ކުޑަކުދިން ވަގަށް ގެންދާ ބައެއް ކަމަށް ބުނެ، އަންހެނަކު މަރާލައި، އެ އަންހެން މީހާއާއެކު އެ އަވަށަށް ދިޔަ ކާރު ޑްރައިވަރާއި އާއިލާ ދެ މެންބަރަކަށް އަނިޔާކޮށްފިއެެވެ.

އިންޑިއާގެ ޓަމިލްނެޑޫ އަވަށުގައި މި ހާދިސާ ހިނގަން މެދުވެރިވީ، އެ އަންހެން މީހާ މަގުމަތީ ކުޅެން ތިބި ކުދިންތަކަކަށް ޗޮކްލެޓް ބެހިތަން އެ އަވަށުގެ ބަޔަކަށް ފެނިގެންނެވެ.

އުމުރުން 65 އަހަރުގެ އެ މީހާއަކީ މެލޭޝިއާއަށް ނިސްބަތްވާ މީހެކެވެ. އޭނާ އެ އަވަށަށް އައީ ޗެންނާއިއަށް ނިސްބަތްވާ ކާރު ޑްރައިވަރަކާއި އޭނާގެ އާއިލާގެ ދެ މެންބަރުންނާއެކު ފައްޅިއެއް ބަލާލުމަށެވެ.

އެ ފައްޅި ހޯދުމުގެ ތެރޭގައި މި އަންހެން މީހާއަށް ކުޑަކުދިންތަކެއް ފެނިގެން އެ ކުދިންނަށް ޗޮކްލެޓް ދިނުމާއެކު، އެ އަވަށު ތެރޭގައި ވަޓްސްއެޕް މެދުވެރިކޮށް މެސެޖްތަކެއް ދައުރުވާން ފެށީ އެ އަންހެން މީހާއަކީ އިންސާނީ ވަގުފާރި ކުރާ މީހެއްގެ ގޮތުގައެވެ. އެއާއެކު އެ އަންެހެން މީހާއާއި އެ މީހުން އެ ސަރަހައްދަށް އައި ކާރު ވަށާލާ ބަޔަކު އައިސް އެ މީހުންނަށް އަނިޔާކުރަން ފެށިއެވެ. އަދި 65 އަހަރުގެ އަންހެން މީހާ މަރާލިއެވެ.

އެ މައްސަލާގައި ފުލުހުން ވަނީ އެ އަވަށުން 23 މީހަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑު ބިއްލޫރި

    އޭނަ އަށް ވާންވީވެސް އެހެން! ރަގަޅު!?