އިބޫ އާއި އަޒޫ އަކީ މިހާރު ރާއްޖޭގެ އެންމެ ލޯބި ކަޕަލްއެވެ. ދިރާގު އިސްތިހާރުތަކުން އިބޫ އާއި އަޒޫ ވަނީ އެންމެންގެ ހިތް އަތުލާފައެވެ. ހަޤީޤީ ދިރިއުޅުން ދިރާގު އިސްތިހާރުތަކުން ވަރަށް ފުރިހަމައަށް ގެނެސްދެއެވެ. އިބޫ އާއި އަޒޫގެ ކޮންމެ އާއިސްތިހާރަކަށް އެންމެން އިންޒާރު ކުރެއެވެ.

މިފަހަރު މިއޮތީ އަނެއްކަވެސް ދެމީހުންގެ އިސްތިހާރެކެވެ. މިއިސްތިހާރުން ފެންނަނީ އަޒޫ ރަސްމީ ދަތުރެއްގައި ލ.އަތޮޅަށް ދަތުރުކުރާ މަންޒަރެވެ. ލ.އަތޮޅު ގަމުގެ ބޮޑު ހިތްގައިމު މަގުގައި އަޒޫ ސައިކަލް ދުއްވާލާ، ރަހުމަތްތެރިތެރިޔަކާއި އެކު ކޮފީއަކަށް ދާއިރު އިބޫ މާލޭގައި އުޅެނީ ވަރަށް ހާލުގައެވެ.

އިސްތިހާރުން ބައެއް ފަހަރު ހީވާ ގޮތުގައި އަޒޫ ވަނީ ވަރަށް "ހާއްސަ ރަހުމަތްތެރިޔަކު" ހޯދާފައެވެ.

އިބޫގެ މުޅި ދުވަސް ވަނީ ހަރާބު ވެފައެވެ. އިބޫ އަށް ބަލާލާ ކޮންމެ ދިމާއަކުން ފެންނަނީ އަޒޫ އެވެ. އިބޫ ސައިކަލް ދުއްވާއިރު އަޒޫ މަގު ހުރަސްކުރާތަން ފެނެއެވެ. އިބޫ ބާޒާރުމަތިން ދާއިރު ހަނދާނަށް އަންނަނީ އަޒޫ އަށް ކެއުމެއް ތައްޔާރުކޮށްދިން މަންޒަރެވެ.

އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އިބޫ މިހައި ވަރަށް މިސްވެގެން އަޒޫއަށް ކެނޑިނޭޅި ފޯން ކުރާއިރު ވެސް އަޒޫ ފޯނަށް ޖަވާބެއް ނުދިނުމެވެ. އަޒޫގެ ފޯން އޮތީ ޗާޖް ގޮސްގެން ނިވިފައެވެ. މުޅި ދުވަހު ކުރި މަސައްކަތުން ވެސް އަޒޫ އަކަށް ނުގުޅުނެވެ.

ނަމަވެސް "ދިރާގު" އޮތިއްޔާ ގޮތް ހުސްވާކަށް ނުޖެހެއެވެ. އަޒޫގެ މަސައްކަތުގެ ޕާޓްނަރުގެ ފޯން މެދުވެރިކޮށް އެންމެ ފަހުން އަޒޫ އަށް ގުޅިއްޖެއެވެ.

ދެން އަންނަ އެޕިސޯޑެއްގައި ވާނީ ކިހިނެއް ހެއްޔެވެ؟ އިބޫ ލ.އަތޮޅަށް އަންނަން އަޒޫ ދައުވަތު ދޭނީ ހެއްޔެވެ؟ ނޫނީ އަޒޫ އެނބުރި މާލެ ދާންވާއިރަށް އިބޫ ޑިނާއެއް ތައްޔާރުކޮށްދޭނީ ހެއްޔެވެ؟

ވާނެ ގޮތެއް އެނގޭނީ ދެން އަންނަ އެޕިސޯޑެއް ބަލާލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަލީ

    އިބޫ ލ.އަތޮޅަށްދާނީ

  2. ެައަބުއްލާ

    ދެންވާނެ ގޮތް ވަރަށް ސާފު...އަޒޫ ލ.އަތޮޅުން އެ ހޯދި ބިޓުގެ ދަރިއަކަށް ބަލިވެ އިނދެ މާލެ ދާނީ..ދެން އިބޫ ރޮއި ރޮއި އެންމެފަހުން ހަދާނެ ގޮތް ހުސްވެގެން އަޒޫ ވަރިކޮށްފަ އެހެން އަންހެނެއް ހޯދާނީ..ނޫނީ ދަންޖެހި މަރުވާނީ

  3. ިިަަަަަިެއިބަަ

    އަޒުު މަތުއި

  4. ަަަަަަަަަަަަަަަަަަަަަައަޒޫ

    ބޮޑު ވަރެއް ތީީ..
    ލިޔާނެ ހަބަރެެއް ނެތީ ތަ؟

  5. ބެއްޔާ

    އިބޫ އުޅެނީ މަޖުލީހުގަ

  6. ޝާހިދު

    މީ އެއްކަލަ ފިލްމުކުޅޭ ކުއްޖާ ދޯ... ނަން ޔަގީނެއްނޫން... ހީވަނީ މުއްރަތު ހެން ކިޔަނީ

  7. ޖުމާ

    އަޒޫ މޮޔަވާނީ އިބޫ އެހެން ބިޓެއް ނަގާނީ ވަރުގަދަ ކަމެއްތާ މިޖެހެނީ ފެހެ

  8. ތުރާމު

    އިބޫ ދެރަވާނެ ކަމެއްނެތް.. މަށަކީ ލ.އަތޮޅު މީހެއް... މަށަށަ އަޒޫގެ ނަމްބރ ފޮނުވާލދީ. އޭރަށް މަ އަޒޫއަށް ގުޅައިގެން އަޒޫ ހޯދަދޭނަނ ް??

  9. އިންޒާރު

    އިބޫ އާއި އަޒޫގެ ކޮންމެ އާއިސްތިހާރަކަށް އެންމެން އިންޒާރު ކުރެއެވެ.