ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހަކީ އެމޭޒަން ކުންފުނީގެ ވެރިޔާ ޖެފް ބެޒޮސް އެވެ. ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ވިޔަފާރިތައް ހުއްޓި، ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ލިބެމުން ގެންދިޔަ ނަމަވެސް ޖެފްގެ މުއްސަނދިކަން ދަނީ އިތުރު ވަމުންނެވެ. އެއީ ގިނަ ބަޔަކު މިހާރު އޮންލައިންކޮށް ވިޔަފާރި ކުރަމުން ގެންދާތީއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖެފްގެ މުއްސަނދިކަން ދުވަހުން ދުވަހަށް އިތުރު ވަމުން ދާއިރު މިދިޔަ ހޯމަ ދުވަހަކީ ވަކިން ހާއްސަ ދުވަހެވެ. ހޯމަ ދުވަހު އެކަނިވެސް ޖެފް އަށް އާމްދަނީގެ ގޮތުގައި 13 ބިލިއަން އެމެރިކާ ޑޮލަރު ލިބުނެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 200 ބިލިއަން ރުފިޔާއެވެ. ހޯމަ ދުވަހަކީ މިހާތަނަށް އެއްދުވަސް ތެރޭގައި ޖެފް އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދުވަހެވެ.

ޖެފްގެ މިލްކިއްޔާތުގައި މިހާރު 171 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އޮންލައިން ވިޔަފާރި ކުރަން ފެށުމާއި އެކު އެމޭޒަންގެ ހިއްސާގެ އަގު ދަނީ އުފުލެމުންނެވެ. މިބަލިމަޑުކަން ފެށުނުއިރަށް ވުރެ 73 އިންސައްތަ އެމޭޒަން ކުންފުނީގެ ހިއްސާގެ އަގު ވަނީ އުފުލިއެވެ.

އެމެރިކާގެ ބިލިއަނަރު ޖެފްގެ މުއްސަނދިކަން އިތުރު ވަމުން އަންނައިރު އެމެރިކާ އޮތީ ގްރޭޓް ޑިޕްރެޝަނޭ ކިޔުނު އިޤުތިޞާދީ ތަދުމަޑުކަމާއި ގާތްގަނޑަކަށް އެއްހާލަތެއްގައި ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ފަގީރުން އިތުރަށް ފަގީރުވެ، މުއްސަނދިން އިތުރަށް މުއްސަނދިވާތީ ގިނަ ބަޔަކު ގެންދަނީ އިޤުތިޞާދީ ހަމަހަމަކަން ގާއިމު ކުރުމަށް ގޮވާލައި އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޯކިބާ

    އޭޝިއާގެ ގައުމެއް ތަރައްގީވެ ކުރިއަރާތަންދެކެން މިމީހުނަށް ކެތެއްނުކުރެވުނު. ހުވާވޭ ކުރިއަރާތީ ހުވާވޭ ބޮޑުމީހާގެ އަންހެންދަރި ކިޑްނެޕްކޮށްގެން އެތިބީ. ދިވެހި ސަރުކާރުވެސް މިމަޅީގަ ޖެހިގެން ޗައިނާއަށް ފުރައްސާރަކޮށްފަ މިކަހަލަމީހުންގެ ޖީބު ފުރާދިނުމުގަ ފޫގަޅައިގެން.

    10
    4
  2. އީބޭ

    ހާއި ދުރޫސް. ދީ ބެ މަށަށް ވެސް މަނީ ކޮޅެއް

    9
    3
  3. Anonymous

    އަޅެ މަށަށް ބައެއް އަޅަންވީނު... ޕްލީސް

    8
    3
    • ބިލިއަނަރ

      އޭއްޗިހިންނެއް ނުދޭނެ އަހަރުމެން ކުދި ރަށްރަށުގައި ދިރިއުޅޭ މީހުންނަކަށް. އެކަމު ދިވެހިރާއްޖޭގެ ރީތި މޫދު ބަލާށޭ ކިޔާފަ ދެފަޔަށް ބާރުލާފަ އަންނާނެ

      8
      3
  4. ބިލިއަނަރ

    އޭއްޗިހިންނެއް ނުދޭނެ އަހަރުމެން ކުދި ރަށްރަށުގައި ދިރިއުޅޭ މީހުންނަކަށް. އެކަމު ދިވެހިރާއްޖޭގެ ރީތި މޫދު ބަލާށޭ ކިޔާފަ ދެފަޔަށް ބާރުލާފަ އަންނާނެ

    10
    2