ދާދިފަހުން މަރުވި އިންޑިއާގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ ލޯބިވެރިޔާ، ރީއާ ޗަކްރަބޯތީ ވީނުވީއެއް ނޭނގި "ގެއްލިއްޖެ" ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ރީއާ އޭނާ ދިރިއުޅޭ ގެއިން ގެއްލިފައި ވަނީ، ސުޝާންތު މަރުވީ ރިއާގެ ސަބަބުން ކަމަށް ކުރާ ތުހުމަތުތަކަކާއި އެކު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.
ނޫސްތައް ބުނާގޮތުން ރީއާ ދިރިއުޅޭ ގެއިން އޭނާ ގެއްލިފައިވުމާއި ގުޅިގެން މިހާރު ބިހާރުގެ ފުލުހުން ދަނީ އެނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އޭނާއަށް ވީނުވީގޮތެއް ޔަޤީންކުރެވިފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ރީއާ ތަހުޤީޤަށް ފިލީ ކަމަށް ބުނަމުންދާއިރު، އަނެއް ބަޔަކު ތުހުމަތު ކުރަނީ ސުޝާންތުގެ އާއިލާއިން ނުވަތަ އެނޫންވެސް ބަޔަކު ރީއާ ރަހީނުކުރީ ކަމަށެވެ.
ރީއާ އާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހުރީ ސުޝާންތުގެ ބައްޕައެވެ. މުމްބާއީގައި ސުޝާންތުގެ މަރުގެ މައްސަލަ ބަލަމުން ދަނިކޮށް އާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ފައިލްކޮށްފައި ވަނީ ބިހާރުގެ ފުލުހުންގެ އިދާރާގައެވެ. އެ މައްސަލައިގައި ބުނެފައިވަނީ ސުޝާންތުގެ މަރުގައި ރީއާގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެއީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ބިހާރުގެ ފުލުހުން ވަނީ ތަހުޤީޤެއް ފެށުމަށް ތައްޔާރުވެ، ރީއާ އާއި ސުވާލު ކުރަން ނިންމާފައެވެ. މި ތަހުޤީޤު ކުރިޔަށް ގެންދިއުމަށް ބިހާރުގެ ފުލުހުން ވަނީ މުމްބާއީ ފުލުހުންގެ ކްރައިމް ޑިވިޝަނުން ބައެއް "އެވިޑެންސް" ފޯރުކޮށްދިނުމަށް ވެސް އެދިފައެވެ. ނަމަވެސް ސުޝާންތުގެ މަރުގެ މައްސަލަ ތަހުޤީޤު ކުރަމުން ދަނީ މުމްބާއީ ފުލުހުން ކަމަށްވާތީ، އެ އިދާރާއިން މިކަމާއި ގުޅުންހުރި ހުރިހާ މައްސަލަތައް ބެލުމަށް ރީއާ އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސުޝާންތުގެ ބައްޕަ ރީއާ އަށް ތުހުމަތުކޮށް ބުނެފައި ވަނީ، ސުޝާންތު ރީއާ ދިރިއުޅޭ ގެޔަށް ގެންދިޔައީ ވެސް މިފަދަ ކަމެއް ރޭވުމަށް ކަމަށް ބެލެވޭ ކަމަށެވެ. މިގޮތުން އެގޭގައި ސުޝާންތަށް ނުރަނގަޅު ވިސްނުންތައް ވިސްނުވައިދީގެންނާއި، އޭނާއަށް އެކި ފާޑުގެ ބޭސް ދީގެން އޯވަޑޯޒްވެސް ކޮށްފައިވާ ކަމަށް ސުޝާންތުގެ ބައްޕަ ތުހުމަތު ކުރެއެވެ.
އޭނާ ބުނެފައި ވަނީ ސުޝާންތުގެ މަރަށްފަހު ރީއާގެ އާއިލާއިން ކަންކަން ސިއްރު ކުރުމަށް މަސައްކަތްކުރާ ކަމަށެވެ. މިގޮތުން ތަހުޤީޤަށް މުޙިންމު ބައެއް ތަކެއްޗާއި ސުޝާންތުގެ ފޯނު ހިމެނޭހެން އޭނާގެ ތަކެތި ރީއާގެ އާއިލާއިން ފޮރުވާފައިވާ ކަމަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ ބުނެފައެވެ.
