ބޮލީވުޑްގެ އެކްޓަރުން އަބަދުވެސް އެ މީހުން ލޯބިވެރިޔާގެ ފަރާތުން ދޭ އެންޖޭޖްމެންޓް ރިންގް ދެކެ ވަރަށް ލޯބިވެއެވެ. އެ މީހުން އެ ލިބޭ އަނގޮޓިއަކީ އާދައިގެ އަނގޮޓީއެއްވެސް ނޫނެވެ. އެ އަނގޮޓީގެ އަގު އެތައް ލައްކަ ޑޮލަރަަށް އަރާ ފަހަރުވެސް ދެއެެވެ.

މިގޮތުން ބޮލީވުޑްގައި މިހާރު އެންމެ ބޮޑަށް އެއް ކައިވެނީގެ ހަފްލާގެ ވާހަކައަކީ ސޯނަމް އާއި އާނަންދުގެ ކައިވެނީގެ ވާހަކަކަަމަށް ވާއިރު، އާނަންދު ސޯނަމްއަށް ދިން އަނގޮޓީއަކީވެސް ވަރަށް އަގުބޮޑު އަގޮޓިއެއްކަން މި ވަނީ ހާމަކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަގޮޓީގެ އަގު 133907.67 ޑޮލަރަށް އަރައެެވެ.

އެހެން ނަމަވެސް މިއީ ބޮލީވުޑްގެ ތަރިއަކަށް ލިބުނު އެންމެ އަގުބޮޑު އެންގޭޖްމެންތް އަނގޮޓިއެއް ނޫނެވެ. ގަޖްނީއިން ފެނިގެން ދިޔަ އާސިންއަށް އޭނާ ފިރިމީހާ ވަނީ 892800.00 ޑޮލަރުގެ އަގުބޮޑު އަނގޮޓިއެއް ދީފައެވެ.

އޭގެ އިތުރުން ޝިލްޕާ ޝެޓީއަަށް އޭނާގެ ފިރިމީހާ ދިން އަގޮޓީގެ އަގު 446259.30 ޑޮލަރަށް އަރައެވެ.

،މީގެ އިތުުރުން މިދިޔަ އަހަރު ޑިސެންބަރު މަސް ތެރޭގައި ކައިވެނި ކުރި އަނުޝްކާއަށް ވިރާތް ވަނީ 148764.10 ޑޮލަރުގެ އަނގޮޓިއެއް ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެރަކަމެއް

    އަހަރުމެނަކާ ކޮނބެހޭކަމެއްތަ

  2. ކާކު ތެ ބުނީ ކަލޭޔާ ބެހެޔޭ...