އެމެރިކާ ފިރިހެނަކު ކައިވެނި ކޮށްގެން އުޅޭ އޭނާގެ އަނބިމީހާ އާއި އެފިރިހެން މީހާ ސިއްރުން ގެންގުޅުނު އެހެން ލޯބިވެރިޔަކު ބަލިވެ އިނދެ، ވިހާ ދުވަސް ޖެހިގެން ވިހަން އެއްވަގުތެއްގައި އެއްހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވި އެންމެފަހުން މައްސަލަ ގޯސްވެ، އެކަން ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެސް އެނގޭ ހިސާބަށް ކަންތައްތައް ހިނގައްޖެއެވެ.

ހޮސްޕިޓަލްގެ މުވައްޒަފަކު "ރެޑިޓް" ގައި ބުނެފައި ވަނީ ފިރިމީހާގެ އަނބިމީހާއަށް ފިރިމީހާގެ ސިއްރު ލޯބިވެރިޔާ ވެސް ވިހަން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތްކަން އެނގުނީ ކިހިނެއް ކަމެއް ނޭންގެއެވެ. ނަމަވެސް އެދެމަފިރިން އެމައްސަލައިގައި ޒުވާބު ކުރި އަޑު އިވުނު ކަމަށް މުވައްޒަފު ބުނެފައި ވެއެވެ.

"ރެޑިޓް" ގައި ހޮސްޕިޓަލްގެ މުވައްޒަފަކު ވަނީ ދެމަފިރިން ޒުވާބު ކުރާ އަޑު އިވޭ ވީޑިއޯއެއް އާއްމު ކޮށްފައެވެ. އެވީޑިއޯ އިން ދެމަފިރިން ދައްކާ ވާހަކަތައް ސާފެއް ނުވެއެވެ. ނަމަވެސް އިވޭ އަޑުން އެނގޭ ގޮތުގައި މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިހާތަނަށް "ރެޑިޓް" ގައި 2.1 މިލިއަން މީހުން ވަނީ އެވީޑިއޯ ބަލާފައެވެ.

ދިމާވި ހާދިސާ އާއި ގުޅިގެން ޚިޔާލު ފާޅުކުރި އެކަކު ބުނީ "ހަމްދަރުދީ ވާންވީ ކޮން އަންހެނަކަށް ކަމެއް ނޭންގޭ" ކަމަށެވެ. ނަމަވެސް އެއިން ކޮންމެ އަންހެނަކު ވެސް ވާނީ މިވަގުތުގައި ވަރަށް ބޮޑަށް ކަންބޮޑުވުމާއި ހާސްކަން ތަހައްމަލް ކުރަން ޖެހިފައި ކަމަށް އޭނާ ބުނެފައި ވެއެވެ.

އިތުރު މީހަކު ބުނީ ސިއްރުން ކަމެއް ކުރަން އުޅެގެން ލިބޭ ހިތްހަމަޖެހުމަށް ވުރެ މިފަދަ ކަމެއް ކުރިމަތިވުމުން ދެން ކުރިމަތިވާ ނުތަނަވަސްކަން މާބޮޑުވާނެ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ނުކުރަން އޭނާ ނަސޭހަތް ދީފައި ވެއެވެ.

"ރެޑިޓް" ގައި މިވާހަކަ ކިޔައިދިން މީހާ މިމައްސަލަ ނިމުނު ގޮތް ބުނެދީފައެއް ނުވެއެވެ. ވަރަށް ގިނަ މީހުން ވަނީ މިހާރު ފިރިމީހާގެ ހާލަތަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ. ނަމަވެސް އަދި ފިރިމީހާ އާއި ގުޅޭ އެއްވެސް ތަފްސީލެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޠޯތާ

  ނޭނގޭ ވާހަކަ ނުލިޔެބަ

  14
  3
 2. ހޮޅިފެން

  ތި ލިޔަނީ މާ ޔޯލަ ވާހަކަ...

  5
  7
 3. ކަތްރެވި

  މިކަހަލަ ކަންކަން އެމެރިކާގައި ހިނގުމަކީ އެމީހުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭކަމެއް!!!

 4. 🌹🌹

  ރަނގަޅު މީހުންނަށް އޮތީ ރަނގަޅު ގޮތްތަށް އަލްހަމްދު ލިﷲ ނޯ ނީޑް ޓު ވޮރީ

  1
  1