އެލެން ޑިޖެނެރެސް އަކީ މުޅި ދުނިޔޭގައިވެސް އެންމެ މަގްބޫލް އެއް ޓީވީ ޝޯކަމަށް ވާ "އެލެން" ހުށަހަޅާދެމުން އަންނަ ކުޅަދާނަ ފަންނާނެކެވެ. އޭނާ އަބަދުވެސް އޮންސްކްރީންގައި ފެންނަނީ ވަރަށް ހިތްހެޔޮ އަދި އެހާމެ މީހުންނާއި ގުޅޭ މީހެއްގެ ގޮތުގައެވެ. އަދި މީހުންނަށް އެހީވުމާއި، މީހުންނަށް ހެޔޮކޮށް ހިތާ މީހެއްގެ ގޮތުގައި މީޑިއާގައި އޭނާ ވަނީ މަގްބޫލްވެފައެވެ. އެކަމަށްޓަކާއި އޭނާ އަށް ތާޢީދުކުރާ އެތައް ހާސް ފޭނުންނެއް ވެސް އެބަ ތިއްބެވެ.

އެހެންނަމަވެސް ފަހަކަށް އައިސް ހާމަވަމުންދާ މައުލުމާތުތަކުން އެނގޭ ގޮތުން އެލެން ޓީވީ އިން ފެންނަ ފެނުމާއި އޭނާގެ އަސްލު ދިރިއުޅުމުގެ މިޒާޖާއި ވަރަށް ތަފާތެވެ. އޭނާގެ ކުރީގެ ސްޓާފުން ބުނާގޮތުން އެލެން އަކީ ރުންކުރު، މީހުންގެ ހައްގުތަކަށް އިހުތިރާމް ނުކުރާ އަމިއްލަ އެދުން ބޮޑު މީހެކެވެ.

އެލެން ޝޯގައި މަސައްކަތް ކުރާ މީހުންނަށް އޭނާ ޖިންސީ، ނަސްލީ ތަފާތުކުރުންތައް ގެންގުޅެފައިވާ ކަމަށާ، ތަކުރާރުކޮށް މީހުން ދަށްކޮށްލުމުގެ އަމަލުތައް އޭނާގެ ފުށުން ފެންނަ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އެލެން އަކީ އެއްޖިންސުން ކައިވެނި ކުރާ މީހުންނާއި ދެކޮޅު މީހުންނަށް، ފާޅުގައި ނޫނެކޭ ބުނާ، އެފަދަ މީހުން ޕްރޮގްރާމަށް ގެންނަން ބޭނުން ނުވާ މީހެއް ކަމަށް އެ މީހުން ބުނެއެވެ.

އެލެން އާއި މެދު ކުރެވޭ ތުހުމަތުތަކުގެ އަޑު ގަދަ ވަމުންދާއިރު ރިޕޯޓްތައް ބުނާ ގޮތުން އެލެންގެ ސްޓާފުންނަށް އޭނާ އާއި އިސްވެ އަނގައިން ބުނުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އޭނާ އާއި ހަތަރުކަޅި ހަމަކުރުމަކީ އެ ޝޯއަށް ދާ މީހުންނަށް ވެސް ހުއްދަ ކަމެއް ނޫނެވެ. އަދި އާއްމު މީހުން ޝޯގައި ބައިވެރިވާއިރު އެލެން އެ މީހުންނާއި ސަލާން ނުކުރާ ނަމަ ސަލާން ކުރުން މަނާކުރާކަން ރިޕޯޓްތަކުން ޔަޤީންވެއެވެ.

އެންމެ ހިޓް ޓޯކް ޝޯ އެލެން އާއި މެދު މިފަދަ ވާހަކަތައް ދެކެވޭ އިރު އެލެން ހުރީ ހަނެވެ. މަދުން ނަމަވެސް އޭނާގެ ޕްރޮގްރާމްގައި ވެސް އޭނާ މީހުންނާއި ރުންކުރުކޮށް ވާހަކަދެއްކުމާއި، ޒާތީ ސަބަބުތަކާއި ހުރެ މީހުން ޝޯ އަށް ނުގެންނަން ނިންމިކަން ބައެއް ފަންނާނުންގެ ފަރާތުން މީޑިއާ އަށް ވަނީ އެނގިފައެވެ.

އެހެންކަމުން ޓީވީ އިން ފެންނަ ސާދާ ހިތްހެޔޮ އެލެން އެއީ މުޅިން ދެއްކުންތެރި "ކެރެކްޓަރ" އެއްތޯ އާއްމުން ދަނީ ސުވާލުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަސަރާ

    ފެމިނިސްޓުން އަކީ އެކހަލަ ބައެއް. އަންހެނުންގެ ތެރޭގައި އަންހެން ވަންތަކަން ނެއް ފިރިހެނުން އުޅޭހެން އުޅޭމީހުން. މިމީހުން ވަރަށްބޮޑަށް ޖިންސީ ތަފާތުކުރުން އޮންނާނެ. އަދި އެއްޖިންސުން އަންހެނުންނާ ކަެިވެނި ކުރަން ބޭނުންވާނެ. ހަންހެނުންގެ ހައްގޭ އަންހެނުންގެ ބާރޭ ކިޔައިގެން މިމީހުން ފޮނުއަރުވާނެ. މަޖިލިސް ތެރެއިންވެސް މިކަން ފެންނާނެ. ފިރިހެނުންގެ ހިތހުގައި އަންހެނުންނާއި މެދުގަ އޮންނަ އޯގާތެރިކަން މިމީހުންގެ އަމަލުތަކުގެ ސަބަބުން ދާނެ.

    22
    1
  2. ގނޖބ

    އަހަރުމެންގެ ތެރޭގައިވޭސް އެބައުޅޭ ތީގެ މީހެއް. އޭނާ މީހުންގެ ތެރޭގައި ހުންނަ އިރު ދަންކާނީ ވަރަށް އެކުވެރި، ހިތް ހެޔޮ މީހެއް ކަމަށް

    24