެންޑް ހައިޖީން އިން ބުނެފައިވާގޮތުން، ޓޯކިޔޯއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އެ އަންހެން މީހާ އެސްޓީ ލޫކްސް ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރުން ރަނގަޅަށް އޭނާގެ ކަރުތެރެ ބެލިއެވެ. އެ އަންހެން މީހާ ޑޮކްޓަރުންގެ ގާތުގައި ބުނީ، އެނާގެ ކަރުގައި ރިއްސަން ފެށީ ސަަޝްމީ ކައިގެން ކަމަށެވެ. އެއީ ޖަޕާނު މީހުން ރޯ މީޓް ކާ އެއްޗެކެވެ.

ޑޮކްޓަރުން އޭނާގެ ކަރު ތެރެ އެގްޒާމައިންކޮށް ބެލިއިރު، އޭނާގެ ކަރު ތެރެއިން 1.5 އިންޗި ދިގު، އަދި 1 މިލިމީޓަރު ފުޅާ ފަންޏެއް ވަނީ ފެނިފައެވެ. ޑޮކްޓަރުން ވަނީ އެ ފަނި ނަގާފައެވެ. އޭނާގެ ޓޮންސިލް ތެރެއިން އެ ކަޅުކުލައިގެ ފަނި ފެނުނުއިރުވެސް އޮތީ ދިރިދިރި އެވެ. އެ ފަނި ނަގުމަށް ބޭނުންކޮށްފައި ވަނީ ޓްވީޒާސް އެވެ.

މިފަދަ ފަނިތައް ރޯ މީޓް އިން ފެންނަ ކަމަށެވެ. އަދި އެއީ ލާރވާ ނަމަކަށް ކިޔާ ފަންޏެއް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ޑޮކްޓަރުން ބުބެފައިވާގޮތުން، އޭނާގެ ކަރު ތެރެއިން އެ ފަނި ނެގި ފަހުން އޭނާގެ ހާލު މަޑުމަޑުން ރަނގަޅު ވާން ފެށިއެވެ. އަދި އޭނާގެ ލޭގެ ޓެސްޓު ފަހުން ހެދި ކަމަށާއި،އޭގެންވެސް ހުރިހާ ކަމެއް ދެއްކީ ނޯމަލްކޮށް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު