އުމުރުން 63 އަހަރުގެ އަންހެނަކު މަހެއްގެ ތެރޭގައި އެންމެ ދުރަށް ބައިސްކަލް ދުއްވި މީހާގެ ރެކޯޑް މުގުރާލައިފިއެވެ.

ކެނެޑާއަށް އުފަން އެވްރިޑް އެ ރެކޯޑް މުގުރާލީ ބުދަ ދުވަހެވެ. އޭނާ އަށް މި ރިކޯޑް ބިންދާލެވުނު ނަމަވެސް އެ ރެކޯޑް އާ ކުރަން މިހާރު ވެސް އޭނާ ހުރީ ކެތް މަދުވެފައެވެ.

ސަބަބަކީ ދެން އެ ރެކޯޑް މުގުރާލާ މީހަކަށް އުނދަގުލުން ނޫނީ އެ ރެކޯޑް މުގުރާ ނުލެވުން އެއީ އޭނާގެ އަމާޒު ކަމަށްވުމެވެ.

އޭނާ ވަނީ ގާތްގަނޑަކަށް 30 ކިލޯމީޓަރަށް ބައިސްކަލް ދުއްވައިފައެވެ.

އެވްރިޑް މި ރެކޯޑް މުގުރާލުމުގެ ކުރިން އެ ރެކޯޑް އޮތީ އިނގިރޭސި ވިލާތުގެ މީހެއްގެ އަތުގައެވެ. އެއީ 11315.9 ކިލޯމީޓަރަށް މަހެއްގެ ތެރޭގައި ބައިސްކަލް ދުއްވައިގެން ގާއިމް ކުރި ރެކޯޑެކެވެ.

2017 ވަނަ އަހަރު އެ ރެކޯޑް ގާއިމް ކުރި ފަހުން އިތުރު މީހަކަށް އެ އެ ރެކޯޑް މުގުރާލެވިފައެއް ނުވެއެވެ.

ކުރިން އެ ރެކޯޑް ހެދި މާކް މިއުމޮންޓް އެ ރެކޯޑް ގާއިމް ކުރީ ޔޫރަޕް، ރަޝިޔާ، ޗައިނާ އަދި ދެކުނު އޮސްޓްރޭލިއާގައި ބައިސްކަލް ދުއްވައިގެންނެވެ.

ނަމަވެސް އެވްރިޑް ރެކޯޑް ގާއިމް ކުރީ ތަކުރާރުކޮށް ކެނެޑާގެ އެކި ހިސާބުތަކުގައި ބައިސްކަލް ދުއްވައިގެންނެވެ.

އޭނާ އަށް އެ ރެކޯޑް ގާއިމްކޮށްގެން ލިބުނު ފައިސާ ޚަރަދުކުރަން ނިންމާފައި ވަނީ، ހާލުގައި ޖެހިފައިވާ ކެންޔާގެ ކުދިންނަށެވެ.

އޭނާ މީގެ ކުރިން ބައިސްކަލް ދުއްވައިގެން ލިބުނު ފައިސާ އާއެކު 7 މިލިއަން ޑޮލަރު އެ ކުދިންނަށް ދިނުމަށް ވަނީ ނިންމައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު