ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން ސައިބޯ އިރު ބޭނުން ކުރާ ސާމާނުތައް ވަރަށް ތަފާތެވެ. މައިލޯއަކީ ހެނދުނު ސަޔާއި އަދި އެހެނިހެން ވަގުތުތަކުގައި ވެސް ދުނިޔޭގެ އެންމެ ގިނަ ހިސާބުތަކުގައި މީހުން ބޭނުން ކުރާ އެއް ބުއިމަށް ވާނެއެވެ.

ބައެއް މީހުންނަށް މައިލޯ ކަމުދަނީ ފިިނިކޮށްނެވެ. އަނެއްބައި މީހުންނަށް މައިލޯކަމުދަނީ ހޫނުކޮށް ގިރައިގެންނެވެ. ތަފާތު އެތައް ރެސިޕީއަކަށް މައިލޯ ބުއިންތައް ތައްޔާރުކޮށް އުޅެއެވެ. ގޭގައި ފަސޭހައިން ތައްޔާރުކޮށްލުމުގެ އިތުރުން، ރެސްޓޯރެންޓުތަކުގެ މެނޫތަކުންވެސް މައިލޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބުއިންތަކުން ވަނީ ޖާގަ ހޯދާފައެވެ.

މައިލޯއަކީ އޭގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ އެއްޗަކަށް ވުމާއި އެކު ކުޑަކުދިންނަށް އެ ބުއިން ދިނުން މަދުކުރުމަށް މިހާރު ސިއްހީ މާހިރުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެއީ ހަކަތަ ލިއްބާދޭ ބުއިމެއްގެ ގޮތުގައި އިޝްތިހާރުކުރުން ހުއްޓުވަންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް ކުރިން ފާހަގަކުރިހެން އެންމެ ގިނަބަޔަކަށް މައިލޯ ކަމުދަނީ ހޫނުކޮށް ތޯ ނޫނީ ފިނިކޮށްތޯ މިއީ ވަރަށް ގިނަ ދުވަސްވެފައިވާ ބަހުސްއެކެވެ. 85 ވަރަކަށް އަހަރުގެ ތާރީޚެއް އޮތް މި އުފެދުން އުފެދުނީއްސުރެ މި ބަހުސް ދަނީ ކުރިއަށެވެ.

އެކަމަކު އޮސްޓްރޭލިއާގައި ނެގި ޕޮލް ވޯޓަކާއި އެކުި މި ބަހުސްއަށް މިވަނީ ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބިފައެވެ.

ކިރު އަޅައިގެން އޮލަކޮށް ގިރާފަ ހުންނަ ހޫނު މައިލޯ ކަމުދާ އެތައް ބަޔަކު ތިބި ނަމަވެސް އެ ޕޮލްގައި ބައިވެރިވި މީހުންގެ %65 މީހުން ބުނަނީ މައިލޯ އެންމެ މީރީ ފިނިކޮށް ގިރައިގެން ބުއިމުން ކަމަށެވެ.

https://www.instagram.com/p/CCpFRZYATwt/?utm_source=ig_embed

މިއީ އޮސްޓްރޭލިއާގެ ގިނަ ބަޔަކު ބައިވެރިވި ޕޯލްއެކެވެ. މި ޕޯލްގައި 90،000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

ފޮންޒީ ގޮމޭޒް ނަމަކަށް ކިޔާ އިންފްލުއެލްސާ އަކު ހުޅުވާލި މި ޕޮލްއަށް ލައްކައަކަށް ވުރެ ގިނަ ވިއުސްވަނީ ލިބިފައެވެ.