އިނގިރޭސި ވިލާތުގެ ސަފާރީ ޕާކްގެ ތެރޭގައި ރާމާމާކުނުތަކެއް ވަޅި ހިފައިގެން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ރާމާމަކުނުތަކެއް ވަޅި ހިފައިގެން ނުކުމެ އެ ސަރަހައްދަށް ދާ ވެހިކަލްތަކަށް ގެއްލުންދީ، ބިއްލޫރިގަނޑުތައް ވަނީ ތަޅާލައިފައެވެ. އެސޮރުމެންގެ އަތުގައި ވަޅީގެ އިތުރުން އެހެން ނުރައްކާތެރި ހަތިޔާރުތައް ވެސް ގެންގުޅެމުންދާ ކަމަށްވެއެވެ.

އެގޮތުން ކަޓަރު ތިލަ އާއި ކަށިގަނޑާއި ބޮޑެތި ގަސްތައް ކަނޑަން ގެންގުޅޭ އާލާތްތައް އެސޮރުމެން އަތުގައި އޮތް ކަމަށްވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިފަދަ ތަކެތި ރާމާމަކުނުތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބެލެވެނީ ސަފާރީ ޕާކަށް ޒިޔާރަތް ކުރި ބައެކެވެ.

"އަހަރުމެންނަށް ޔަގީނެއް ނޫން މި ހަތިޔާރުތައް ދިނީ ގެސްޓުންތަކެއް ކަމަށް،" ޕާކްގައި މަސައްކަތް ކުރާ މުވައްޒަފަކު ކިޔައި ދިނެވެ.

އިނގިރޭސި ވިލާތުގައި އޮތް އެންމެ ބޮޑު އެއް ޕާކްގައި ރާމާމަކުނުގެ އިތުރުން ސިންގާ އާއި މިނިކާވަގު ފަދަ ބޮޑެތި ޖަނަވާރުތައް ދިރިއުޅެއެވެ.

"މީހުންނަށް އެނގޭ ވެހިކަލްތަކުގައި އެތެރެއަށް ވަދެފި ނަމަ، ވާނެ ގޮތް. މި އަހަރު ދެ ކަސްޓަމަރުން ލިބިފައިވޭ، ރާމާމަކުނުތަކުގެ އުނދަގޫ ޖެހިގެން،" ސަފާރީ ޕާކް ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނަ މެކޭނިކަކު ބުންޏެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބަންދު ކުރި މި ޕާކް މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތާޖަރު

    ތިވާނީ އައ އިސިސް ގެ ކަމަކަށް އަވަހަށް އިސްލާމީ ޤަ އުމެ އް ސުންނާފަތި ކޮށްލާ

    9
    2