އިންޑިއާގެ މަދްޔަ ޕަރްދޭޝް ވިލޭޖުގައި އަންހެނަކު ނުވިހާތާ 400 އަހަރުވެއްޖެކަމަށް އެ ވިލެޖު މީހުން ބުނަން ފަށައިފިއެެވެ.

އެ ވިލެޖުން ބައެއް އާއްމުން ބުނާގޮތުގައި، އެފަދަ ގޮތަކަށް އެ އަވަށު މީހުންނަށް ދިމާވަނީ ސިހުރު ހަދާފައި ހުންނާތީއެވެ. މިދިޔަ 400 އަހަރު ތެރޭގައި އެ އަވަށުން އަންހެނަކު ވިހައިފިނަމަ ދަރިފުޅު ނޫނީ އަންހެން މީހާ މަރުވަނީއެވެ.

އެ އަވަށަށް އެއްވެސް މީހަކު ވިހެއުމަށް ވަނީ މަނާކޮށްފައެވެ. އެ އަވަށުން މީހަކު ވިހަން ބޭނުންވެއްޖެނަމަ ވަގުތުން އެހެން ސަރަަހައްދަކަށް ބަދަލުވާން ޖެހެއެވެ. އެގޮތަށް ވިހާ ދަރިން ރަނގަޅުކަމަށް ވެއެވެ.

އެ ވިލޭޖްގެ ކަންތައް ބަލަހައްޓާ މީހާ ބުނެފައިވާގޮތުގައި، އެ އަވަށުގެ 90 އިންސައްތަ މީހުން ވިހަނީ ހޮސްޕިޓަލަށެވެ. އާއްމުކޮށް މިގޮތަށް ވިހާ މީހުން ދަނީ އަވަށުން ބޭރަށެވެ. އެކަމަށްޓަކައި އަވަށުން ބޭރުގައި ކޮޓަރިވެސް ތައްޔާރުކޮށްފައި ހުންނަކަމަށް އޭނާ ބުނެއެވެ. އަދި ބައެއް ފަހަރު ކިތަންމެ ވިއްސާރަޔަސް އެ މީހުން ވިހެއުމަށް އަވަށުން ބޭރަށް ދާކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ސިހުރު އެ އަވަށަށް ހަދާފައިވާކަށް ބެލެވެނީ އެ އަވަށުގެ އަންހެނަކު އެ އަވަށުގައި ފައްޅި އަޅަން އުޅުމުން އުނދަގޫ ކުރީމަ ކަމަށް އޭނާ ވަނީ ބުނެފައެވެ.