އަރިދަފުސް ރޯގާގެ ސަބަބުން ނުވަތަ އެނޫންވެސް ކަމެއްގެ ސަބަބުން ނޭފަތް ބެދުމަކީ އާއްމުކޮށް މީހުންނަށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ހަމައަށް ނޭވާލުމަށްވެސް ދަތިތަކެއް ކުރިމަތިވެއެވެ. ހަމައެހެންމެ، އެނޫން އެތައް އުނދަގޫތަކެއްވެސް ކުރިމަތިކުރުވައެވެ. އެހެންކަމުން، މިކަމަށް ގޭގައި ދެވިދާނެ ގެވެށި ފަރުވާއަކީ ކޮބައިބާވައެވެ؟

ކުޅި އެއްޗެއްހި ކެއުން

ނޭފަތް ބެދުމުގެ އުނދަގޫ ކުރިމަތިވެފައިވާނަމަ، ކުޅި އެއްޗެއް ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. މިކަމުގެ ސަބަބުން ނޭސަލް ޕެސޭޖު ސާފުވާނެއެވެ. ހަމައެހެންމެ، ނޭފަތް ބެދުމަށް އަވަސް ހައްލެއް، މިކަމުގެ ސަބަބުން ލިބިގެންދާނެއެވެ.

ލޮނުމެދު

އާއްމުކޮށް ކެއުމާއި ކެއްކުމުގައި ބޭނުންކުރާ މި ބާވަތަކީވެސް، މިކަމަށް މޮޅު އެއްޗެކެވެ. އިތުރު އެއްވެސް އެއްޗަކާ އެއް ނުކޮށް، ހުހާ ލޮނުމެދު ކެއުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން، ހޫނު ފެން ޖޯޑެއްގެ ތެރެއަށް ތިން ލޮނުމެދު ވައްޓާލާށެވެ. އެއަށްފަހު، ރަހަ އިތުރަށް ރަނގަޅު ކޮށްލުމަށް މޭޒުމަތީ ސަމުސަލުގައި ދެބައިކުޅަ އެއްބައި މިންވަރުގެ ރީނދޫކޮޅެއް އަޅާލެވިދާނެއެވެ. އެންމެ ރަނގަޅީ ނޭފަތް އެއްކޮށް ސާފުވަންދެން، މި ސޫޕު ބުއިމެވެ.

އާވި އެރުވުން

މިއީ މިހާރުވެސް ނޭފަތް ބެދުމުން ނުވަތަ ރޯގާ ޖެހުމުން، ގޭގައި ދޭ އެންމެ އާއްމު އެއް ފަރުވާއެވެ. އާވި އަރުވާ ގުޅަ ބޭނުންކޮށްގެން ނުވަތަ ބާމު، ހޫނު ފެނަށް އަޅައިގެން އާވި އަރުވާ އުޅޭއިރު، މިކަމަށް ކެރަމް ސީޑްސް ނަމަކަށް ކިޔާ ބާވަތެއް ބޭނުންކުރެވިދާނެއެވެ. މިއީވެސް، ނޭފަތް ބެދުމަށް އޮތް އެންމެ ރަނގަޅު އެއް ގެވެށި ފަރުވާއެވެ.

ހާބަލް ޓީ

މި ބާވަތުގެ ސަޔަކީ އާއްމުކޮށް ދިވެހިން ބޮއެ އުޅޭ ބާވަތެއްގެ ސަޔަށް ކަމުގައި ނުވިޔަސް، މިއީ އެތައް ފައިދާތަކެއް އެކުލެވޭ ބުއިމެކެވެ. ނޭފަތް ބެދި، ނޭފަތުގެ ތެރޭގައި ހުންނަ މަޑުތަކާއި އަރިދަފުސްތައް ބޭރުވުމުގެ އިތުރުން، އެހެނިހެން ޓޮކްސިންތައްވެސް، މި ސައިގެ ސަބަބުން ބޭރުވާކަމަށް މާހިރުން ވިދާޅުވެއެވެ.

ކުޅި އެއްޗެހި ކެއުމާއި އާވި އެރުވުމާއި ހާބަލް ޓީ އަދި ލޮނުމެދު ބޭނުންކުރުމުގެ އިތުރުންވެސް، އެހެން ބައެއް ކަންކަން، ނޭފަތް ބެދުމުން ސަލާމަތްވާން ކުރެވިދާނެއެވެ.