އެމެރިކާގެ ދެމީހަކު ކައިވެނި ކުރަމުން ދަނިކޮށް ކައިވެނި ކުރަމުން ދިޔަ ދެމީހުންގެ ތެރެއިން ފިރިހެން މީހާގެ މަންމަ އަޑުގަދަކޮށް ކައިވެނި ކުރަމުން ދިޔަ އަންހެން މީހާ އާއި ދިމާއަށް އެއްޗެހި ކިޔަން ފެށުމުން ކައިވެނި "ފަނިވެއްޖެއެވެ." އެތަނުގައި ތިބި އެންމެންގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފެންނަމުން ދިޔައެވެ. ނަމަވެސް އެންމެފަހުން ދެމީހުން ވަނީ ކައިވެނި ކޮށްފައެވެ.

2017 ވަނަ އަހަރު ހިނގި މިހާދިސާގެ ވީޑިއޯ އާއްމު ކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ. ވީޑިއޯ އާއްމު ކުރީ ކައިވެނި ކުރި އަންހެން މީހާގެ ކޮއްކޮއެކެވެ. އޭނާ ލިޔެފައިވާ ގޮތުގައި އޭނާގެ ދައްތަގެ މައިދައިތަ އަބަދުވެސް ދައްތަ ދެކެ ރުޅި އާދެއެވެ. މައިދައިތަ އަށް ހީވެފައި އޮންނަނީ އޭނާގެ ދައްތަ މައިދައިތަގެ ދަރިފުޅު ޖަހައިގަނެގެން ގެންދިޔައީ ކަމަށް ކަމުގައި ވީޑިއޯ ޕޯސްޓް ކުރި މީހާ ލިޔެފައި ވެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ކައިވެނި ކުރަމުން ދަނިކޮށް އަންހެން މީހާ ތެދުވެ އަޑުގަދަ ކުރަން ފެށުމުން ވެސް އޭނާގެ ފިރިހެން ދަރިފުޅު އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ދަނބިދަރިފުޅު ވަނީ ރުޅިއައިސްގެން މައިދައިތަ އެތަނުން ވަގުތުން ނިކުތުމަށް އަންގާފައެވެ.

ދެމަފިރިންގެ މިހާރުގެ ހާލަތުގެ އަޕްޑޭޓެއް ދިނުމަށް ކޮމެންޓް ކުރި މީހުން އެދުމުން ވީޑިއޯ ޕޯސްޓް ކުރި މީހާ ބުނީ ދެމަފިރިންގެ ހަތް ވަރަށް ސަޅި ކަމަށާއި މިހާރު އެމީހުންނަށް ކުއްޖަކު ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް މައިދައިތަގެ ހާލަތާއި ބެހޭ އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.