މީހެއްގެ ގޭގެ ކަރަންޓް ބިލަށް މިއިން ޒަމާނަކު ނާރާނެ ވަރަށް އެރި މައްސަލާގައި އޭނާ އަމިއްލައަށް މަރުވެއްޖެއެވެ.

އެގޭގެ ކަރަންޓް ބޭނުންކުރި ވަރު ބަޔާންކޮށް މިިދިޔަ މާރިޗް މަހުގެ ކަރަންޓް ބިލަށް އަރާފައިވާކަމަށް ބިލުގައި ވަނީ 198399.32 ރުފިޔާއެެވެ. ނަމަވެސް އެއީ އަސްލު އެގޭގެ ކަރަންޓް ބިލަށް އަރާނެ ވަރެއް ނޫނެވެ. އެއީ ކަރަންޓް ބޭނުން ކުރި ޔުނިޓް ޖަހާފައި އިންއިރު، ނުބައި ތަނެއްގައި ޑެސިމަލް ޖަހާފަައި އޮތުމުން ދިމާވި މައްސަލައެކެވެ.

އިންޑިއާގެ މަހާރަޝްތުރާއަށް ނިސްބަތްވާ އެ މީހާގެ ގެއަށް އާއްމުކޮށް އަރާކަމަށް ވަނީ 229 ވަރަކަށް "ރުފިޔާ"އެވެ. ނަމަވެސް މިފަހަރު އެގެއަށް ބޮޑުކަން އަރަންވީ އެއްވެސް ސަބަބެއް އޭނާއަށްވެސް ނުވިސްނުނެވެ. އެކަމާ އެންމެ ފަހުން އޭނާ ބޭނުންވީ މަރުވާށެވެ.

އެގޮތުން މިިދިޔަ ބުރާސްފަތި ދުވަހު އެ މީހާ ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. އޭނާ މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓުގައިވެސް ވަނީ އެވަަރަށް އެގޭގެ ކަރަންޓް ބިލަށް ނާރާނެކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު