ފިރިހެނުންގެ ފިރިހެންވަންތައްކަން މޫނުމަތިން ދައްކުވައިދޭ އެކައްޗަކީ ތުނބުޅިއެވެ. ތުނބުޅީގެ ސަބަބުން މީހާގެ ރީިތިކަން ވަރަށް ބޮޑަށް ފާޅުވާކަމަށް ގިނަ ބަޔަކު ބުނާއިރު، ރީތި ތުނބުޅި ބެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. އެގޮތުން ތުނބުޅި ފެޅުމުން ގިނަ ކަންތައްތަކާއި ވިސްނަން ޖެހެއެވެ. އަދި ސަމާލުކަން ދޭންވީ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.
ތުނބުޅި ފެޅިކަމުގައިވިޔަސް ތުނބުޅިއަށް ދޭން ޖެހޭ ސަމާލުކަން ނުދީފިނަމަ ފަހުން ދެރަވެ ހިތާމަ ކުރަން ޖެހިދާނެއެވެ. އެހެންކަމުން ރީތި ތުނބުޅިއެއް ބޭނުންނަމަ މި ކަންކަމާއި މެދު ވިސްނާލާށެވެ.
އަލަށް ތުނބުޅި ފަޅާނަމަ އެ ހިސާބު ވަރަށް ބޮޑަށް ހިރުވުން
ތުނބުޅި ފަޅަމުން ދަނީ އަލަށްތަ؟ އެކަމަށް އެތައް ހަފްތާއެއްްވެސް ނަގާފާނެއެވެ. ކެތްތެރިވެ ތިބޭށެވެ. އެއީ ތުނބުޅި ފަޅަން ފަށާއިރު އެ ހިސާބުގެ ހަންގަނޑު ވަރަށް ބޮޑަށް ހިރުވާނެއެވެ. ރީތި ތުނބުޅިއެއް ފެޅުމަށް އެތައް މަހެއްވެސް ނަގާފާނެއެވެ. ތުނބުޅި ފެޅުމާއި ތުނބުޅި ރީތިވުމަށްވެސް ދުވަސްތައް ނަގާފާނެއެވެ. އެހެންކަމުން ތުނބުޅި ރީތިވެ ވަރުގަދަވުމާއެކު ކޮންމެ ހަ ހަފްތާއިން އެއްފަހަރު ޓްރިމްކޮށް ބޭނުންވާ ގޮތަކަށް ތުނބުޅި ބަހައްޓާށެވެ.
ތުނބުޅި ރީތި ކުރުމަށް އެކަށީގެންވާ ޕްރޮޑަކްޓް ބޭނުން ކުރުން
ތުނބުޅި ދިގުވާވަރަކަށް ރީތި ކުރަން ބައެއް މީހުން ބޭނުންވާނެއެވެ. އެކަން ކުރުމަށް ބްރިސްޓަލް ބްރަޝް ބޭނުން ކުރާށެވެ، އެހެން ބާވަތެެއްގެ ފުނަލެއް ކަހަލަ އެއްޗެއް ބޭނުން ކުރުމުން ތުނބުޅިއަށް ގެއްލުންތަކެއް ލިބިދާނެއެވެ. އެހެންކަމުން އެކަމަށްވެސް ހާއްސަ ޕްރޮޑަކްޓެއް ހޯދާލާށެވެ.
ތުނބުޅި ދޮވެ ސާފް ކުރުމަށް ރަނގަޅު ޝޭމްޕޫ އާއި ކޮންޑިޝަނަރ ބޭނުން ކުރުން
އިސްތަށިގަނޑު ދޮންނަ ފަދައިން ތުނބުޅިވެސް ދޮވެ ސާފު ކުރުމަކީ މުހިންމު ކަމެކެވެ. ތުނބުޅިއަށް އެކަމަށް ހާއްސަ ޝޭމްޕޫ ބޭނުން ކުރާށެވެ. ކޮންޑިޝަނާ ބޭނުން ކުރާއިރު، ތަންކޮޅެއް ރަނގަޅު ކޮންޑިޝަނާއެއް ބޭނުން ކުރަން އާދަ ކުރާށެވެ.
ތުނބުޅީގައި ތެލާއި ބާމް ކޮންމެ ދުވަހަކު އުނގުޅުން
ރީތި ސިއްހަތު ރަނގަޅު އަދި މީހުން ލޮލުގައި އަޅައިގަންނަ ވަރު ތުނބުޅިއެއް ބޭނުންނަމަ އެކަމަށް ހާއްސަ ތެލާއި ބާމް ބޭނުން ކުރާށެވެ. ތުނބުޅި ސާފްކޮށް ދޮވެލުމަށްފަހު ހިއްކާލާފާއި ތެޔޮ އުނގުޅުމުން ރަނގަޅުވާނެއެވެ.
ތުބުޅި ކުރުކޮށް ހުރީމާ ރީތި. ބޮޑު ތުބުޅި ހުރީމާ އެއްގޮތަކަށްވެސް ރީއްޗެއްނޫން.
ކޮންމެވެސް ވަރަކަށް ދިގު ވީމަ އަސްލު ސްމަރޓްވީ
މަށައްވެގެން މިއުޅޭގޮތަކީ ތުނބުޅި ފަޅަން ފެށީސުރެން ހުސް ނުރަ ފަޅަނީ އުމުރުން އަދި ތިރީސް އަހަރުވެސް ނުވޭ އެހެންވީމަ މަހުންނަނީ ތުނބުޅި އެއްކޮށް ބާލާފަ. މަވެސް ވަރަށް ބޭނުން ރީތި ތުނބުޅި އެއް ހުންނަން އެކަމަކު ނުރަ ފަޅާވަރުން މާ ބޮޮޑައް މުސްކުޅި ވައްތަރު ޖަހަނީ. ވަގުތު ނޫހުގަ ޖަހާބަލަ ނުރަ ނައްތާލާނެ ގޮތެއް. ނޫނީ މިކަމައް ކޮންމެވެސް ހައްލެއް.