ބެލްޖިއަމްގައި ކުރިއަށްދާ ކާރު ރޭހެއްގައި ބައިވެރިވި ރަޝިއާގެ ޒުވާނަކު ދުއްވި ކާރެއް ދެފަހަރަށް ފުށުންޖެހި، ކާރު ދުރު ހިސާބަކަށް ބުރައިގެން ދިޔަ ނަމަވެސް އެއްވެސް ގެއްލުމެއް ނުލިބި ޑްރައިވަރު ސަލާމަތް ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާ ހިނގިއިރު ކާރު ދުއްވަން އިނީ އުމުރުން 20 އަހަރުގެ ޒުވާނެއް ކަމަށްވާ މަޓެވޯސް އިސާކީން އެވެ. އެފް-1 ކާރު ބުރައިގެން ދިޔަ މަންޒަރު ބަލަން ތިބި މީހުންނަށް ޑްރައިވަރުގެ ފުރާނަ ސަލާމަތް ވެދާނެ ކަމާއިމެދު ވެސް ސުވާލު އުފެދިފައި ވަނިކޮށް އޭނާ އަށް ގެއްލުމެއް ނުލިބި ސަލާމަތް ވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.

https://www.youtube.com/watch?v=HoYeJ8om6do

ކާރު ބުރައިގެން ގޮސް މަޑުވުމުން އިސާކީން ކާރުން ފޭބީ ވެސް އެއްވެސް މީހަކުގެ އެހީތެރިކަމެއް ނުލިބި އަމިއްލައަށެވެ.

މިއީ ބާލިންގައި ކުރިއަށްދާ ރޭހުގައި ހިނގި މިފަދަ ބޮޑު ދެވަނަ އެކްސިޑެންޓެވެ. މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓްގައި ޑްރައިވަރެއްގެ ދެފައި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ކާރު ކޮންޓްރޯލް ނުކުރެވިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި ޑްރައިވަރުގެ ދެފައި ވެސް ވަނީ ބިނދިފައެވެ.

ކިޔުންތެރިންގެ ހިޔާލު