ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިންޑިއާއިން އުފައްދާ ވެކްސިން ފުރަތަމަ ފަހަރަށް މީހަކަށް ދީފައިވާ ކަމަށް އެޤައުމުން ހާމަކޮށްފި އެވެ.
އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް) އިން އުފައްދާ މި ވެކްސިންގެ ތަހުލީލުތައް އިންސާނުން ބެނުންކޮށްގެން ފަށާފައިވާއިރު، ވެކްސިން އެންމެ ފުރަތަމަ ދީފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދީފައިވާ ކަމަށް އެ އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.
އެއިމްސް އިން އުފައްދާ ވެކްސިނަށް ދީފައިވާ ނަމަކީ "ކޮވެކްސިން" އެވެ. މި ވެކްސިނަކީ އިންސާނުންނަށް ދީގެން ތަހުލީލުތައް ކުރިޔަށްގެންދިއުމުގެ ކުރީން ރަނގަޅު ނަތީޖާތަކެއް ދައްކާފައިވާ ވެކްސިނެއް ކަމަށް އެ އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.
ފުރަތަމަ ފަހަރަށް އިންޑިއާއިން ކޮވިޑް-19 ގެ ވެކްސިން ދިން މީހާ ހޮސްޕިޓަލުގައި ދެގަޑިއެއްހާ އިރުވަންދެން އޮބްޒަވޭޝަންގައި ބާއްވާފައި ވެއެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހައި ދުވަސްވަންދެން އޭނާ މޮނީޓަރ ކުރަމުންދާނެކަން އެއިމްސް އިން ވަނީ ހާމަކޮށްފައެވެ. މި ވެކްސިންގެ ސަބަބުން އެއްވެސް "ސައިޑް އިފެކްޓެއް" އަދި ފާހަގަކުރެވިފައި ނުވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
އިންޑިއާގައި އުފައްދާ ކޮވިޑްގެ ވެކްސިނަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ ވެކްސިނެއް ކަމަށް ބުނެއެވެ. މި ވެކްސިންގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސްތައް ކޮވިޑް-19 ގެ ވައިރަސް ނައްތާލުމަށް އެހީވެދޭނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. ނަމަވެސް މިކަން ޔަޤީން ކުރުމަށް އަދި ގިނަ ދުވަސްތަކެއް ނަގާނެއެވެ.
ތިއަށް ކިޔަން އެންމެ ރަނގަޅު ނަމަކީ "މޮދިކްސިން" އެހެންްނޫނީ "ގެރިކްސިން" ވެސް ރަނގަޅުވާނެ.
ޗައިނާ ފަހަތުން އެމީހުން ކުރާހާކަމެއް ކުރެވޭތޯ ބަލަންވާނެ އިންޑިއޮޓްސް.