އެމެރިކާގެ ޑޮކްޓަރަކު ބަނގުރާ ބޮއެގެން ހުރެ ބަލި މީހަކަށް ފަރުވާ ދިން ކަން ސާބިތުވުމުން އުމުރު ދުވަހަށް ޑޮކްޓަރުކަން ކުރުން މަނާކޮށް، އޭނާގެ ލައިސަންސް ހިފަހައްޓަން ކޯޓުން އަމުރު ކޮށްފިއެވެ.

ޑޮކްޓަރު މާކޯ ޗާވްސްގެ މައްޗަށް ކޯޓުން މިފަދަ އަމުރެއް ނެރުނީ އޭނާ ބަނގުރާ ބޮއެގެން ހުރިކަމަށް ޝައްކު ކުރެވިގެން ބެލި މައްސަލައިގައި އަމިއްލަ އަށް ކުށަށް އިއުތިރާފު ވުމުންނެވެ. ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި ޑޮކްޓަރ މާކޯ އަކީ އާންމު ގޮތެއްގައި ބަނގުރާ ބޯ މީހެކެވެ.

ކޯޓުގައި ވެސް އޭނާ ވަނީ އެކަމަށް އިއުތިރާފު ވެފައެވެ. ނަމަވެސް ކޯޓުގައި ޑޮކްޓަރު ބުނީ ބަނގުރާ ބުއިން މަދު ކުރުމަށް އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޯޓުން ޑޮކްޓަރ މާކޯގެ މެޑިކަލް ލައިސަންސް އުމުރު ދުވަހަށް ހިފަހައްޓާފައި ވާއިރު މެޑިކަލް ބޯޑުން ވެސް ދަނީ އޭނާގެ މައްސަލަ ބަލަމުންނެވެ. މެޑިކަލް ބޯޑުން ކޮންމެ ގޮތަކަށް މައްސަލަ ނިންމި ނަމަވެސް ޑޮކްޓަރ މާކޯ އަށް ދެން އަނބުރާ ވަޒީފާ އަދާކުރެވޭނީ އޭނާގެ މައްޗަށް އިއްވާފައިވާ ޙުކުމް މަތީ ކޯޓަކުން ބާތިލް ކުރުމުންނެވެ.

ޑޮކްޓަރ މާކޯ ސަސްޕެންޑް ކުރަން ނެރުނު އަމުރުގައި ބުނެފައި ވަނީ ޑޮކްޓަރަކު ހަމަބުއްދި ފިލައިގެން ގޮސްފައި ވަނިކޮށް ބަލި މީހުންނަށް ފަރުވާ ދިނުމަކީ އެތައް ބައެއްގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމެއް ކަމަށާއި އެހެން ކަމުން ރިހެބިލިޓޭޝަން ފުރުސަތު ދިނުމަށް ފަހު ވެސް އޭނާ ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

ކޯޓުގެ ޙުކުމާއި ގުޅޭ ގޮތުން ޑރ.މާކޯ އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު