މިސްރުން މީގެ އަަހަރުތަކެއް ކުރިން ފެނުނު ގަބުރެއް މަރުވިއިރު ރޯން އޮތުމުން އެކަމުގެ ހަޤީޤަތް ހޯދަން ސައިންސްވެރިން ކުރި ދިރާސާތަކަކަށް ފަހު އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބުނެފިއެވެ.

ކުނި ނުވާގޮތައް ހަދާފައި އޮތް ގަބުރު ދިރާސާ ކުރުމަށް ފަހު ސައިންސްވެރިން ބުނެފައި ވަނީ އެއީ އަންހެނެއްގެ ގަބުރު ކަމަށާއި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މަރުވިތާ އެތައް ގަޑިއިރެއް ފަހުން ކަމަށްވުން ގާތް ކަމަށާއި ގަބުރުގެ އަނގަ ހުޅުވިފައި އޮތީ އެހެންވެގެން ކަމަށް ބެލެވޭ ކަމަށެވެ.

މިގަބުރު މިސްރުގެ ސައިންސްވެރިންނަށް ފެނުނީ 1881 ވަނަ އަހަރު އެވެ. ގަބުރު ފެނުނީ ނީލް ކޯރުގެ އައްސޭރިފަށުގައި އޮންނަ އަވަށަކުންނެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި މިއީ މިސްރުގެ ރަސްކަން ކުރި ރަސްކަލެއްގެ ދަރިކަނބަލަކަށް ވުން ވަރަށް ގާތެވެ.

މިގަބުރަށް ސައިންސްވެރިން ދީފައިވާ ނަމަކީ "މެރިޓަމަން" އެވެ. މެރިޓަމަންގެ އިސްކޮޅަކީ 5 ފޫޓް ކަމަށާއި އޭނާ މަރުވެފައި ވަނީ އުމުރުން 50 ގެ އަހަރުތައް ގުނަމުން ދަނިކޮށް ކަމަށް ސައިންސްވެރިން ބުނެއެވެ.

މިސްރުގައި މީގެ އެތައް ހާސް އަހަރެއް ކުރިން ދިރިއުޅުނު މީހުންގެ ތެރެއިން ރަސްކަލުންނާއި ރަސްމަތިފުށުގެ ބައެއްމީހުން މަރުވުން ގަބުރު ކުނިނުވާ ގޮތް ހަދާފައި ވެއެވެ.

މެރިޓަމަންގެ ނަން ދީފައިވާ ގަބުރު ދިރާސާ ކުރުމުގައި ސައިންސްވެރިންނަށް ލިބުނު މައުލޫމާތައް ވަރަށް އަވަހަށް މިސްރުގެ ޖާނަލްއެއްގައި އާއްމު ކުރުމަށް ވަނީ ނިންމާފައެވެ.

މެރިޓަމަން ފެނުނު ސަރަހައްދުން އެހެން ގަބުރެއް ވެސް ފެނިފައި ވެއެވެ. އެގަބުރަކީ އަމިއްލައަށް މަރުވި ޕްރިންސެއްގެ ގަބުރު ކަމަށް ސައިންސްވެރިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެއިން

    ﷲއަކްބަރް ﷲއަކުބަރް ﷲއަކްބަރް
    ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއް ވާކަން ކަށަވަރެވެ.

    ބޮޑަށް ބެލެވެނީ ފިރުއަނުނު ޒަމާނުގަ މަރުވެފައި އޮތް މީހެއްހެން

    59
    10
    • ވަހީދު

      މި ކޮމެންޓަށް ޑިސްލައިކު ދިނީ ލާދީނީ މީހުންކަން ޔަޤީން ، މާތްﷲ އެމީހުން ނިކަމެތި ކުރައްވާ ފަލީހަތް ކުރައްވާށި ?

      44
      8
      • މޯލްޑިވިޔަން

        އެއީ ކީއްވެ ހަލާކު ކުރައްވަން ވީ.ހާދަ ފަސޭހައުން ހަލާކު ކު ކުރައްވަނީ

        6
        9
  2. ޙަސަނު

    އެކައްޗެއްވެސް އެނގޭ ބައެއް ނޫން

    10
    29