ކޮވިޑް-19 އާއި އެކު އިންސާނުންނަށް ގަބޫލު ކުރަން މަޖުބޫރު ވެފައިވާ އެއް ހަޤީޤަތަކީ ސިއްހީ ދާއިރާއިންނާއި ސައިންސްގެ ރޮނގުން އިންސާނުން ކިތައްމެ ބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށް އިންސާނުން ދައުވާ ކުރި ނަމަވެސް ހަޤީޤަތުގައި މިއަދު ވެސް އިންސާނުން މިތިބީ ވަރަށް ކުޑަ ވައިރަސްއެއްގެ ސަބަބުން މުޅި އިންސާނީ ދަރިފަސްކޮޅު ވެސް ނެތިގެން ހިނގައިދާނެ ފަދަ ހާލަތެއްގައެވެ.

ކޮވިޑް-19 ފަދަ ބައްޔެއް ފެތުރިއްޖެނަމަ ދުނިޔެއަށް ދެން ވެގެން ހިނގައިދާނެ ގޮތް ތަޖުރިބާކާރުންނާއި ސައިންސްވެރިން ލަފާކުރަމުން ގެންދާތާ އެތައް އަހަރެއް ފަހުން ދުނިޔެ އާއި ކުރިމަތިވި މިބަލިމަޑުކަމަށް ދުނިޔެ އޮތީ ތައްޔާރު ވެގެންނެއް ނޫނެވެ. ނަމަވެސް މިހާރު މިދަނީ ކޮވިޑް-19 ގެ ވާހަކައެއް ނޫނެވެ.

ޔުނިވަސިޓީ އޮފް އެގްޒެޓާ އިން ކުރި ދިރާސާ އެއްގައި ބުނެފައި ވަނީ ޖައްވުން ދުނިޔެ އަށް އަންނަ "އޭލިއަން" ވައިރަސްއެއް ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުން އިންސާނުންނަށް ނުރައްކާވެ، ފަހަރުގައި އިންސާނުންގެ ދަރިފަސްކޮޅު ވެސް ނެތިގެން ހިނގައިދާނެ ކަމަށެވެ.

އެވައިރަސް ނުވަތަ ބެކްޓީރިއާ އަކީ މާސް ނުވަތަ ޖުޕިޓާ ނުވަތަ ސަޓަން ފަދަ ޕްލެނެޓަކުން ދުނިޔެ އަށް އަންނަ ވައިރަސްއަކަށް ނުވަތަ ބެކްޓީރިއާއަކަށް ވެދާނެ ކަމަށް ދިރާސާކުރި ޓީމުން ބުނެފައި ވެއެވެ. "އޭލިއަން" ވައިރަސް ގައި ހުންނާނީ ތަފާތު އެމިނޯ އެސިޑެއް ކަމަށާއި އަދި ޕްރޮޓީން ބްލޮކް ކުރުމުގައި ހުންނަ އުސޫލުތައް ވެސް ތަފާތު ވާނެ ކަމަށް މިދިރާސާ ކުރި ސައިންސްވެރިން ބުނެއެވެ. އެހެންކަމުން އިންސާނުންގެ ދިފާޢި ނިޒާމު މިވައިރަސް އަށް ހުންނާނީ ތައްޔާރުވެފައެއް ނޫނެވެ.

"އަހަރެމެން ވިސްނަން ޖެހޭ މައިކްރޯއޯގަނިޒަމެއް އެހެން ޕްލެނެޓަކުން ނުވަތަ ހަނދަކުން ދުނިޔެއަށް އައިސްފިނަމަ ދެން ހަދާނީ ކިހިނެއްތޯ؟ ދެން ވާނީ ކިހިނެއްތޯ؟ ދެން ކުރިމަތިވާނީ ކޮން ކަންތައްތަކެއްތޯ؟" ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

ނަމަވެސް މިދިރާސާ ރިޕޯޓް އާއްމު ކުރުމާއި އެކު ބައެއް މީހުން ގެންދަނީ ރިޕޯޓާއި މެދު ސުވާލު އުފައްދަމުންނެވެ. ރިޕޯޓާއި މެދު ސުވާލު އުފައްދާ މީހުން ކުރާ ސުވާލަކީ މިހައި ދުވަސް ވީއިރު ޖައްވުން އެފަދަ ވައިރަސްއެއް ދުނިޔެއަށް ނައީ ކީއްވެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަރީ

    ނަތަކައަށް ދިޔައީމަ ވާނެގިތުގެ ދިރާސާ ރިޕޯޓެއް ނެތްތަ؟

    6
    4
  2. މުސްލިމުން

    ވަޓް ހަހަ
    އަލްހަމްދު ލިﷲ

    2
    4
  3. ބުއްޅަބެ

    ހޭބަލިވާންވީނު

    4
    2
  4. މުރާދު

    ސެލްފް ރެޕްލިކޭޓިންގް ލައިފް ފޯރމެށް ތީގެން އެއްވެސް ޕްލެނެޓެއްގައި ވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް އިރު ތިިއީ ވަރަށް ތާކުން ތާކު ނުޖެހޭ ވާހަކައެއް. އަހަރުމެންނަށް ބޮޑަށް ބިރު އޮތީ މި ދުނިޔޭގައި. އެންޓި ބަޔޮޓިކް އަށް ރެސިސްޓެންޓް ބެކްޓީރިއާ ޔާ، ބަޔޮލޮޖިކަލް ވެޕަންތަކުގެ ގޮތުގައި ހަދާފަ ހުރި ވައިރަސް މިކްސްތައް (މިސާލަކަށް އިބޯލާ + ސްމޯލްޕކޮސް) އެބަ އުޅޭ، އެއެއްޗެހީގެ ބިރު މާ ބޮޑު.

    6
    4
    • ޑިސްލައިކް ދެނީ ގަމާރުން

      ޔެސް. އެކަމަކު ކަށަވަރުކަމާއެކީ އެއްވެސް އޭލިއަން ލައިފް ފޯމްއެއް ނެތިއޭ ބުނެވޭނެކަމުގެ ޖާގައެއް އަދި ނެތް. ބުއްދިވެރިވީ ނޭނގޭ (ކަށަވަރު ނުވާ) އެއްޗެހީގެ ވާހަކަ އިލްމަށް ލޯބި ނުކުރާ މީހުންނަށް ނުދެއްކުން.

      5
      1