ދާދިފަހުން އަމިއްލައަށް ދަންޖެހިގެން މަރުވި އިންޑިއާގެ އެކްޓަރ، ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ހާދިސާ އާއިގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނޯތު މުމްބާއީގެ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

މިކަން ހާމަކޮށް ކަންގަނާގެ ވަކީލަކު ނޫސްތަކުގައި ބުނެފައިވަނީ މުމްބާއީގެ ފުލުހުން، ކަންގަނާ ފުލުހުންގެ އިދާރާއަށް ހަޒިރު ކުރަނީ ސުޝާންތުގެ މަރުގެ މައްސަލަ އާއި ގުޅިގެން ކުރިޔަށްގެންދާ ތަހުޤީޤަށް ބަޔާން ނަގައި މަޢުލޫމާތު ހޯދުމަށް ކަމަށެވެ. އަދި މިކަމަށްޓަކައި މުމްބާއީގައި ހުންނަ ކަންގަނާގެ ގެޔަށް ފުލުހުން ޗިޓު ފޮނުވާފައިވާ ކަމަށްވެސް ވަކީލުން ބުނެފައި ވެއެވެ.

ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އޭނާ މިހާރު ހުރީ އާއިލާއާއެކު މަނާލީގައި ކަމުން މުމްބާއީގެ ފުލުހަށް ހާޒިރުވެވެން ނެތްކަން އަންގައި، އޭނާގެ ފަރާތުން ތަހުޤީޤަށް މަޢުލޫމާތު ދޭން ވަކީލުންނަށް ފުރުސަތު ދިނުމަށް، ނުވަތަ މުމްބާއީ ފުލުހުންގެ އިދާރާއިން މި މައްސަލަ ތަހުޤީޤުކުރާ ފުލުހުން މަނާލީއަށް ގޮސް ކަންގަނާ އާއި ބައްދަލުކޮށް ބަޔާން ނެގޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ވަކީލުން ވަނީ އެދިފައެވެ.

ކަންގަނާ ވަނީ ސުޝާންތުގެ މަރާއި ގުޅިގެން މުމްބާއީ ފުލުހުން ހިންގަމުންދާ ތަހުޤީޤަށް ފުރިހަމަ އެއްބާރުލުމެއްދީ، ތަހުޤީޤު އަވަސް ކުރުމުގައި އަދާކުރެވެން އޮތް ކޮންމެ ދައުރެއް އަދާކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ސުޝާންތުގެ މަރާއި ގުޅިގެން މުމްބާއީ ފުލުހުން ބޮޑު ތަހުޤީޤެއް ކުރިޔަށްގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. މިގޮތުން މި ތަހުޤީޤަށް މީގެ ކުރިންވެސް ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާއި ފިލްމް ޕްރޮޑިއުސަރުންނާއި، ސުޝާންތުގެ ލޯބިވެރިޔާގެ އިތުރުން އާއިލާގެ މީހުން ހިމެނޭހެން 30 އަށްވުރެ ގިނަ ބަޔާން ނަގާފައިވެއެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ބޮލީވުޑްގެ ބައެއް ތަރިންނާއި ސުވާލު ކުރަމުން ދާއިރު، ސުޝާންތުގެ ބައެއް ސަޕޯޓަރުން ބުނާގޮތުން އޭނާ މަރުވީ ބޮލީވުޑްގެ ބައެއް ތަރިން އޭނާ ކުރިއަރައި ދިޔުމަށް ހުރަސް އަޅަމުންދިޔަ ދަނޑިވަޅެއްގައި އެކަމާއި ގުޅިގެން ކަމަށެވެ. އެފަރާތްތަކުން މީގެ ކުރިން ވަނީ ސަލްމާން ޚާނާއި، އަދިއްތިޔާ ޗޯޕްރާ އާއި ކަރަން ޖޯހަރާއި، ސަންޖޭ ލީލާ ބަންސާލީގެ އިތުރުން އެކްތާ ކަޕޫރު ފަދަ ތަރިންނަށް ވެސް ތުހުމަތުތަކެއް ކޮށްފައެވެ.

