އެލެން ޑި ޖެެނެރަސްގެ ޝޯ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގްބޫލް އެއް ޝޯއެވެ. އެލެންގެ ސަކަ މިޒާޖާއި ހިތްހެޔޮކަމަށް އާއްމުންގެ މެދުގައި އޭނާ މަޝްހޫރުވި ނަމަވެސް ފަހަކަށް އައި ހާމަވި މައުލޫމާތުތަކުން އެލެން އަށް އެތައް ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އެލެން އޭނާގެ ސްޓާފުންނާއި ހަޑި ހުތުރުބަހުން މުއާމަލާތް ކުރާ ކަމާއި، މީހުންނާއި ވާހަކަ ނުދެއްކުމާ އަދި އެ ނޫންވެސް ނުރަނގަޅު އެތައް ކަމެއް އެލެންގެ ސްޓާފުންނަށް ތަހައްމަލު ކުރަން ޖެހޭކަން އޭނާގެ ކުރީގެ ސްޓާފުން ކިޔައި ދިން ވާހަކަތަކުން އެނގެއެވެ.

އަދި ގަނާ ކުރުމާއި، ތަފާތު ކުރުމާއި ލަދު ގެންނެވުން ފަދަ އެތައް ކަމެއް އެލެން އާ އެކު މަސައްކަތް ކުރާ އިރު ދިމާވާ ކަމަށް އޭނާގެ ކުރީގެ ސްޓާފުން ބުނެއެވެ.

މި ވާހަކަތަކާއި އެކު އެލެންއަށް އޮތް ތަރުޚީބު ވަނީ ކުޑަވާން ފަށައިފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެލެން ޝޯ ކުރިއަށް ގެންދާ ނަމަ އެ ޝޯ ކުރިންހާ ކާމިޔާބު ވާނެ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

އަދި އެލެންގެ އަގު ވެއްޓުމުގެ ކުރިން އޭނާ ބޭނުން ވަނީ އެ ޝޯ ދޫކޮށްލާށެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރު ރަސްމީކޮށް އެލެން ޝޯ ހުއްޓާލުމާއި މެދު އެއްވެސް މައުލޫމާތެއް އެލެން އާއި އޭނާގެ ޓީމުން ހާމަކޮށްފައެއް ނުވެއެވެ.

އެލެންއަކީ ބޮޑެތި ތަރިންނާއި ކުޑަ ތަރިންނާ ތަފާތު ކުރުމުގެ އިތުރުން، އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ތާއީދު ނުކުރާ މީހުންނަށް ފާޅުގައި ޖެއްސުން ކުރާ މީހެއް ކަމަށް ވެސް އޭނާގެ ސްޓާފުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަހޫ

  މީނައަކީ އުތެމާ ބްރޭންޑްގެ ފަކުރެއް.

  17
  1
 2. އޮޕްރާ

  އަލް ޙަމްދު ލިއްﷲ. މީނާ ގެ ނިމުން އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާތާ ކިތަންމެ ދުވަހެއް. މީހަކު ނުބުންޏަސް ޝޯ ތެރޭން އޭނަ މީހުންނާ /މުއައްޒަފުންނަށް ޖައްސާ އުނދަގޫ ތަކުންނާއި ސަކަރާތުން މީ ކިހާ ވަރެއްގެ މީހެއްކަން އިނގޭ ވަރުވޭ. އެއްބަޔަކު އެއަށް އަތް ޖަހާ ތާއީދު ކުރިޔަސް...

  18