އަހަރެން މި ޒުވާނާއާ ދިމާވީ 2017 ވަނަ އަހަރުއެވެ. އެއިރު އަހަރެންގެ އުމުރަކީ 20 އަހަރެވެ. އޭނާގެ އުމުރަކީ 18 އަހަރެވެ. މި ޒުވާން އަންހެން ކުއްޖާއަކީ ކިޔެވުމަށް ވަރަަށް މޮޅުވެއްޖެއެވެ. އަބަދުވެސް ހުންނަނީ ވަރަށް އުފާވެރިކޮށެވެ. ވަރަށް ރަހުމަތްތެރިއެވެ. ގަޑި ޖެހުމުގެ ކުރިން ކޮލެޖަށް އާދެއެވެ. ކްލާހަށް ބަރާަރަށް އާދެއެވެ.

ނަމަވެސް ކުއްލިއަކަށް އޭނާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ކްލާހަށް ބައެއް ދުވަސް ދުވަހު ނާންނަން ފެށިއެވެ. އެއް ދުވަހެއްގެ ބްރޭކް ގަޑިއެވެ. އަހަރެން އޭނާ ކައިރިން، ކަމެއް ދިމާވެގެން އުޅޭތޯ އެހީމެވެ. އޭނާ ގަނބު ވިއެވެ. ލޮލުން ހޯސްލާފައި ކަރުނަ އައެވެ. އޭނާ ރޯން ފެށިއެވެ. އަހަރެން އޭނާ ކައިރީގައި ވީ ގޮތް އޮޅުން ފިލުވަން ފެށިއެވެ. އޭނާ ފުރަތަމަ އެ ވާހަކަތައް ކިޔާދޭން ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް އަހަރެން، އޭނާއާ ވާހަަކަދައްކައިގެން، އޭނާ ހުރިހާ ވާހަކައެއް ކިޔާދިނެވެ.

އޭނާ އަހަރެން ގާތުގައި ބުނީ، އޭނާގެ "ކަޒިން" ބޭބެއެއް އޭނާ ހަތަރު ފަހަރެއްގެ މަތިން ރޭޕްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައިންބަފައިންނަށްވެސް އެކަން އެނގޭ ކަމަށެވެ. އަހަރެން އޭނާގެ އަތުން ކަޒިން ބޭބެގެ ނަމްބަރު ނެގީއެވެ. އަދި އެރޭ އަހަރެން އޭނާއަށް ގުޅާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ބުނީއެވެ.

އަހަރެން އެރޭ އޭނާގެ ބޭބެއާ ބައްދަލު ކުރީމެވެ. އަދި އެ ޒުވާނާއާ ދުރުގައި ހުރުމަށް އަހަރެން އޭނާ ކައިރީގައި ބުނީމެވެ.

"އަހަރެން ބުނިން އަހަރެންގެ ހުރި ބާރެއްގައި އޭނާއަށް ރައްކާތެރިކަން ދޭނެ ކަމަށް. އެރޭ 1:30 ހާއިރު، އެ ޒުވާނާ އަހަރެންނަށް މެސެޖް ކުރިއެވެ.

"ރޫމްގައި ތަޅު ލައިގެން މީނީ. ދޮމްބެ ދޮރު ވައްޓާލާފައި ވަންނަން އުޅެނީ"

އަހަރެން ވަގުތުން އެގެއަށް ދިޔައީމެވެ. އޭނާ ސަލާމަތް ކުރުމަށެވެ. އޭނާގެ ކަޒިން ބޭބެ އަހަރެން މަރާލަންވެސް އުޅުނެވެ. ދެ މީހުން ތަޅާފޮޅައިގަތުމުން އަހަރެންނަށްވެސް އަނިޔާ ލިބުނެވެ. ނަމަވެސް އަހަރެންނަށް އެ ޒުވާނާ އެތަނުން ނެރެވޭނެ ގޮތް ވިއެވެ. އަދި އޭނާ އަހަރެންގެ ގެއަށް އަހަރެން ގެނައީމެވެ. އަދި އޭނާ އުޅުނީ އަހަރެން ދައްތަ ކައިރީގައެވެ. އޭނާ ކިޔެވުންވެސް ދޫކޮށްލިއެވެ.

އެކަމާއި ގުޅިގެން އޭނާގެ މައިންބަފައިންނަށް ފުލުހުންނަށް ގުޅުނު ކަމަކަށް ނުވިއެވެ. އެއީ، އެ މިހާއަށް ދެރައެއް ދޭން އެ މީހުން ބޭނުން ނުވާތީ ކަމަށް ބުނެއެވެ. އަހަރެންގެ ދައްތަ އޭނާއަށް އަންނައުނާއި އެއްޗެހި ގަނެ ދިނެވެ. އަދި އޭގެ ހަ މަސް ފަހުން އަހަރެން އޭނާއާ ކައިވެނި ކުރީމެވެ. މިހާރުވެސް އޭނާ އަކީ އަހަރެންގެ އަނބިމީހާއެވެ. އަހަރުމެންގެ ދެ ދަރިންވެސް އެބަ ތިއްބެވެ.

"އަހަރެން ބުނަން ބޭނުންވާ ވާހަކައަކީ މިއީއެވެ. ރޭޕް ކޮށްފައިވާ އަންހެނުންނަކީ ބޭނުން ތެރި ނޫން ބައެއް ކަމަށް ނުދެކޭށެވެ. އެ މިހާއާއަކީ ވަރަށް ވަރަށް ރަނގަޅު ލޯބިވެރިއަކަށް ވެދާނެއެވެ. އަންބަކަށާއި، މަންމައަކަށްވެސް ވެދާނެއެވެ. އަހަރެން މި ވާހަކަ ކި ކިޔާދެނީ ތަޖުރިބާގެ އަލީގައެވެ. އަހަރެންގެ އަނބިމީހާ ކުރީގައި ރޭޕްކޮށްފައި ހުރެދާނެއެވެ. އެހެން ނަމަވެސް ބުނަން ހެއްޔެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި ދިމާވި އެންމެ ރަނގަޅު ކަންތަކެވެ.

ނޯޓް: މިއީ ޖިންސީ ގޯނާގެ ވާހަކަތައް ގެނެސްދޭ ޕޭޖެއްގައި ލިޔެފައިވާ ވާހަކައެއް

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމަ ބުނެލަން

    ތިޔައީ ވަރަށް ރަނގަޅު ފިރިހެނެއް. އަދި އަންހެން ކުއްޖާއަކީވެސް ހަމައެހާމެ ހިތްސާފު ކުއްޖެއްކަން ސާބިތުވޭ ދިމާވެގެން އުޅޭ ތިފަދަ މުސީބާތެއް ހިއްސާކުރިކަން. ތި ދެމަފިރިންނަށާއި ދަރީންނަށް އުޖާލާ މުސްތަގްބަލެއް ދެއްވާންދޭވެ. އާމީން

    110
    1
  2. ހުރަސް

    ރޭޕް! މިހާރުގެ ސިޔާސީ ތާސްބަޔަށް އަލަށް ލީ ގަނޑެއް! އެޔަށް އެކަނި ހުކުމްވެސް ބުނެވޭނެ!

    51