ޕާކިސްތާނުގައި މީހަކު އޭނާގެ މަންމައަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ. އެ ވީޑިއޯ މީސް މީޑީއާގައި އާއްމުވެފައި ވަނީ ޖުލައި 21 ވަނަ ދުވަހުއެވެ.

ރަވަލަޕިންޑި ސިޓީގައި މިކަން ހިނގިއިރު، ގިނަބަޔަކު ދަނީ އެ އަންހެން މީހާއަށް އިންސާފު ހޯދައި ދިނުމަށް ގޮވަމުންނެވެ.

މީސް މީޑިއާގައި ދައުރުވަމުން ދަނީ ފިރިހެނަކު އޭނަގެ މަންމަގެ ގައިގައި ތަޅާ މަންޒަރެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ އޭނާގެ މަންމަގެ ގައިގައި ތަޅާފައި ވަނީ ފައިސާގެ މައްސަލަތަކެއްގައި، އާއި ގޯތީގެ މައްސަލައެއްގައެވެ.

އެ މީހާގެ ދައްތަ ޒޫބިއާ މީރް ބުނީ، ފުރަތަމަ ކުރެވުނީ ޒުވާބެއް ކަމަށާއި، އެ ޒުވާބުގެ ތެރެއިން އަރްސަލަން އޭނާގެ މަންމަ އާއި އޭނާގެ ގައިގައި ޖެހި ކަމަށެވެ. އަަދި އެ މަންޒަރު ބަަލަން އޭނާގެ އަންހެނުން ހުރި ކަމަށްވެސް ވެއެވެ.

މީރް ބުނެފައި ވަނީ، އަރްސަލަން އޭނާގެ އަތުން ގަހަނާ އައި ފައިސާވެސް ނަގާފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނަށްވެސް ހުށަހެޅި ކަމަށާއި، އެހެން ނަމަވެސް އެކަން ފުލުހުން ބަލާފައި ނުވާ ކަމަށް މީރް ބުނެފައި ވެއެވެ.

އެންމެ ފަހުން، މަންމަގެ ގައިގައި ތަޅާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވާން ފެށުމާއެކު ފުލުހުން ވަނީ މައްސަލަ ބަލަން ފަށާފައެވެ.

އަރްސަލަންގެ އަންހެނުން ޕޯސްޓު ކުރި ވީޑިއޯގައި ބުނެފައި ވަނީ، އޭނާގެ ފިރިމީހާ، މަންމަގެ ގައިގައި ޖެހީ، އޭނާގެ ބަނޑަށް ހަ މަސްވެފައި ވަނިކޮށް އޭނާގެ ގައިގައި ޖެހުމުން ކަމަށެވެ.

މި މައްސަލާގައި އަރްސަލަން ވަނީ ހައްޔަރުކޮށްފައެވެ. އަދި ރަވަލްޕިންޑީ ފުލުހުން ވަނީ އެ އަރްސަލަން އޭނާގެ މަންމަ ކައިރިން މައާފަށް އެދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުކޮށްފައެވެ.

އެ ވީޑިއޯ ދައުރުވުމާއެކު، ޕާކިސްތާނުގެ އެކްޓަރުންވެސް ވަނީ އަރްސަލަންގެ އުޅުމާއި މެދު ކަންބޮޑުވާކަމަށް ބުނެފައެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު