ކަސްޓަމަރު ބޭނުންވާ ކުލަ ނޫން އެހެން ކުލައެއްގެ ޓޯސްޓެއް ގެނައުމުން، ކަސްޓަމަރަކު ކެފޭއެއްގެ ވޭޓަރަށް ހަމަލާ ދީފިއެވެ. މިކަން ހިނގާފައިވަނީ އިނގިރޭސިވިލާތުގެ ސައުތު ވޭލްސްގެ ކާޑިފް ސިޓީގައެވެ.

މިކަން ހިނގާފައިވަނީ ކޮން ކެފޭއެއްގައިކަން، އެޤައުމުގެ ފުލުހުން ހާމަކޮށްފައިވީނަމަވެސް، ވޭޓަރަށް ހަމަލާ ދިން މީހާގެ ފޮޓޯވަނީ އާއްމުކޮށްފައެވެ. އެގޮތުން، ފުލުހުން އާއްމުކޮށްފައިވަނީ ކެފޭގެ ސީސީޓީވީ ކެމެރާއިން ނަގާފައިވާ ފޮޓޯއެކެވެ.

މި މީހާ ހޯދުމަށް ފުލުހުން، އާއްމުންގެ އެހީއަށް އެދިފައިވާއިރު މިކަން ހިނގިތާ ދުވަސްތަކެއް ވެފައިވާކަމަށްވެސް ސައުތު ވޭލްސްގެ ފުލުހުން ހާމަކޮށްފައިވެއެވެ. އެގޮތުން، މި ޙާދިސާ ހިނގާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުކަމަށްވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް، މި ހަމަނުޖެހުމުގައި ވޭޓަރަށް އަނިޔާވިކަމެއް ނުވަތަ އަނިޔާވިކަމުގައިވާނަމަ، ލިބުނީ ކޮން ކަހަލަ އަނިޔާތަކެއްކަމެއް، ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ޓޯސްޓެއްގެ މައްސަލައިގައި ކެފޭއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގާފައިވާއިރު، މީގެ ތިން އަހަރުކުރިންވެސް، އެޤައުމުގައި ޓޯސްޓެއް އެންމެ ފަހު ފޮއްޗާ ގުޅިގެން ދެބެންގެ ދެމެދުގައި ތަޅާ ފޮޅުމެއް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ދެޓްސް ވަޓް ކޯލްޑް ސިވިލައިޒްޑް !