މަޝްހޫރު މަޖައްލާތަކުގެ ކަވަރު ޕޭޖުތަކުގައި ޖެހުމަށް ނަގާ ފޮޓޯތަކަކީ، ދުނިޔޭގެ މިންގަނޑުންވެސް އެންމެ ވަރުގަދަ ފޮޓޯތަކަށް ވާނެއެވެ. ހަމައެހެންމެ، އެފޮޓޯތައް ނެގުމަށް، އެންމެ ވަރުގަދަ ކެމެރާތަކާއި އެނޫންވެސް އާލާތްތައް ބޭނުންކުރާނެއެވެ. އަދި ވަކީން ޚާއްޞަކޮށް، "ވޮގު" ފަދަ އަގުބޮޑު އަދި މަޤުބޫލު މަޖައްލާތަކުގެ ފޮޓޯތައް ކޮލިޓީ ވާނެއެވެ.

ދާދިފަހުން، ވޯގް މަޖައްލާގެ އިންޑިޔާގެ އެޑިޝަންގެ ބަނޑޭރިގަނޑުގެ ފޮޓޯ ނެގުމަށް ކުރިއަށް ގެންދިޔަ ފޮޓޯ ޝޫޓުގައި، ބޮޑެތި ޑީއެސްއެލްއާރު ކެމެރާތަކުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ވަންޕްލަސްގެ ފޯނެކެވެ. ވަންޕްލަސް ކުންފުންޏާ ގުޅިގެން، މި ޝޫޓުގައި ބޭނުންކޮށްފައިވަނީ ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ވަންޕްލަސް 6 މަރުކާގެ ފޯނެކެވެ.

މި ފޮޓޯތަކުގައި މޮޑެލް އެއްގެ ގޮތުން އަދިތީ ރާއޯ ހައިދަރީ ފެނިގެންދާއިރު، މި ފޮޓޯތައް ނަގާފައިވަނީ ޑީއެސްއެލްއާރު ކެމެރާއަކުން ނޫނޭ ނުބުނާނެކަމަށް ވަންޕްލަސް އިންވެސް ބުނެފައިވެއެވެ. ހަމައެހެންމެ، މި ފޮޓޯތައް ކޮލިޓީ ވެފައި ރީތިކަމަށް، އެތައް ބަޔަކުވެސް ބުނެފައިވެއެވެ.

ވަންޕްލަސްގެ އައު ފޯނު ނެރޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައި ނުވިޔަސް، މިއީ މޮޅު ފޯނަކަށް ވާނެކަމަށް ޓެކްނޮލޮޖީ އާއި ސްމާޓް ފޯނު އިންޑަސްޓްރީ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ހަމައެހެންމެ، މި ފޯނުގައި ހިމެނޭ ކެމެރާ ވަރުގަދަވާނެކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މީގެކުރިން ނެރެފައިވާ ވަންޕްލަސް ފޯނުތަކުގައި ހިމެނޭ ކެމެރާތަކަކީވެސް، ގިނަ ބަޔަކަށް ކަމުދާ ކެމެރާތަކެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ލޮލް

  ސަޅި

 2. އަބޫކުރި

  ކިތައްމެވަރަކަށް އިސްތިހާރުކުރިޔަސް އާފަލެއް ނޫނީ ނުގަންނާނަން. ވައިރަސް ނާރާނެ އާފަލަކަށް

  • ެގޮލާ

   ހަމަ ތެދެއްތީ.#އާފަލު