ޒަމާނާއެކު އުފެދުނު ޓެކްނޮލޮޖީއާ ރަޙުމަތްތެރި މި މުޖުތަމަޢުގައި، ގޫގުލް ޑްރައިވް އަކީ މުޙިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އޮފީސްތަކާއި ސްކޫލުތަކަށް ބެލިކަމުގައިވިޔަސް އަދި އެހެން މަސައްކަތްކުރާ ތަންތަނާއި ކޮލެޖު ޔުނިވަރސިޓީތަކުގައި ވެސް ގޫގުލް ޑްރައިވް އަކީ މުޙިއްމު އެއްޗެކެވެ. އެކެއްގެ ފަރާތުން އަނެކުންނަށް ފަސޭހަކަމާއެކު ތަކެތި ބަދަލުކޮށްލެވޭ ބައިވެރިއެކެވެ.

މި މުޙިއްމު ބައިވެރިޔާއަށް، ގޫގުލް އިން ވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. ގޫގުލްގެ ޑިޒައިން ޓީމުން ބުނާގޮތުގައި ޑްރައިވް ފެންނަ ފެނުމަށް ހުންނަ ގޮތްގޮތަކަށް ނުވަތަ އިންޓަރފޭސް އަދި "ސަޅި" ބަދަލުތަކެއް ގެނައުމަށްވަނީ ނިންމާފައެވެ.

މި ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ބެކްގްރައުންޑުގެ ކުލަ ވަނީ އަޅި ކުލައިގެން ހުދު ކުލައަށް ބަދަލުކޮށްފައެވެ. ސަބަބަކީ، ސާފު ކޮށް ޑްރައިވް ފެންނަން ބޭނުންވާތީކަމަށް އެކުންފުނިން ބުނެއެވެ. އަކައިގެ ބައްޓަމަށް ހުންނަ ބަޓަން ތައް، ކައިރިފަށް ވަށް ކުރި އަކައިގެ ބައްޓަމަށްވެސްވަނީ ހަދާފައެވެ. އަދި، އެއްކޮށް ބަދަލުކޮށް ނިމުމުން ޑްރައިވް، އައު ޖީމެއިލްގެ އިންޓަރފޭސްއާ ވައްތާރުވާނެކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޑިޒައިން ޓީމުން ބުނެފައިވާ ގޮތުގައި އަދި މި ބަދަލުތައް، ޑްރައިވް އިން ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ވަރަށް އަވަހަށް، ހުރިހާ ކަސްޓަމަރުންނަށް މި ބަދަލުތައް ފެންނާނެކަމަށް ބުނެއެވެ. އިންޓަރފޭސް އަށް ބަދަލުތަކެއް ގެނައިކަމުގައިވިޔަސް، އައު އިތުރު ފީޗަރ ތަކެއް އަދި ނުހިމަނާކަމަށްވެސް ގޫގުލް އިން ބުނެއެވެ.