ބޮލީވުޑްގެ މަގްބޫލް ތަރި ސުޝާންތު ސިންގ ރާޖްޕުތް މިދިޔަ ޖޫން މަހު މެދު ތެރޭގައި އަމިއްލަ އަށް މަރުވުމާއި އެކު އެތައް ބަޔަކަށް ލިބުނީ ކުއްލި ސިހުމެކެވެ. ސުޝާންތު މަރުވީ އަމިއްލައަށް ކަމާއި މެދު އެތައް ބަޔަކު ސުވާލު އުފައްދަމުން ދާއިރު އޭނާގެ މަރާއި ގުޅިގެން އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވެނީ ލޯބިވެރިޔާ ރިޔާ ޗަކްރޮބަދީ އަށެވެ.

މުމްބާއި ޓައިމްސް ނައު އާއި ބައެއް އެހެން މަގްބޫލް މީޑިއާތަކަށް ވެސް ލިބިފައިވާ ސުޝާންތުގެ ބޭންކް ސްޓޭޓްމެންޓްގައިވާ މައުލޫމާތުތަކާއި އެކު ރިޔާ އަށް ކުރެވޭ ތުހުމަތުތައް ވަނީ އިތުރުވެފައެވެ.

ސުޝާންތުގެ ބައްޕަ ކޭކޭ ސިންގ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާ ޕަޓްނާ ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައި ސުޝާންތު އާއި ގުޅުމެއް ނެތް ގޮތަށް އޭނާގެ އެކައުންޓުން 15 ކްރޯޑް ރުޕީޒް އެހެން އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ސުޝާންތުގެ ބޭންކް އެކައުންޓުުތަކުގައި ވާގޮތުން، އޮކްޓޯބަރ 14 2019 ވަނަ ދުވަހު ރިޔާގެ ބޭބެގެ އެކައުންޓަށް ފްލައިޓް ބުކިން އެއް ހެއްދުުމަށް 50،000 ރުޕީސް ވަނީ ދީފައެވެ.

އަދި އޮކްޓޯބަރ 12، 2019 ވަނަ ދުވަހު 72000 ރުޕީސް ވިވިޑްރޭޖް ރެއަލިޓީޒް އަށް ވަަނީ ދީފައެވެ. އެއީ ރިޔާ އާއި ސުޝާންތު އަދި ރިޔާ ޑިރެކްޓަރުންގެ ގޮތުގައި ތިބޭ ކުންފުންޏެކެވެ.

މި ޚަރަދުތައް ކުރީ ސުޝާންތުއަށް ނޭނގި ސިއްރުން ރިޔާ ކަމަށް ތުހުމަތު ކުރެވެއެވެ.

މި ނޫނަސް މިދިޔަ އޮކްޓޯބަރުން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސުޝާންތު އެކައުންޓުން ބޮޑެތި ޚަރަދުތަކެއްވަނީ ކޮށްފައެވެ.

އެގޮތުން ރިޔާގެ މޭކަޕް ޚަރަދަށް އެކަނިވެސް، 40،000 ރުޕީސް ވަނީ ޚަރަދުކޮށްފައެވެ.

މި ސްޓޭޓްމެންޓާއި އެކު ރިޔާ އަށް އެތައް ފާޑުކިޔުމަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ.

އެހެންނަމަވެސް ރިޔާ ވަނީ އަދި ތެދު ހާމަވާނެ ދުވަހެއް އަންނާނެ ކަމަށް ބުނެ އޭނާ އަށް ކުރާތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އީޝަލް

    މިހާރު ހަނދާން ވަނީ ޖިއާ އާއި ސޫރަޖް މަތިން. ކޮންމެފަހަރަކު ބިޓު ބޮލަށް ޖެހިފަ އެމީހަކު އެކަމުން ރެކޭތަން.

    6
    1
  2. ހަސަނު

    ކިހާދެރަ ކަމެއްތަ މިލާގަނެފަ މިއޮތީ. މީނަގެ ހަބަރުން ނެރިދޯ؟

    14
    8
  3. ނިފޫ

    ބޮޑެތި ހަރަދު ތަކޯ! 10 ވަރަކަށް ހާސް ރުފިޔާ ގެ އަދަދު ތަކެއް

    5
    3
  4. ހުދުކާފޫރު.

    އެ ޚަރަދުތައް ކުރިއިރު ސުޝާއްތު ދުނިޔޭގަ ހުއްޓެއްނު އެކަމާ އޭނަ ނޫޅުނީ ކީއްވެބާ.. މާފަހުން އޭނަ މަރުވީމަ އޭނަގެ ބައްޕަ ކޮންކަމެއް ހޯދާކައްތަ މިއުޅެނީ... ބޯ ހަލާކު

    5
    7
  5. އައްޑޫ ލެއި

    އޭނަގެ ބައްޕަ އެއުޅެނީ އޭނަގެ ދަރި އަމިއްލަޔައް މަރުވީމަ ކޮންމެވެސް މީހެއްގެ ބޮލައް ކަނޑަންވގެން

    1
    2