ލޯބީގެ ގުޅުން ކެނޑި ހަތުރުންނަށް ވެއްޖެއެވެ. އަލުން ނުގުޅޭނެކަމަށް ވައުދުވެ، ދެހިތުގެ ގުޅުން ކަފުންކޮށް ވަޅުލައިފިއެވެ. އެ ދިން ވޭނާއި އަނިޔާގެ ހަނދާންތައް އާ ކުރަން ބޭނުން ނުވެއެވެ. އެ ބޭވަފާތެރިޔާގެ މަތިން ހަނދާން ކުރާކަށް ބޭނުމެއް ނޫނެވެ. ނޫނެކެވެ. އަނެއްކާވެސް އެ ބޭވަފާތެރިޔާ ދެކެ ލޯބިވާ ވަރުން ގުޅެން ބޭނުންވެފައި ތިބި އެތައް މީހުންނެއް އެބަ ތިއްބެވެ. އެފަދަ މީހުންނަށް ހާއްސަ މި ނަސޭހަތަތްތައް ގަބޫލުކުރާށެވެ.
ބަދަލު ތަކެއް ނުފެންނަ ނަމަ ދޫކޮށްލާ
އަނެއްކާވެސް ކުރީގެ ބޭވަފާތެރި ލޯބިވެރިޔާ ގުޅޭނީ މީހަކު އެކަމަށް އެދެމުން ނޫނެވެ. އަމިއްލައަށް ފެނިގެންނެވެ. އަމިއްލައަަށް އޭނާއާއެކު އުޅެވިދާނެ ކަމުގެ ޔަގީންކަން ލިބުނީމެވެ. ދެވަނަ ފަހަރަށް އޭނާ ބޭވަފާތެރި ނުވާނެ ކަން ޔަގީން ވުމުންނެވެ. އެހެން ނަމަވެސް އޭނާގެ ފަރާތުން ބަދަލުތަކެއް ނުފެންނަ ނަމަ ދޫކޮށްލާށެވެ. އަނެއްކާވެސް އެ ގުޅުމައިގެން ކުރިއަށް ނުދާށެވެ. ބޭވަފާތެރިއެއްގެ ފަހަތުގައި ތިބޭނެ ކަމެއް ނެތެވެ.
އާ ކަންކަން ދަސް ވާނެ، އެކަމަކު ވިސްނާތި
އެއްވެސް މީހަކު އޭނާގެ ލޯބިވެރިޔާ އޭނާއަށް ދެވަނަ ފަހަރަށް ބޭވަފާތެރިވާންބޭނުން ނުވާނެއެވެ. އެކަމަކު ސީދާ ވަފާތެރިކަމަށް ހާއްސަކޮށް ގުޅުން ރަނގަޅެއް ނުވާނެއެވެ. ބޮޑަށް އުޅެންވީ ގުޅުން ވަރުގަަދަ ކުރެވޭތޯއެވެ. އަދި މިފަދަ ރިލޭޝަނަކަށް އަލުން ދާނަަމަ ޔަގީންވާ ކަމަކީ އަމިއްލަ ނަފްސަށް އަމިއްލަ އަށް ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރެވެން ފަށާނެ ކަމެވެެ. މީހާ އުފާވެރިކޮށް ހުންނަން އެހެން މީހަކަށް ޑިޕްންޑްވާން ދެން ނުޖެހޭނެކަން އިނގޭނެއެވެ. އެހެންކަމުން ކުރީގެ ލޯބިވެރިޔާއާ އަލުން ގުޅޭނަމަ، މިކަނަކަމަށް ވިސްނުން މުހިންމު ކަމެވެ.
ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ހީނުކުރާތި
ބޭވަފާތެރިވުމަކީ ގުޅުން އެންމެ ބޮޑަށް ދެރަކޮށްލާ އެއްކަންތައް ނަމަވެސް، ދެވަނަ ފުރުސަތު ދޭމީހުން މަދެއް ނޫނެވެ. ދެވަނަ ފުރުސަތެއް ދިނުމާއެކު، އަލުން ހުރިހާ ކަމެއް ޖާދޫއެއް ގޮތަށް ރަނގަޅުވެދާނެ ކަމަށް ހީ ކުރެވިގެން ނުވާނެއެވެ. ޓްރަސްް އިޝޫސް އާ ވަެަށް ބޮޑަށް ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމުން، އާ ކަންކަން ދަސްކޮށް، އަލުން ރިލޭޝަން އިތުރަށް ވަރުގަދަ ކުރުމަކީ ދެ މީހުންގެ ޒިންމާެއެކެވެ. ދެ މީހުންގެ ފަރާތުން ބޭނުންވާ ކަންކަން ކިޔާދީ، އެނގުމަކީ ގުޅުން ކުރިއަށް ގެންދެވޭނެ ގޮތްކަން ޔަގީނެވެ.