ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އިންޑިއާގައި ފުރަބަންދު އިއުލާނުކޮށްފައި އޮތުމުން، ބޮލީވުޑްގެ ގިނަ ތަރިން ދަނީ މާޒީގެ ހަނދާންތައް އައުކޮށް މީސްމީޑިއާ މެދުވެރިކޮށް އެ ވާހަކަތައް ފޭނުންނާއި ޙިއްސާ ކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި، ނަސީރުއްދީން ޝާހްގެ ވާހަކައަށްވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.

ނަސީރުއްދީން ބުނެފައިވާ ގޮތުގައި، ކުރިން އޭނާއަކީ ވަރަށް ހާލުގައި އުޅެމުން ދިޔަ މީހެއް ކަމަށެވެ. އޭރު ވަޒީފާއެއް ނެތި އެކީގައި އުޅޭނެ ރައްޓެއްސެއްވެސް އޭނާގެ ނުހުންނަ ކަމަށް ނަސީރުއްދީން ބުންޏެވެ. އަދި އޭރު އުޅުނު ދަތި ހާލާއެކު، "ކެއުމަށް ބޭނުންވާ ޕާން" ވެސް ލިބޭނެ ގޮތެއްނެތި މާޔޫސްވެގެން އުޅުނު ދުވަސްތައް މަތީން އަދިވެސް ހަނދާން ހުންނަ ކަމަށް ނަސީރުއްދީން ބުންޏެވެ.

"އަހަރެން އެއްދުވަހު ގޮތް ހުސްވެފައި ހުރެގެން ހިތަށް އެރީ ނަމާދު ކުރަން. އެދުވަހު ވުޟޫކުރަން ހުރެ އަހަރެން ނަމާދާއި މެދު ވަރަށް ބޮޑަށް ވިސްނިން. އަދި އެއީ ކީއްވެ ކުރާކަމެއްތޯ ވެސް ހިތަށް އެރި. އެކަމަކު އަހަންނަށް އެނގޭ އެއީ އަދާ ކުރަން ޖެހޭ، އެންމެ އިސް އެއް ވާޖިބުކަން. ނަމާދު ކުރަން ޖެހެނީ ވަކި ކަމެއް ބޭނުންވުމުން އެބޭނުމެއް ފުއްދާލުމަށް ނޫންކަން ވެސް އަހަންނަށް ވިސްނުނު. އެހެންވެ އަހަރެން ނަމާދު ކުރަން ފެށީ ހުރިހައި ކަމެއްގެ ހައްލަކީ ނަމާދުކަން ހިތަށް ގެންނަމުން،" ނަސީރުއްދީން ބުންޏެވެ.

ނަސީރުއްދީން ބުނިގޮތުގައި އެދުވަހުން ފަށައިގެން އޭނާ ޤަވާއިދުން ނަމާދު ކުރަމުން އައީ، ހުރިހައި ކަމެއްގެ ޙައްލަކީވެސް އެއީކަން ޤަބޫލުކުރާތީ ކަމަށެވެ. އަދި އެކަން އޭނާއަށް އޭގެ ފަހުން ދިޔައީ ފެންނަމުން ކަމަށާއި، އެދުވަހަށްފަހު ނަމާދާއި މެދު ކުރިން ދެކެމުން އައިގޮތް ބަދަލުވެގެން ދިޔަ ކަމަށް ނަސީރުއްދީން ބުންޏެވެ.

1949 ވަނަ އަހަރު އުއްތަރ ޕަރަދޭޝްގެ ފަޤީރު އާއިލާއަކަށް އުފަންވި ނަސީރުއްދީން އަކީ ނަވާރަސަތޭކައިގެ ފަހުކޮޅު ބޮލީވުޑްގައި ބޮޑު މަޤުބޫލުކަމެއް ހޯދި މަޝްހޫރު ތަރިއެކެވެ. 1972 ވަނަ އަހަރު ފިލްމް އިންޑަސްޓްރީ ގައި މަސައްކަތް ފެށި ނަސީރުއްދީން ވަނީ އޭގެ ފަހުން ކާމިޔާބު ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

ފިލްމީ ހަޔާތުގައި ގިނަ ކާމިޔާބީތަކެއް ލިބިފައިވާ ނަސީރުއްދީނަށް ވަނީ އިންޑިއާގައި ޤައުމީ ފެންވަރުގެ ގިނަ އެވޯޑުތައްވެސް ހާސިލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާލާ ވާތީ ހަނދާން

    ޢަހަރުމެނަށް ތިޔަކަން އަދިވެސް ނުވިސްނެނީ. ނުނީ މިނަށްވުރެން ކަންނެތީ.

    49
    1
  2. މޮޔަބެ

    ރާބޮ އެ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ސަލާމްތްވުމުގެ މަގަކީވެސް ނަމާދު؛ ޤިޔާމަތް ދުވަސް އަންނާނެ... މަރުވާނެ.. އެދުވަހުން ތިބާ އަށް އި އްޒަތޭކިޔާ މުޚާތަބު ނުކުރާނެ.. ތިބާ އަކީ ﷲ ސބނވތ އަޅެ އް... މި އަދު މަވަންތަކަމާ އި ކިބުރުވެރިކަމުގަ އި ތިމާ
    އި އްޔެ އާދަ އިގެ މީހެ އްގޮތުގަ އި އުޅުނު ހަނދާން ނެތި ތިޔަ ފު އްޕާ ފު އްޕުން ނެތި ފަގީރު ވެދާނެ.... ރާ އްޖޭގަ އި މި އަދު ފެންނަނީ އެކަކު އަނެކަށް އިހުތިރާމް ނުކޮށް މަގޭ އިއ އްޒަތުގަ އި މަ ކިބުރުވެރިވާ މަންޒަރު... ވެރިކަމުގެ ލަ އްޒަތާ އި މާދި އްޔަތުގެ ފަ އިދާ އަށް ދީން ނެތިކޮށް މީހުން ފަގީރުކޮށްލުމުގެ ސަޤާފަތް...

    64
    1
  3. Anonymous

    ދެން ކީއްވެބާ މުސްލިމް ނޫން މީހަކާ އިނީ...
    އިނދެގެން އެހާ ދުވަސް ވީ އިރުވެސް އަނބި މީހާއަށް ހެޔޮމަގު ވިސްނައިދެވިފަ ނެތީ....

    33
    10
    • ާކޮންމެ ނަފްސެއް މަރުގެ ރަހަ ދެކޭނެ

      ހިދާޔަތަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް ދެއްވާ ވަރަށް ބޮޑު ހަދިޔާއެއް.

      56
      1