ޕާކިސްތާނުގައި ސައި ވިއްކަމުން ތައުލީމް ހާސިލްކުރާ ކުއްޖަކު ޓެސްޓުން އެންމެ މަތީ މާކްސް ހޯދައިފިއެވެ.

"ގަލްފް ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މުހައްމަދު ހުޒައިފާ ނަމަކަށް ކިޔާ އެ ކުޑަ ފިިރިހެން ކުއްޖާ ހޯދި ކާމިޔާބީ އާއި އެކު އެގައުމުގެ ސަރުކާރުން ވަނީ އޭނާ އިތުރަށް ކިޔެވުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައެވެ.

މުލްތަން އަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އެކުއްޖާ މި ކާމިޔާބީ ހާސިލް ކޮށްފައި ވަނީ ސައި ހޮޓަލެއްގައި ވަޒީފާ އަދާކުރަމުންނެވެ. އޭނާ އަކީ އަބަދުވެސް ލިބޭ މިންވަރަށް ޝުކުރު ކުރާ، އަހްލާގް ހެޔޮ ކުއްޖެއް ކަމަށް އޭނާ ދަންނަ މީހުންނާއި ހަވާލާދީ އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. ހުޒައިފާ ވަނީ އޭނަގެ 1110 މާކްސް ލިބޭ އިމްތިހާނުން 1050 މާކްސް ހޯދާފައި ކަމަށްވެއެވެ.

ހުޒައިފާ އަށް ދާދި ފަހުންވެސް ޕްރައިވެޓް ކޮލެޖަކުން ސްކޮލަޝިޕެއް ލިބިފައެވެ. އެހެން ނަމަވެސް އޭނާ ކުރަމުން ދިޔަ މަސައްކަތް ދޫކޮށްލަން ބޭނުން ނުވުމުގެ ސަބަބުން އެ ސްކޮލާޝިޕްގެ ބޭނުން ހިފަން ބޭނުން ނުވާކަމަށް އެގައުމުގެ މީޑިއާތަކާއި ހަވާލާދީ ގަލްފް ނިއުސް އިން ވަނީ ރިޕޯޓުކޮށްފައެވެ.

އެގައުމުގެ ސަރުކާރުން ވަނީ ހަމައެކަނި ހުޒައިފާ ތައުލީމް ހާސިލް ކުރުމަށް އެހީތެރިވުމުގެ އިތުރުން އޭނާގެ އާއިލާއަށްވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ހުޒައިފާ ބޭނުން ދާއިރާއަކުން ކުރިޔަށް ދިއުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ހުޒައިފާގެ މި ކާމިޔާބީ އަކީ ނަމޫނާއެއް ކަމަށް ބަލައި، އެފަދައިން ތައުލީމް ހާސިލް ކުރުމަކީ މުހިންމު ކަމެކެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހުދީ

    މާޝާﷲ ތިޔަ ހިނިތުންވުމުންއިގޭ ތިޔައީ ތޯހިރުހިތެއްގެ ވެރިޔެއްކަން.

    103
    1
  2. ީހިޔާލު

    ??????

    23