ބުލީ ކުރުން ނުވަތަ ގަނާ ކުރުމަކީ އެއް ގޮތަކަށްވެސްކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ އެކަކަށް މަޖާ ކަމަކަށް ވިޔަސް، އަނެއް މީހާގެ މުޅި ދިިރިއުޅުން އެފުށް މިފުށަށް ޖަހާލާނެ ވަރުގެ ކަމެކެވެ. މިއީ ޓީޗަރަކަށް ދާދި ފަހުން ދިމާވި ހާދިސައެކެވެ. އެ ޓީޗަރަށް އޭނާ ކިޔަވާދޭ ކުދިން ބުލީކޮށްފައި ވަނީ ޒޫމް ކްލާހެއްގެ ތެރެއިންނެވެ.

އިންސްޓަގްރާމް އެކައުންޓެއް ކަމަށްވާ ޓެޑް ދަ ސްޓޯނާ ނަމަކަށް ކިޔާ މީހަކު ހިއްސާ ކުރި ޓީޗަރަކަށް ބުލީ ކުރިކަމަށް ބުނާ އެ ހާދިސާއާއެކު އެތައް ބަޔަކަށް ރޮވޭ ވަރުވެއްޖެއެވެ. އަދި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެންމެންވެސް ދަނީ ބުނަމުންނެވެ.

ކޮވިޑް-19ގެ ބިރުވެރިކަމާއި ހެދި ގޭގައި ޓީޗަރުން ކިޔަވާދެމުންދާއިރު، މިގޮތަށް ކިޔަވާ ދިނުމަކީ ބައެއް ޓީޗަރުންނަށް ފަަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް މި ދުވަސްވަރު އެ މީހުންނަށް ފައިސާ ލިބޭނެ އިތުރު ގޮތެއް ނެތުމުން، މިކަން ކުރަން މިތިބީ މަޖުބޫރު ވެފައެވެ.

އެ އިންސްޓަގްރާމްގެ ޕޯސްޓުގައިވާ ވާހަކަައިގެން ކުރިއަށް ދަމާ ހިނގާށެވެ.

ޕްރިންސިޕަލް ގުޅާފައި އުމުރުން 55 އަހަރުގެ ޓީޗަރު ކައިރީގައި، އޭނާއަށް އޮންލައިންކޮށް ކިޔަވާދޭން އިނގޭތޯ ސުވާލު ކުރިއެވެ. އެއަށް އޭނާ ދޭނެ ޖަވާބެއް ނެތެވެ. އޭނާއަށް އެކަން ކުރަން ނޭނގޭ ވާހަކަ ބުނެފި ނަމަ، ވަޒީފާ ގެއްލޭނެއެވެ. އެ އުމުރާއި ބަލާފައި އޭނާއަށް ވަޒީފާ ދޭނެ މީހަކު ނުވާނެއެވެ. އެހެން ނަމަވެސް އާއިލާއަށް ފައިސާ ބޭނުންވެފައިވާތީ އޭނާއަށް އިތުރު ގޮތެއްވެސް ނެތީއެވެ.

އެންމެ ފަހުން އޭނާ ސްމާޓްފޯން ނަގައިފިއެވެ. އަދި އަންހެން ދަރިފުޅު ކައިރިއަށް ގޮސް، ޒޫމްގައި ވާ ގޮތް އަހާ އޮޅުން ފިލުވިއެވެ. އެއް ޓެބުން އަނެއް ޓެބަށް ދާއިރު އޭނާގެ އަތް ތުރުތުރު ލައެވެ. އޭގައި ވާނުވާ ހޯދަން މަސައްކަތް ކުރާއިރު، އޭނާ ބިރުން ގޮސް ފިނިވާ ގޮތް ވެސް ވިއެވެ.

އޭގެ އަނެއް ދުވަހެއް އޭނާ ދިޔައީ މާކެޓަށެވެ. ގޮސް ހުދު ބޯޑަކާއި މާކަރެއް ގަތެވެ. ގެއަށް އައިސް ގޮޑިއެއްގައި އެ ބޯޑު ބަހައްޓާފައި، ކްލާހަށް ތައްޔާރުވިއެވެ. އޭނާއަށް ކެމެރާއަށް ބަލައިގެން ކިޔަވައިދިނުމަކީ ހީކުރި ވަރަށް ވުރެވެސް އުނދަގޫ ކަމަކަށެވެ. އެކަމަކުވެސް އިތުރު ގޮތެއް ނެތެވެ.