އުމުރުން 34 އަހަރުގެ ސުޝާންތު މަރުވީ ޑިޕްރެޝަންގައި ގިނަ ދުވަހު އުޅުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމާއި ގުޅިގެން އޭނާގެ މަރުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އެޅުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން ދިޔަނަމަވެސް، ސުޝާންތު އޭނާގެ ފުރާނަ ދުއްވާލީ އަމިއްލަ އިޚްތިޔާރުގައި، ފަންކާއެއްގައި ވާގަނޑެއް ޖަހައި ދަން ޖެހިގެންކަމާއި، އޭނާގެ މަރުގެ ހާދިސާގައި އެހެން މީހެއްގެ ދައުރެއް ނުވަތަ ބައިވެރިވުމެއް ނެތްކަން މިހާތަނަށް ހިންގި ތަހުޤީޤުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓެލެންޓް

    އަމިއްލައަށް މަރު ވިއްޔޭ އެބަލިޔޭ ހަމަ އެންމެން އެބުނަނީ އެނަ އަމިއްލަ އަށް .ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ މަރެއް ނުވާނޭ. އިންވެސަޓިގޭޓް ނުނިމެނީސް އެހެން ނުލިުެބަލަ. ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

    22
    10
  2. ސީމާ

    އަމިއްލަ އަށް ދަން ޖެހިގެން މަރުވީ އޭ އަނެއްކާވެސް ލިޔެފަ.. ތިހެން ނުލިޔެފާނަންތަ. އާދޭސް ކޮއްފަ ބުނަން..

    10
    4
  3. ބިގް ފޭން އޮފް ސުޝާންތް

    މަރުގެ ޒިއްމާ މީހުންގެ ބޮލުގަ އަޅުވަނީކީ ނޫން.. ދެން ތި ބުނަނީ ސުޝާންތް އާއިލާ މީހުން ދޮގު ހަދަނީއޭތަ.. ވަގުތު މީހުން ހަބަރުތައް ރަނގަޅައް އޮޅުން ފިލުވާގެން ލިޔުން ރަނގަޅު.. އިއްޔެ ސުޝާންތް ގެ ބޮޑީ ގާޑް ދެއްކި ހުރިހާ ވާހަކަ އެއް އަޑު އެހިންތަ.. އޭނަ އަބަދު ނިންދަވާފަ އޮއްނަނީ.. އޭނަގެ އެކައުންޓް ގަ ހުރި ހުރިހާ ފައިސާ އެއް ތި ރިޔާ އަކު ތަޅާ ބުރުވީ އޭނަ އަށް ނުވެސް އެނގޭ.. އަބަދު ގޭގަ މަތީ ފްލޯގަ ޕާޓީ ކުރަނީ ޔޯ އާއިލާ މީހުން ލައިގެން.. ސުޝާންތް ގެ އާއިލާ މީހަކާވެސް އޭނަ ގުޅުމެއް ބޭއްވިޔަކަ ނުދޭ.. މިހުރިހާ ހެކި ތަކެއް ދިމާ ހާމަ އަށް ހުރީ އިރުގަވެސް ވަގުތު މީހުން މި ކިޔަނީ މީހުންގެ ބޮލުގަ މަރުގެ ޒިއްމާ އަޅުވަނީ އޭ.. ވަގުތި މީހުން ސުޝާންތް ދެކެ ތިހާ ރުޅި އަރާ އިރު ކީއްވެ އޭނަ އޭ ކިޔައިން ތި ލިޔަނީ.. އަދި އެވެސް ވަރަށް ދެރަވާ ގޮތް ގޮތައް އެއްމެ ފަހު ޕެރެގްރާފް ތިޔޮތީ...

    7
    1
  4. ޖޭ

    ހަބަރު ލިޔުނު މުހައްމަދު އަޒްހީމް ހީވަނީ ސުޝާންތް އާ ވަރަށް ޖޭ ވާހެން.. މި ކޮމެންޓް އިނގޭ ޖަހާ ނުދޭނެކަން.. އެކަމް ދެން ކިތައްމެ ޖޭ ވެގެން ތި ފާޑަށް ހަބަރު ލިޔާނެ ކަމެއް ނެތް.. އޭނަ ވަރެއް ނުވެވޭނެ ޖޭ ވެފަ ހުރޭ.. ??

    8
    3
  5. ާ?

    ސުސާާންތު އަކީ ވަރަށް ރީީތި މީހެއް މުސްލިމެއް ނޫނަކަސް

    12
    2