މިއީ ފާއިތުވެދިޔަ ދުވަސްތަކުގައި ބައިނަލްއަޤުވާމީ ބޮޑެތި މީޑއާތަކާއި މަޖައްލާތަކުގެ ފަލަ ސުރުޚީތައް އެންމެ ބޮޑަށް ފަވާލި އެއް ވާހަކައެވެ. މަޝްހޫރު މޭކަޕް އާޓިސްޓު އަދި މޮޑެލްއެއްގެ އިތުރުން ރިއަލިޓީ ޝޯވް ތަރި ކައިލީ ޖެނަރގެ ދަރިފުޅު ސްޓޯމީ ޖެނަރ، ކައިލީގެ ބޮޑީގާޑް ޓިމް ޗަންގް އާއި ވައްތަރު ވާހަކައެވެ. މިކަމާއި ގުޅޭގޮތުން އެކި މީހުން އެކި ވާހަކަ ދައްކަމުންދާއިރު، އަދިވެސް އެވާހަކަތަކުގެ ހަޤީޤަތް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

ލޮސް އެންޖެލްސްގެ ފުލުސް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންދާ ޗަންގް އަކީ ޕާޓް ޓައިމްކޮށް ކައިލީގެ ބޮޑީގާޑެއްގެ ގޮތުގައި އާއި މޮޑެލްގެ ދާއިރާގައިވެސް މަސައްކަތްކުރާ މީހަކަށްވާއިރު، ކައިލީ އާއި ޗަންގް އާއި ދެމެދުގައި ސިއްރު ގުޅުމެއް ވާހަކަމުގެ ވާހަކަތައް ފެތުރެން ފެށީ، އުމުރުން 20 އަހަރުގެ ކައިލީ އޭނާގެ ތުއްތު ދަރިފުޅުގެ ފޮޓޯ މީސް މީޑިއާގައި ޢާންމު ކުރި ހިސާބުންނެވެ. އެއާއި އެކު އެކުއްޖާ ޗަންގް އާއި ވައްތަރު ކަމަށް ބުނެ އެތައް ހާސް ބަޔަކު ވަނީ ވާހަކަ ދައްކާފައެވެ.

ކައިލީ އާއި އެނާގެ ދަރިފުޅު އަދި ކައިލީގެ ބޮޑީގާޑް

މި ވާހަކަތަކުގެ އަޑު ކެނޑެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު، ޗަންގް މިވަނީ އަނެއްކާވެސް "ހޫނު ފެނަށް ވެއްޓިފައި"އެވެ. އެގޮން އޭނާ ފުލުސް އިދާރާއަށް ވަންނަނިކޮށް ނޫސްވެރިންތަކަށް އޭނާ ފެނުމުން، އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، "ތި ސުވާލަށް ޖަވާބު ދެވެން ނެތް" ކަމަށެވެ.

ސްޓޯމީއަކީ ޗަންގް އާއި ކައިލީގެ ދަރިއެއް ކަމަށް ސުވާލުކުރުމުން، ޗަންގް ދިން މި ޖަވާބާއިއެކު ފެތުރެމުންދާ ވާހަކަތަކަކީ ހަޤީޤަތެއްކަން ޔަޤީން ކުރެވިއްޖެ ކަމަށް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.

މީގެ އިތުރުން، ކައިލީގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ރެޕަރ، ޓީގާ ވެސް ވަނީ ދަރިފުޅުގެ ބައްޕައަކީ ކާކު ކަމާއި މެދު ޝައްކު އުފެދިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ޗަންގް އާއި ސްޓޯމީއާއި ހުރިހާ ގޮތަކުންވެސް ވައްތަރު ކަމާއި، އެއީ ޗަންގްގެ ދަރިއަކަށް ވެސް ވެދާނެ ކަމަށް ދޭހަވާފަދަ ގޮތަކަށް ޓީގާ މީގެ ކުރިން ވަނީ ވާހަކަ ދައްކާފައެވެ.

ޓިގާ އާއި ޙަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، ކައިލީ އާއި ޗަންގް އާއި ދެމެދު ގުޅުމެއްވާކަމަށް ކުރިންވެސް ބެލެވުނު ކަމަށެވެ. އަދި އެ ދެމީހުންގެ ޢަމަލުތަކުން އެކަން ހާމަވާއިރު، ދެމީހުން އެކުގައި ވަރަށް ގިނަ ދަތުރުތަކުގައި ގޮސް އުޅޭކަމަށާއި، އެކަހެރިކޮށް އެދެމީހުން ވަރަށް ގިނައިން ބައްދަލުވެހަދާ ކަމަށް އޭނާ ބުނެފައި ވެއެވެ.

މި ވާހަކަތައް ދޮގު ކުރަމުން ކައިލީ ބުނަނީ ސްޓޯމީއަކީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ޓެވިސް ސްކޮޓްގެ ދަރިއެއް ކަމަށެވެ. ނަމަވެސް އެކަން ޔަޤީން ކުރުމަށް ޑީއެންއޭ ޓެސްޓް ހަދަން ކައިލީ އެދުމުން، ޓެވިސް އެކަމާއި ދެކޮޅު ހަދާފައިވާ ކަމަށް ވެއެވެ. ކައިލީ މާބަނޑުވި ވާހަކަ ފުރަތަމަ ފެތުރު ދުވަސްކޮޅު އޭނާ ބުނެފައިވަނީ، ހަމަ ޔަޤީނުންވެސް އެ ކުއްޖާއަކީ އޭނާގެ ދަރިއެއް ކަމަށެވެ.

އެހެންކަމުން ސްޓޯމީގެ ބައްޕައަކީ ކާކުކަން ނޭނގުނު މައްސަލަ އަދިވެސް އޮތީ ސުވާލެއްގެ ތެރޭގައި، ބޮޑު ބަހުސަކަށްވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މެހް

    ތި ބޮޑީ ގާޑުގެ އިންސްޓަރގްރާމް ޕޭޖްގަ ތިސުވާލަށް ޖަވާބު ދީފައި އެބައޮތް.

  2. ޢައިޝް

    ކައިލީ އަކީ މޭކަޕް އާޓިސްޓުއެއް ނޫން.

    • ??
  3. ކެރީމާ

    ޓްރަމްޕާއި ވައްތަރުގޮތެއްވެސް އެބަހުރި

  4. ބެއްޔާ

    ކޮބާތަ މައްސަލަ އަކީ...

  5. ބޮއްބޮ

    އަޖައިބެއްނުވާނެތަ؟ ދީނެއް މިއްލަތެއް މަޒްހަބެއް ނެތްބަޔަކު ދެން އުޅޭނީ ހިތުހުރި ގޮތަކަށްނޫންބާ.....؟

  6. ބަފާބެ

    އަދިވެސް ޒިނޭ ކުރޭ.