ގަބޫލުކުރަން ދަތި ވާހަކައެކެވެ. ނަމަވެސް މިއީ ކަމުގެ މައުލޫމާތު ލިބިފައިވާ ފަންނީ މާހިރުން ބުނާ ވާހަކައެކެވެ. ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އޭލިއަނުންގެ ޚަބަރެއް ލިބިދާނެއެވެ. އޭލިއަނުން ކައުނުގެ އެއްވެސް ހިސާބެއްގައި އުޅޭނަމަ އެކަން ކަށަވަރު ކުރަން ކުރިއަށް އޮތް ދެމަސް ދުވަހު ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މެއި 07 ވަނަ ދުވަހުން ފެށިގެން ދެމަސް ދުވަސް ގުނަން ފަށާފައި ވަނީ އޭލިއަނުން ހޯދުމަށް ކުރިއަށްގެންދާ "ބްރޭކްތްރޫ ލިސެން" ޕްރޮޖެކްޓްގެ ދަށުންނެވެ. 100 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ނާސާ އާއި އަދި މަޝްހޫރު ސައިންސްވެރިންގެ ގްރޫޕަކުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ދެމަސް ދުވަހު އެތައް މިލިއަން ތަރިއެއް ސްކޭން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތް ކުރިއަށް ގެންދާނީ އެކަމަށްޓަކައި ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ވަރުގަދަ ޓެލެސްކޯޕްތައް މެދުވެރިކޮށެވެ. މީގެ ކުރިން އޭލިއަނުން ހޯދަން ބެލި ތަރިތަކަށް ވުރެ މާދުރުގައި ހުރި ތަރިތައް ވަރަށް ފުރިހަމައަށް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް މިޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާނެއެވެ.

އޭލިއަނުން ހޯދުމުގެ މަސައްކަތައް ނާސާ އިން 10 މިލިއަން ޑޮލަރު ޚަރަދު ކުރުމުގެ ހުއްދަ ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ވެސް މިހާރު ވަނީ ދީފައެވެ. އެހެންކަމުން މިއީ ވެސް އޭލިއަނުން ހޯދުމުގެ މަސައްކަތައް ލިބުނު އިތުރު ބާރެކެވެ. މިއީ 1992 ވަނަ އަހަރަށް ފަހު އެހެން ދިރުމެއް އޮތްތޯ ބަލަން ނާސާ އަށް ފަންޑެއް ދިން ފުރަތަމަ ފަހަރެވެ.

އޭލިއަނުންގެ ވާހަކަ އަކީ ޚިޔާލީ ވާހަކައެއް ކަމަށް ބައެއް މީހުން ގަބޫލު ކުރި ނަމަވެސް ދުނިޔެ ދެކެފައިވާ އެންމެ މޮޅު ސައިންސްވެރިންގެ ތެރޭގައި ހިމެނޭ ގިނަ ބޭފުޅުން ލަފާކުރާ ގޮތުގައި އޭލިއަނުންނަކީ އުޅެފާނެ އެއްޗެކެވެ. އެހެންކަމުން އޭލިއަނުން ހޯދުމުގެ މަސައްކަތަކީ ބޭކާރު މަސައްކަތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮފުބާ

    އޭލިޔަނުން ހޯދޭނީ އިގިރޭސް ވިލާތުން ވަރަށްބޮޑު އޭލިޔސނެއް ހުންނާނެ އިގިރޭސްވިލާތުގަ

  2. ޢޭލިއަން

    ޢޭލިއަނުން އޅުމަކީ ވަރަށް ޔަގީނާ ގާތްކުރާ ކަމެއް. ކާއިނާތުގެ ސައިޒާ އެތަށް ބިލިއަން ހަގީގަތް އެކަށީގެން ވުމުގެ ފުރުސަތު ލިބިގެން ވާ ބޮޑު ހުސްކަމުގެ. ތެރޭގާ ދުނިޔޭގާ އުޅޭ ދިރުންތަކާ ޚިލާފު ގޮތަކަށް ހަރަކާތް ކުރާ އެއްޗެ ވުމަކީ ނުވުމަށް ވުރެން ވުމުގެ ފުރުސަތު އޮތް ކަމެއް

  3. ހޮޓްޑޯގު

    މިދިވެހިރާއްޖޭގާވެސް އޭލިއަނުންފަދަ ބައެއްއެބައުޅޭ .. ދާދިއަވަހަށް އެބައިމީހުންހިފާހައްޔަރުކުރެވޭނެ އަދި ނޫސްމަޖައްލާތަކުންވެސްފެންނާނެ .

  4. މުޙައްމަދު

    އޭލިއަނުންނަކީ އުޅޭ ބައެއް އެކަމާމެދކު ޝައްކެއް ނުކުރަން. ޤުރުއާނުގައި "ސޫރަތުލްޖިންނި" ގައި އެހުރީ އޭލިޔަނުންގެ ވާހަކަ.