ކްލަސް އޮތް ދުވަހެެވެ. ކްލާސް ގަޑިއަށް ތައްޔާރުވެއްޖެއެވެ. އޭނާއަށް އޭނާ ކިޔަވާދޭ ކުދިން ފެންނަނީ އެއް މަަސް ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އޭނާގެ ދަރިފުޅުގެ އެހީގައި ސެޓްއަޕް ޖެދިއެވެ. އަދި ކްލާހަށް ކުދިން އެޑްކުރިއެވެ.

އޭނާގެ އަޑު ތުރުލާން ފެށިއެވެ. އެނާ ހުރީ ވަރަށް ބިރުންނެވެ. އެކަމަކު ކީއްކުރާނީ ހެއްޔެވެ.

https://www.instagram.com/p/CCsNpOcp_cM/?utm_source=ig_embed

ކުއްލިއަކަށް އޭނާއާ ކުރިމަތިލީ "އަންނައުން އައިޑީ"އެކެވެ. އޭނާއާ ދިމާލަށް ހަޑި ހުތުރުބަހުން އެއްޗެހި ކިޔަން ފެށިއެވެ. އޭނާއަށް އެއަށް ރިއެކްޓް ކުރާނެ ގޮތެއް ނޭނގުނެވެ. ވީ ދެރައިންނާއި ރުޅިން، އޭނާ ހަޅޭލަވައިގަތެވެ. ޓީޗަރާއި ދިމާލަށް އެހާ ހަޑި ހުތުރު ބަހުން އެއްޗެހި އެ ކީ އޭނާ ކިޔަވަދޭ ކުދިން ކުރިމަތީގައެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި ދިރިއުޅުމުގައި ކުރި މަސަައްކަތުން ކުދިންގެ ފަރާތުން އޭނައަށް ލިބެމުންދިޔަ އިހުތިރާމާއި ގަދަރު ނެތިގެން ދިޔައީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

މަޖަލަކަށް އެ ކުއްޖަކު ޓީޗަރާއި ދިމާލަށް އެހާ ހަޑިހުތުރު ބަހުން ވާހަކަދެއްކިއިރު، އޭނާއަށް ދެން ކުރެވުނު ކަމަކީ ކްލާސް ނިންމާލުމެވެ.

އެންމެ ފަހުން އޭނާ ދަރިފުޅަށް ގޮވިއެވެ. އޭނާގެ ދަރިފުޅު އައިއިރު، ބައްޕަ ހުރީ ރޯންށެވެ. އެ ދަރިފުޅު ބައްޕަ ހުއްޓުވޭތޭ މަސައްކަތް ކުރިއެވެ. އެރޭ ވެސް އޭނާއަށް ނުނިދެއެވެ. އެއީ އަނެއް ދުވަހުވެސް އޭނާ ކުދިންނާއި ކުރިމަތިލާން ޖެހޭތީއެވެ.

އެއްވެސް މީހަކަށް މަލާމަތްކޮށް، ބުލީ ކުރުމަކީ މާ މޮޅު ކަމެއް ނޫނެވެ. އަދި މަޖާ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ބުލީ ކުރުމަކީ އަނިޔާއެކެވެ މާފު ނުކުރެވޭނެ ކުށެކެވެ

