ރީތީގެ ރާނީއެކެވެ. އެ ރީތިކަމާއި އެއްވަރަށް އެ ހިނިތުންވުން މާ ކަމުދެއެވެ. އެ ހިނިތުންވުމާއި އެއްގޮތަށް އެ ހިތްހެޔޮކަމުގެ ސަބަބުން އެތައް ބައެއްގެ ހިތްދަމައިގަތެވެ. އަދި އެ ހެދުން އަޅާ ގޮތުން މީޑިއާތަކުން އެނާގެ ވާހަކަ ނުދައްކާ ތިބެއެވެ. މި ދައްކަނީ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ވާހަކައެވެ.

ކައިވެންޏަކަށްފަހު ދިރިއުޅެން ލޮސް އެންޖަލަސްއަށް ބަދަލުކޮށްފައިވާ ޕްރިޔަންކާގެ ބައެއް މަސައްކަތްތައް ފެންނަން ފަށަން އުޅޭކަމުގެ ހަބަރުތައް ދެކެވެމުން އެބަ ދެއެވެ. އޭނާ ހޮލީވުޑްގެ ބައެއް ޕްރޮޖެކްޓްތަކަށާއި، ބޮލީވުޑްގެ ބައެއް ޕްރޮޖެކްޓްތަކުން ފެންނަން އުޅޭކަމުގެ ހަބަރުތައް މި ވަނީ ދެކެވެން ފަށާފައެެވެ.

އެ ވާހަކަ ބާއްވާމާ ދޯއެވެ. ޕްރިޔަންކާގެ 38 ވަނަ އުފަން ދުވަސް ފާަހަގަކޮށްފިއެވެ. ފިރިމީހާ ކައިރީގައި ހުރެގެން އުފަން ދުވަސްފާހަގަ ކުރުމުގެ ނަސީބު އޭނާއަށް ލިބިއްޖެއެވެ.

އަދި އެކަން އޭނާ މީސް މީޑިއާގައި ވެސް ހިއްސާ ކުރިއެވެ. އެކަން މީސް މީޑިއާގައި ހިއްސާކުރީ ފިރިމީހާއާއެކު ނަގާފައިވާ ރީތި ފޮޓޯއަކުންނެވެ. އޭނާ ހުރީ ވަރަށް ރީތި ރީނދޫ ކުލައިގެ ހެދުމެއް އަޅައިގެންނެވެ.

https://www.instagram.com/p/CCy-lV0jGr8/?utm_source=ig_embed

އެއީ އޭ.އެލް.ސީން އޭނާ ގަތް ރެންޒޯ ހެދުމެވެ. ރީތި ހެދުމެކެވެ. އެ ހެދުމުގެ އަގަކީ ދިވެހި ރުފިޔާއިން ބާލަނަމަ 9149 ރުފިޔާއެވެ.

ޕްރިޔަންކާއަކީ އަބަދުވެސް އަގުބޮޑު އެއްޗެއްސަށް ލޯބި ކުރާ މީހެކެވެ. އޭނާ ގެންގުޅޭ ދަބަހާއި، ފައިވާނުގެ އަގުވެސް އިންތިހާއަށް މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަހަރުމެންނަށް ކޮންކަމެއް މިނަ ކޮންމެ ހެދުމެއް ލިޔަސް

    46
    2
  2. މުރާދު

    ހޮލީވުޑު މީހުން އަޅާ ހެދުންތަކާ ބަލާއިރު ތީ ވަރަށް އަގުހެޔޮ ހެދުމެއް

    27
  3. އެމަންޖެ

    މިގައުމުގަ އުޅޭ މަހޫވެސް ތިޔައްވުރެ އަގުހުރި އެއްޗިސް ލައިއުޅޭ.

    13
    3