ދެމަފިރިންގެ ގުޅުމަށް ގިނަ ދުވަސް ވާ ވަރަކަށް ހަމަނުޖެހުން ބޮޑުވެ ދެމަފިރިންގެ ދެމެދުގައި ހިތްހަމަނުޖެހުން އިތުރުވެއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވެ ޒުވާބުކުރުން އާއްމުވެއެވެ. ހިތްހަމަނުޖެހުންތައް ކޮންމެ ގުޅުމެއްގައި ވެސް ހުންނާނެއެވެ. އެހެން ނަމަވެސް އަބަދު ޒުވާބު ކުރަން ޖެހޭނަމަ އެއީ ވިސްނާލުން މުހިންމުކަމެކެވެ.

ނޭނގި ނަމަވެސް ދެމަފިރިންގެ ގުޅުން ގޯސްވެ، ޒުވާބު ގިނަވުމަށް މަގުފަހިވާ ކަންތައްތަކެއް ހުރެއެވެ.

ސަމާލުކަން ނުދިން

އޭގެ ތެރެއިން ފުރަތަމަ ކަމަކީ އެކަކު އަނެކަކަށް ދޭ ސަމާލުކަން ކުޑަވުމެވެ. ބައިވެރިޔާ އަށް ކަމުދާނެ ކަންކަން ކޮށްދިނުމާއި ކުދި ކުދި ހަދިޔާތައް ދިނުމަކީ ދެމަފިރިންގެ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް މުހިންމުކަމެކެވެ. އާއްމުކޮށް ރައްޓެހިވެގެން އުޅޭ އިރު ވަރަށް ވަރުން އުޅުނު ނަމަވެސް ގިނަ ފިރިންނަށް ކައިވެންޏަށް ފަހު އަނބިންނަށް ދޭން ޖެހޭ ސަމާލުކަމެއް ނުދެވެއެވެ.

އަދި ބައެއް ފަހަރު ރައްޓެހިވެގެން އުޅޭ އިރު ކުރާ ހުރިހާ ކަމަކީ ކައިވެނިކުރުމަށް ފަހު އަބަދު ކުރެވޭނެ ކަންކަމަށް ވެސް ނުވެދާނެއެވެ. ކޮންމެއަކަސް މި ސަބަބާއި ހުރެ ދެމަފިރިންގެ ދެމެދުގައި ޒުވާބުކުރުން ގިނަވެއެވެ.

އެކުގައި ހޭދަ ކުރާ ވަގުތު، ރަނގަޅުކުރުން

އެންމެ އާއްމުކޮށް ޒުވާބުކުރާ އެއްކަމަކީ ވަގުތު ނުދިނުން، ނޫނީ އަޅާނުލުމުގެ ވާހަކައެވެ. އެކަމަކު ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮންމެ މީހަކީ ވެސް ދިރިއުޅުމަށް މަސައްކަތް ކުރާނެ، އެކުވެރިންނާއި އާއިލާވެސް އޮންނާނެ މީހެއްކަމެވެ. ރަނގަޅު ހަރުދަނާ ގުޅުމެއް ޤާއިމްކުރުމަށް ދެމަފިރިންގެ ވަކި ވަކިން ވަގުތު ހޭދަކުރުން ވެސް މުހިންމެވެ.

މާގިނަ ވަގުތު އެކުގައި ހޭދަކުރުމުގެ ބަދަލުގައި އަބަދުވެސް ތަފާތު ކޮންމެވެސް ކަމެއް ރާވާށެވެ. ދުއްވާލަން ނޫނީ ކާން ދާން ދޭތެރެއަކުން ވަގުތު ހުސްކުރާށެވެ. މޫދަށް ނޫނީ އަތިރިމައްޗަށް ހިނގާލަން ދިއުން ކަހަލަ ކަމެއް ކުރާށެވެ. އެކުގައި ހިތްހަމަޖެހޭ ފަދަ ވަގުތުތަކެއް ހޭދަ ނުކުރެވުމަކީ ވަރަށް ފަސޭހައިން ޒުވާބު ގިނަވާން މަގުފަހިވާކަމެކެވެ.

ގޮތްދޫކޮށް، ދޫދޭން ދަސްކުރުން

އެކަކު އަނެކަކަށް ދޫދިނުމަކީވެސް ވަރށް މުހިންމު ކަމެކެވެ ގޮތް ދޫނުކުރުމާއި، މާ ކުދިން ހިނގާފައި ހުންނަ ކަންކަމުގެ ވާހަކަ އަބަދު ދެއްކުމަކީ ޚާއްސަކޮށް ފިރިހެނުން ވަރަށް ރުޅި އަންނަ ކަމެކެވެ. އެހެންކަމުން ފިރިމީހާގެ ބޮލުގަ ރިހުމަކަށް ނުވެ ވޭތޯ ބަލާށެވެ. ގެއަށް އަންނަ ކޮންމެ ފަހަރަކު ކޫސަނި ޝަކުވާ ކުރާނަމަ އޭނާ ގޭގައި ހޭދަކުރާ ވަގުތު އިތުރަށް ކުޑަވެ މައްސަލަތައް އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ އާއްމުކޮށް އަނބިންނަށް ނޭނގި ނަމަވެސް ކުރެވޭ ކަމެކެވެ. ރަހުމަތްތެރިންނާއި އެކު ފިރިން ވަގުތު ހޭދަކުރާ އިރު އެ މީހުންގެ މިނިވަންކަން އެ މީހުންނަށް ދޭށެވެ. ގޭމުކުޅުން ނޫނީ، ފުޓްބޯޅަކުޅުން ފަދަ ކަންކަމަކީ އެ މީހުން ބޯ ހަމަޖައްސާލަން ކުރާ ކަންކަމެވެ. އެހެންކަމުން އެފަދަ ކަންކަމާއި މެދު ޝަކުވާ މަދު ކުރާށެވެ.

އަދި ޒުވާބުކޮށް ހަޅޭއްލެވުމުގެ ބަދަލުގައި މަޑުމަޑުން ވާހަކަދައްކާށެވެ. ރުޅި އައިސްގެން ބަސްބުނުން މަދު ކުރާށެވެ. އޭރުން ޒުވާބު މަދުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ފިރިހެނުން އުޅޭނެ ގޮތަކައް އުޅުމުގު ފުރުސަތު ދީފަ އަނބިމީހާ އަނގަ ހިމޭނުން ލައިގެން ހުރީމަ އެއްވެސް ޒުވާބެއް ނުހިންގާނެ.

    25
    7
  2. Anonymous

    ޜެއާދުވާލު ދަރިންގެރޯއަޑާ ކޯޅޭއަޑާ ސަކުވާގެ އަޑުއަހަން އަބިމީހާ ގޭގަ އިންނަންވީ ފިރިހެނުން ދުވަންވީ ރައްޓެހިންނާއެކު ހިތްހަމަޖައްސަން ވަރިވީމަ ބުނާނެ ވަރިވާ ވާހަކަ??

    27
    1
    • އަލީ

      ދެން ކަލޭ ވެސް ދާންވީނު ބޯ ހަމަޖައްސަން އުޅޭނެ ގޮތަކަށް އުޅެން. ކާކުބުނީ ނުދާށޭ.

      4
      8