    55
    2
  2. ޓައްޕު

    ބުލީ ކުރުމަކީ އަނިޔާއެކެވެ މާފު ނުކުރެވޭނެ ކުށެކެވެ

    37
    3
  3. Anonymous

    ޢަހަރެންގެ ދަރިފުޅަށް ބުލީ ކުރެވުނެވެ ހައްދުން ނެއްޓޭވަރަށެވެ ބައެއްޓީޗަރުންވެސްބައިވެރިވިއެވެ އެކަމުގެ ސަބަބުން ސްކޫލަށަާއި ޓީޗަރުންދެކެ އޭނަ ފޫހިވިއެވެ އެކަމުން ސަލާމަތް ކުރުމަށްޓަކައި ލައްކައިން ހަރަދު ކުރަން ޖެހުނެވެ އާއިލާގެ މީހުންނަށް ފައިސާ ހޯދުމަށް ސަލާން ޖަހަން ޖެހުނެވެ އިންސާނީ ހިނިތުންވުން ގަތުމަށްޓަކައި ބައްޕަޔަކު އަމިއްލަ އަށް ނުރައްލާތެރި ރިސްކު ތަކެއްނަގާ ގުރުބާނީތަކެއްދިނެވެ އަހަރުމެން ބޭނުންވީ ކޮންމެ އަގެއްގައި ލިބުނަސް ކިތަންމެ ބޮޑުއަގެއްގައިލިބުނަސް އޭނަޔަށް ތައުލީމު ގަނެދޭށެވެ އިންސާނީ ހިނިތުންވުން ވެސް ގަނެ ދޭށެވެ މިހާރު އަހަރެން ފަޚްރުވެރިވަމެވެ އޭނަ އިންސާނީ ހިދުމަތުގައި އެން ޖިއޯ އެއްގެ ގޮތުގައި މަސައްކަތް ކުރާތީއެވެ ޓެކްނޮލޮޖީއަށްފަރިތަ ކިޔަވައިގެން ހުރި ހެޔޮލަފާ ކުއްޖަކަށްވީތީއެވެ އެ ބުލީ ކުރި ކުދިންނަށްވުރެ 5 ފިޔަވަޅު ކުރިއަށް އެޅިފައިވާތީއެވެ އެކަމަކުވެސް ބުނަމެވެ މާޒީ ހަބަރަށް ވުރެ ހިއްޗެވެ

    37
    1
  4. ޓީޗަރ ރީތިމިސާލެކެ

    ޓީޗަރ ދެއްކީ ރީތި މިސާލަކާ ގަދަ ހިތްވަރެކޭ...
    ޢެކަން އެކުޖާއައް ނުވިސް ނުނީތީ ވަރައްވެސް ދެރައޭ...
    ..
    އެގޭ ހެއްޔެވެ.. ތިބާ ލިބޭ ތައުލީމުގެ އަގު ތިބާ ބޮޑުވެގެން މަސައްކަތުގެ މާހައުލުގާ ލާރިން ވަޒަން ކުރަމުން ދާއިރު ...
    ޢެ ލިބޭ އާމުދަނީގެ ކިތައް ހައްގުދާރުން ވާކަން ތިބާއައް ނޭގުނީހެއްޔޭ.. ތިބާގެ މާންބަފާން ފަށާގެން ގޮސް ތިބާގެ ތައުލީމީ ހަޔާތުގާ ކުޑަވެސް އެހީތެރިކަމެއް ފޯރުކޮއްދޭ މީހާންފަށާގެން ގޮސް އެއްމެ އިސްކޮއް ތިބާގެ މުދަރިސުންނެވެ...
    ..
    ޢެންމެންނައްވެސް އިހުތިރާމު ކުރާށޭ އެއީ ތިމާގެ ގަދަރުވެރިކަމޭ....
    ޢަދި އެހެންމީހުންނައް އިހުތިރާމް ނުކުރުމަކީ ތިމާއަމިއްލައައް ގަދަރުވެރިކަން ގެއްލުވާލުމޭ..
    ..
    ޢެގޭ ހެއްޔޭ... ތިބާއައް އެހެން މީހުންނީ ދަށުދަރަޖާގެ މީހަކައް އަދި ގަދަރެއްނެތް މީހެއް ކަމުގާ ހީވިޔަސް އެނެއްބާ މީހުންނައް އެނައަކީ ގަދަރުވެރި މީހެއްކަމުގާ ވެދާނޭ...

  5. ސަލީމް

    ވަރައް ދެރަ ކަމެއް، ލިޔުން ކިޔަަލީމަ ހީވަނީ، ޖެއްސުމައް ލިޔެފަ އޮތްހެން، މި ލިޔުން ލިޔުނު މީހާވެސް މިއޮތީ އޭނަ އައް ޖޯކް ޖަހާފަހެން ހީވޭ.. އަޅެމީ ކުރުވާހަކަ އެއްތަ ؟؟