ސުޝާންތު މަރުވުމުގެ ކުރީން ރީއާ އޮތީ، ފިލްމަކުން ސުޝާންތައް ފުރުސަތެއް ލިބިއްޖެ ނަމަ ލީޑު ރޯލަށް ދެމީހުން އެކީގައި ހަމަޖެހުމުން ނޫން ގޮތަކަށް ފުރުސަތުގެ ބޭނުން ނުހިފަން ސުޝާންތައް ޝަރުތުކޮށްފައި ކަމަށްވެސް ސުޝާންތުގެ ބައްޕަ ތުހުމަތު ކުރެއެވެ. ސުޝާންތު މަރުވީ ރީއާގެ ފަރާތުން މިފަދަ ނާއިންސާފުވެރި ގިނަ ކަންކަމާއި ކުރިމަތިވިފަހުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ސުޝާންތުގެ ކުއްލި މަރާއި ގުޅިގެން ރީއާއަށް ތުހުމަތުތަކެއް ކުރަމުންދާއިރު، ބޮލީވުޑްގެ ބައެއް އެހެން މަޝްހޫރު ފަންނާނުންނަށް ވެސް ތުހުމަތުތައް ކުރަމުން ދެއެވެ. ނަމަވެސް މި މައްސަލަގައި މިހާތަނަށް ސާބިތުހިފޭ ހެއްކެއް އެފަރާތްތަކަށް ހުށަހެޅިފައެއް ނުވެއެވެ. ހަމަ އެހެންމެ ފުލުހުން ކުރިޔަށްގެންދާ ތަހުޤީޤުގައި މިހާތަނަށް ތުހުމަތު ކުރެވޭ މީހެއްވެސް ނެތެވެ.
މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ކަމަށްވާ ސަލްމާން ޚާނާއި، އަދިއްތިޔާ ޗޯޕްރާ އާއި ކަރަން ޖޯހަރާއި، ސަންޖޭ ލީލާ ބަންސާލީގެ އިތުރުން އެކްތާ ކަޕޫރަށްވެސް ސުޝާންތުގެ އާއިލާއިން ތުހުމަތުތައް ކުރަމުން ދިޔައެވެ. މިގޮތުން ސުޝާންތުގެ އާއިލާއިން ބުނެފައި ވަނީ މި ތަރިންނަކީ ސުޝާންތު ކުރިއަރައި ދިއުމަށް ހުރަސް އަޅަމުންދިޔަ މީހުން ކަމަށާއި، އެހެންކަމުން އޭނާގެ މަރުގައި އެމީހުންގެ އަތެއް ވެދާނެ ކަމަށެވެ.
އުމުރުން 34 އަހަރުގެ ސުޝާންތު މަރުވީ ޑިޕްރެޝަންގައި ގިނަ ދުވަހު އުޅުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމާއި ގުޅިގެން އޭނާގެ މަރުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އެޅުވުމަށް އާއިލާއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަނަމަވެސް، ސުޝާންތު އޭނާގެ ފުރާނަ ދުއްވާލީ އަމިއްލަ އިޚްތިޔާރުގައި، ފަންކާއެއްގައި ވާގަނޑެއް ޖަހައި ދަން ޖެހިގެންކަމާއި އެކަމުގައި މީހެއްގެ އަތެއް ނެތްކަން މިހާތަނަށް ހިންގި ތަހުޤީޤުން ހާމަވެއެވެ.
އަދި ހަމަ އެހެންމެ މި މަރާއި ގުޅިގެން ހެދި ޕޯސްޓްމޯޓަމް ރިޕޯޓުން، އޭނާ މަރުވެފައި ވަނީ ނޭވާ ހޮޅިއަށް ބާރުވެ ހަށިގަނޑަށް އޮކްސިޖެން ނުލިބިގެން ކަމާއި، އޭނާ މަރުވުމުގައި ބައެއްގެ ފަރާތުން ގޯނާއެއް ލިބިފައި ނުވާކަން ކަށަވަރު ކުރެވިފައި ވެއެވެ.
ހީވަނީ ތި އަންހެނާގެ އަތެއްވާނެހެން ތިކަމުގަ?
އިންޑިއާގެ ގޭގޭތެރޭ ހުންނަ އާއިލީ ހަބަރުތައް ތިޔައީ އަހުންނާ ބެހޭކަމެއްނޫނޭ، ތިޔަބ ހާނުންނަކާ ކަޕޫރުންނަކާ ޕޫރީންތަކެއް ގެއްލުނިއްޔާ އަހުންނަށް ކިއެއްތޭ.
އިންޑިއާގަ ވެސް މީނަގެ ވާހަކަ މިހާވަރަށް ލިއާނެހެންނެއް ހިޔެއްނުވޭ. ވަގުތު ނޫހުގެ ކުދިން މީމނައަށް ދީވާނާވެގެން އުޅޭހެން ހާދަ އެބަހީވެޔޭ. އެހެންޔާ ޝުޝާންތު ހުންނަ ގެއާ ދިމާލަށް ވާރޭ ކޮޅެއް ވެހުނަސް ބޮޑު ހަބަރަކަށް ހަދައިގެން އެވާހަކަ އެބަލިޔޭވީމޔާ.
ދަންޖެހިގެން މަރުވުމަކީ ބޮޑުވެގެންވާ ފާފަަެައެއް
މި ދަންޖެހުނު މަރު ޚަބަރު ސުރުހީ އަށް ލިޔަންޖެހޭތަ ކޮންމެ ދުވަހަކު ހަމަ؟
މަހޭޝް ބަޓް އާ ތި ރީއާ ގެ ކަމެއްހެން ހީވަނި
ތިޔަވާނީ ޔާމިންގެ ކަމަކައް
މސުޝާންތާއަކުން ނެއްޓެން ނޭގުނު.