އިންޑިއާގައި ދެ މީހެއްގެ ގްރޫޕަކުން 3 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުމަށްފަހު މަރާލައިފިއެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ދެ ފިރިހެނުން ވެގެން ކުއްޖާ ރޭޕްކޮށްފައިވަނީ މޫނުގައި ފޮތިގަނޑެއް އެޅުމަށްފަހުގައި ކަމަށެވެ. އޭގެ ފަހުން ކުއްޖާ ކަރުގައި ހިފައި މަރާލާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާގައި ރޭޕް ކޮށްފައި މަރާލާފައިވާ އެކުއްޖާއަކީ މިމަހުގެ 17 ގައި ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކުއްޖެކެވެ. އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވަނީ އޭގެ ތިން ދުވަސް ފަހުން ޑޭމްއެއް ކައިރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ އިންވެސްޓިގޭޝަން ޓީމުން "ޓައިމް އޮފް އިންޑިއާ" އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ކުއްޖާ ރޭޕް ކުރި މީހުން ތަހުގީގު އޮޅުވާލުމަށް ކުއްޖާ މަރުވެފައިވަނީ ސިހުރު ހެދުމުގެ ބޭނުމެއްގައި މީހަކު ކުރި ކަމެއް ކަމަށްބުނެ ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށެވެ.

އިންޑިއާ ފުލުހުންގެ ސުޕްރިޑެންްޓް ވިވެކް އަގަރްވަލް ބުނެފައިވަނީ ކުއްޖާ ރޭޕް ކުރުމުގައި ހަރަކާތްތެރިވެފައިވާ މީހުން އެ ހުރިހާ ކަމެއް ކޮށްފައިވަނީ ގަޑިއިރެއްގެ ތެރޭގައި ކަމަށެވެ.

ކުއްޖާގެ މަރާއި ގުޅިގެން މިހާތަނަށް 300 އަށްވުރެގިނަ މީހުންނާއި ސުވާލު ކޮށްފައިވާ ކަމަށާއި މިކަމުގައި ހަރަކާތްތެރިވާ އުމުރުން 23 އަހަރާއި 21 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، މިއީ އެގައުމުގައި އަލަށް ހިނގާފައިވާ ކަމެއް ނޫނެވެ. އުމުރަކަށް ބެލުމެއްނެތި އެގައުމުގައި އަންހެނުން ރޭޕް ކުރުމަކީ ކޮންމެ ދުވަހަކު ގޮތަކަށް ހިނގަމުން އަންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަންސާރު

    ޢިންޑިޔާ ތީ ނަޖިސް ތަނެއް

    23
    2
    • އަހުމަދު

      ޕާކިސްތާނޯ؟؟؟؟؟؟

      6
      4
  2. އާމްސްޓްރޯންގު

    ކުޑަކުދީންނަށް ހިތްކިޔާ ފާޑުގެ ތުބުޅިން އިންޑިޔާގައިވެސް ގިނަ

    12
    11
  3. ?